ސަސް އިން ޓީސީ ހިފަހައްޓައިފި

Jul 27, 2022, 2:36 PM
ސަސްގެ އަހުއްކޮ (ކ) ޓީސީގެ ހައިޝަމް ކައިރިން ބޯޅަ ދުރަށް ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަސްގެ އަހުއްކޮ (ކ) ޓީސީގެ ހައިޝަމް ކައިރިން ބޯޅަ ދުރަށް ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޓީސީ އޮތީ 28 ޕޮއިންޓް ހޯދައިގެން ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. މި މެޗުން މޮޅުވިނަމަ، ޓީސީ އަށް ތާވަލްގެ ތިން ވަނަ އަށް ޖެހިލެވުނީހެވެ. ލީގުގައި މިރޭ ޑަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުން ކްލަބު ގްރީން ސްޓްރީޓްސް މޮޅުވެއްޖެނަމަ، އެ ޓީމު ތާވަލްގެ ތިން ވަނަ އަށް އަރާނެ އެވެ. މި ވަގުތު ތިން ވަނައިގައި އޮތީ ރޭ ކްލަބް އީގަލްސް އަތުން މޮޅުވި، ކްލަބް ވެލެންސިއާ އެވެ. އެއީ 20 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ސަސް އޮތީ 15 ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަތް ވަނައިގަ އެވެ. ސަސް އަށް ވަނީ ރެލިގޭޝަން ޕްލޭއޮފް ކުޅެންޖެހޭނެކަން ކަށަވަރުވެފަ އެވެ. ލީގުގައި ބާކީ އޮތް މެޗުން މޮޅުވިޔަސް، އެ ޓީމުގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ.

Advertisement

ދެ ޓީމުގެ ފަރާތުން ވެސް މަދު ފުރުސަތުތަކެއް ލިބުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސަސްއަށެވެ. މެޗުގެ 8 ވަނަ މިނިޓުގައި ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ޖެހި ހުސް ޕާހަކަށް އަރައި، އެ ޓީމުގެ އަލީ ނަސޫހް ރަޝީދު (ޕިލާ) އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިމަތިންނެވެ.

ފުރަތަމަ ހާފު ނިމެނިކޮށް، ސަސްގެ އައިހަމް އަހުމަދު ހިލޭޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަށް ސަސްގެ ޑިފެންޑަރު އަހުނަފު ރަޝީދު (އަހުއްކޮ) ބޮލަށް އެރި ނަމަވެސް، އޭނާ އަށް އެ ބޯޅަ ގޯލާ ސީދާކޮށްލެވޭ ގޮތެއްނުވި އެވެ.

މެޗުގެ 62 ވަނަ މިނިޓުގައި ސަސް އަށް ޓީސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމެއް އައިހަމް އަށް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން، މެޗުގެ 76 ވަނަ މިނިޓުގައި ސަސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ޓީސީ އަށް ލިބުނު ހިލޭޖެހުމަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެންއެރި ޓީސީގެ ފޯވަޑް މުހައްމަދު މުސްލިހު (މުއްޓި) ވަރަށް ބާރަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކެެއްގައި ސަސް އިން އުފެއްދި ފުރުސަތެއްގައި، އެ ޓީމުގެ ފޯވަޑް ޕިލާ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފަ އެވެ. ރީބައުންސްގައި ނިކުތް ބޯޅަ، ސަސްގެ ރިލްވާން ނައީމަށް ލިބުނު ނަަމަވެސް އޭނާ އަށް އެ ބޯޅަ ގޯލަށް އަމާޒެއް ނުކުރެވުނެވެ.

އޭގެ އިރުކޮޅެއް ފަހުން، މުއްޓި ސަސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަށް، ޓީސީގެ ޒަޔާން ނަސީރު (ޒައްޔު) އަރައި، ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ސަސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެ ބޯޅަ ދިފާއުކުރި އެވެ. ރީބައުންސް، ޓީސީގެ މިސްރުގެ ފޯވަޑް އޮމަރު ހޮސާމަށް ލިބުނު ނަަމަވެސް، ގޯލަށް އަމާޒެއް ނުކުރެވުނެވެ.

މެޗުގެ ފަހު ކަށިގަނޑާއެކު، ޓީސީގެ ކުޅުންތެރިން ވަނީ މެޗުގައި ހުރި ލަންކާގެ ރެފްރީ ވަށާލައި، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ވަގުތު ރެފްރީ ވަނީ ޓީސީގެ ހުސެއިން އަހުސަމް މޫސާ (ތިއްތޭ) އަށް ދެ ވަނަ ރީނދޫ ކާޑާއެކު، ރަތްކާޑެއް ދައްކައިފަ އެވެ. ޓީސީގެ އޮފިޝަލުން ވެސް ވަނީ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ވަގުތު ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ގަ ގްރާންޑޭއާ ދެކޮޅަށް ނުކުންނާނީ ގްރީން ސްޓްރީޓްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox