ވެލެންސިއާ އިން ފަހަތުން އަރައި އީގަލްސް ބަލިކޮށްފި

Jul 26, 2022, 6:46 PM
ވެލެންސިއާގެ ހަލީލް (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ އިންމަ މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ވެލެންސިއާގެ ހަލީލް (ކ) އަތުން ބޯޅަ ހޯދަން އީގަލްސްގެ އިންމަ މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ވެލެންސިއާ އިން ފަހަތުން އަރައި 3-1 އިން ކްލަބް އީގަލްސް އަތުން މޮޅުވެ، ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ވެލެންސިއާ އިން އީގަލްސް ބަލިކުރި ފުރަތަމަ މެޗެވެ. ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދިއިރު، ބަލިނުކުރެވެނީ ހަމައެކަނި އީގަލްސް އެވެ. އެ މުބާރާތުގެ ލީގު ބުރުގައި ވެލެންސިއާ އާއި އީގަލްސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި 1-0 އިން އީގަލްސް މޮޅުވިއިރު، ދެ ވަނަ ބުރުގައި އީގަލްސް އިން ވަނީ 3-1 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.

ވެލެންސިއާ އިން މިރޭ އީގަލްސް ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލީ 20 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 19 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 19 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ މެޗު ފަށައިގެން ވެލެންސިއާ އިން ރަނގަޅަށް ކުޅެ، ގޯލު ޖަހާނެ ފުރުސަތުތައް ހޯދަން ފެށި އެވެ. އެ ގޮތުން މެޗުގެ ކުރީކޮޅުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އޭރިއާތެރެއިން ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އީގަލްސް އިން ގޯލަށް ނުރައްކާކުރަން ލިބުނު ފުރަތަަމަ ފުރުސަަތުގައި ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މެޗުގެ 27 ވަނަ މިނިޓްގައި އީގަލްސްގެ މި ގޯލު ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މިއީ އީގަލްސްގެ ބްރެޒިލް ފޯވާޑް ބްރޫނޯ ވިނީޝިއުސް އަށް އޭރިއާތެރެއިން ވެލެންސިއާ ކީޕަރު އާދަމް (އިމްއާން) ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އީގަލްސް އިން އެންމެ ފަހުން ލިބުނު ދެ ޕެނަލްޓީ ރިޒޭ އާއި ބްރޫނޯ އަތުން ނާކާމިޔާބުވި ނަމަވެސް މި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ.

ވެލެންސިއާ އިން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލުމުގެ އެންމެ ބޮޑުގެ ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ ދެ ގޯލު ޖެހި އިސްމާއިލް އީސާ (މެސީ) އެވެ. ވެލެންސިއާ އިން އެއްވަރުކުރީ މެޗުގެ 64 ވަނަ މިނިޓްގައި އީސަ ޖެހި ޕެނަލްޓީންނެވެ. މިއީ އީގަލްސްގެ އޭރިއާތެރެއިން އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އޭރިއާތެރެއިން ވެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގައި ވެލެންސިއާ އިން ލީޑުނެގި ގޯލު ޖެހީ 80 ވަނަ މިނިޓްގައި، މުހައްމަދު އުމެއިރު އެވެ. އޭރިއާބޭރުން އުމެއިރު ޖެހި ބޯޅަ ގޯލަށް ވަނީ އީގަލްސްގެެ ގޯލުކީޕަރު ހަސަން އަލީފް އިބްރާހިމް އަތުގައި ޖެހިފަ އެވެ.

އީގަލްސް އިން އެއްވަރުކުރަން ފޮނުވާލި ހަމާލަތައް ވެލެންސިއާގެ ގޯލުގައި ހުރި ކީޕަރު އިމްއާން ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި އީގަލްސް އަށް ލަނޑު ޖަހަން ލިބުނު ގިނަ ބޯޅަތަކެއް، ވަނީ ރަނގަޅު ވަގުތުގައި ފޮނުވާނުލެވި ބޭނުންނުކުރެވިފަ އެވެ.

އީގަލްސް އިން ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ފަހަތުން ހުސްވި ޖާގަތަކުގެ ބޭނުންހިފައި ވެލެންސިއާ އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ޔޫސުފް ރަމީޒް (ރަމީ) ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އީސަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox