ޖަޕާނުގެ އަކިހަބާރާ ގާތިލް ދަންޖައްސައި މަރާލައިފި

ޓޮމޮހީރޯ ކާތޯ: އޭނާ ބަޔަކަށް ވަޅިން ހަމަލާ ދީ ހަތް މީހުން މަރާލީ 2008 ގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓޮމޮހީރޯ ކާތޯ: އޭނާ ބަޔަކަށް ވަޅިން ހަމަލާ ދީ ހަތް މީހުން މަރާލީ 2008 ގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި 2008 ވަނަ އަހަރު ވަޅިން ހަމަލާ ދީ ހަތް މީހުން މަރާލުމުގެ ފަހަތުގައި ހުރި އުމުރުން 39 އަހަރުގެ ގާތިލް ދަންޖައްސައިފި އެވެ.

ޓޮމޮހީރޯ ކާތޯގެ އެ އަމަލަކީ ފަހުގެ ތާރީހެއްގައި ޖަޕާނުގައި ގިނަ އަދަދެއްގެ ބަޔަކު އެއް ފަހަރާ މަރާލައި، މުޅި ގައުމު ސިއްސުވާލި ބިރުވެރި އަމަލެކެވެ.

އަކިހަބާރާ ޝޮޕިން ޑިސްޓްރިކްޓުގައި މެންދުރު ވަގުތު ގިނަ ބަޔަކު ހިނގާ ބިނގާވެ އުޅެނިކޮށް، ކާތޯ އެންމެ ފުރަތަމަ ގޮސް އެ މީހުންގެ ގައިގައި ޖެއްސީ ބޮޑު ލޮރީއަކުންނެވެ.

Advertisement

ލޮރީއިން ޖެއްސުމުން ތިން މީހުން މަރުވި އެވެ. އޭގެ ފަހުން ލޮރީއިން ފައިބައި، ކައިރީގައި ތިބި މީހުންނަށް ވަޅިން ހަމަލާ ދޭން ފެށި އެވެ.

ވަޅިން ހަމަލާ ދިނުމުން ހަތަރު މީހުން މަރުވެ، ހަތަރު މީހުންނަށް އަނިޔާވި އެވެ. އެ އަނިޔާވެރި އަމަލު ހިންގި އިރު ކާތޯގެ އުމުރުން 25 އަހަރެވެ.

އޭނާ ހައްޔަރު ކުރީ އަކިހަބާރާ ޑިސްޓްރިކްޓުންނެވެ. ޝަރީއަތުގެ ތެރޭގައި ކުށަށް އިއުތިރާފުވެ، ކާތޯ ބުނީ އެކަން ކުރީއޮންލައިންކޮށް މީހުން އޭނާއަށް ބުލީ ކުރާތީ އައި ރުޅީގައި ކަމަށެވެ.

ޖަޕާނުގެ ނޫސްތަކުން ބުނީ ކާތޯގެ އުމުރުން 39 އަހަރުގައި އަންގާރަ ދުވަހު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒު ކުރީ ޓޯކިޔޯ ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ.

މިއީ ޖަޕާނުގައި މި އަހަރު ތަންފީޒު ކުރި ފުރަތަމަ މަރުގެ ހުކުމެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ތިން ތިން ކުށްވެރިން ދަން ޖެއްސި އެވެ.

މަރުގެ ހުކުމް އިއްވާފައިވާ 100 އަށް ވުރެ ގިނަ ކުށްވެރިން ޖަޕާނުގެ ޖަލުތަކުގައި އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox