އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށަން ޑްރެޖަރު އަލިފުއްޓަށް

ބިން ހިއްކަން އެމްޓީސީސީގެ ޑްރެޖަރު އަލިފުށީގައި-- ފޮޓޯ: އެމްޓީސީސީ

ބިން ހިއްކަން އެމްޓީސީސީގެ ޑްރެޖަރު އަލިފުށީގައި-- ފޮޓޯ: އެމްޓީސީސީ

ރ. އަލުފުށި ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑްރެޖަރު އެ ރަށަށް ހިނގައްޖެ އެވެ.

އަލިފުށީ އެއާޕޯޓު މަޝްރޫއަކީ އެމްޓީސީސީއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 451 މިލިއަން ރުފިޔާއަށް، ދެ އަހަރުން ނިންމާގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާއިރު، އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރާ ބިމެކެވެ. ބާކީ އޮތް 40.5 ހެކްޓަރަކީ 1200 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓަށް ހާއްސަ ސަރަހައްދެކެވެ.

އެހެން މަޝްރޫއުތަކުގައި އެމްޓީސީސީގެ "މަހާ ޖައްރާފު" ބޭނުންކުރަމުން ދިއުމާ ގުޅިގެން މަސައްކަތް ފެށުން ލަސްވިނަމަވެސް، އެމްޓީސީސީއަށް އަލަަށް ގެނައި ޑްރެޖަރު މިއަދު ވަނީ އެ ރަށު ފަޅަށް ވައްދާފަ އެވެ.

އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ކުރިން ރޭވިފައި އޮތް ކަމެއް ނޫނެވެ. އެ މަޝްރޫއު އިއުލާނުކުރީ ކުއްލިއަކަށެވެ. މިކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔާފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަތޮޅުގައި ގިނަ ރިސޯޓުތަކެއް އޮންނަ ދެކުނު ފަޅީގައި އެއާޕޯޓެއް ނާޅާ، އެކަހެރިކޮށް އޮންނަ އަލިފުށީގައި އެއާޕޯޓެއް އަޅާތީ އެވެ.

މިހާރު އެ އަތޮޅުގައި އެއާޕޯޓެއް އޮންނަ އިފުރަކީ ވެސް އުތުރު ފަޅީގައި އޮންނަ ރަށެކެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރި މެމްބަރުންގެ ތެރޭގައި ސަރުކާރުގެ މައި ޕާޓީ އަދި މަޖިލިހުގައި ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންނާއި އާންމުން ހިމެނެ އެވެ.

މިހާތަނަށް ސަރުކާރުން މި މައްސަލައިގައި ސާފު ޖަވާބެއް ދީފައި ނުވެ އެވެ. ނުސީދާކޮށް ބުނަނީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮންނަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި، އަދި މި ސަރުކާރުން ދަމަހައްޓަމުން އަންނަ ސިޔާސަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

އެހެން މީހުން ހިތްހަމަ ނުޖެހުނު ނަމަވެސް އަލިފުށީ ރައްޔިތުން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ކިޔާ، މިއީ އަލިފުށީގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox