ދެ ވަނަ ޑިވިޝަން: ވިކްޓަރީ ބަލިކޮށް ނިއު އަލުން އެއް ވަނަ އަށް

Jul 24, 2022, 6:03 PM
ނިއު އަަށް މިރޭގެ މެޗުގައި ގޯލު ހުޅުވައިދިން ބަމްޕުޗު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު އަަށް މިރޭގެ މެޗުގައި ގޯލު ހުޅުވައިދިން ބަމްޕުޗު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޒަމާންވީ ވާދަވެރި ޓީމު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ހޯދި މޮޅާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.

މިރޭގެ މެޗުގެ ކުރިން ނިއު އާއި ވިކްޓަރީ އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 3-1 އިންނެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗެކެވެ. މި ފަހަރު ދެ ޓީމުން ދެ ވަނަ ޑިވިޝަނުގައި ކުރިމަތިމިލީ ސަސްޕެންޝަނަކުން އެނބުރި އައުމަށް ފަހު އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން އެލްޓީ ސްޕޯޓްސް ކްލަބުން 2-1 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް އެއް ވަނަ އަށް ޖެހިލި އެވެ. އެކަމަކު، ނިއު އިން ވަނީ މިރޭ ވާދަވެރި ވިކްޓަރީއާ ދެކޮޅަށް ކުޅުނު "ރަސްވާދަ" ގެ ނަމުން ނަން ދެވުނު މެޗުން މޮޅުވެ، އަލުން ގްރޫޕް ބީގެ އެއް ވަނަ އަށް އަރައިފަ އެވެ.

ނިއު އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެލްޓީ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ޓީނޭޖާއި ފަސް ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ބީޖީ އާއި ފުލުގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ބީޖީ ދެ މެޗު ކުޅުނުއިރު، ލޮރެންޒޯ ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

މިރޭގެ މެޗު ބަލަން ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ވަދެފައި.--- ފޮޓޯ: އިމޭޖަސް،އެމްވީ

ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިރޭގެ މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ނިއު އިން ލީޑުނެގި އެވެ. އެ ގޮތުން ނިއުގެ ގާނާ ފޯވާޑް ކޯފީ އޮވޫސޫ ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗު) ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ވިކްޓަރީގެ ބިދޭސީ ޑިފެންޑަރު، މުހައްމަދު އައިމަން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނެވެ. އޭގެ ފަހުން ވިކްޓަރީގެ ޑިފެންސް ފަހަތުން ހުސްވާ ޖާގަތަކުގެ ބޭނުން ނިއު އިން ހިފަން ފެށި އެވެ. ނިއުގެ ކުރިއަށް ކުޅޭ މުހައްމަދު ލިޔާހު އަށް ލިބުނު ފުރުސަތެއްގައި އޭނާ ވިކްޓަރީގެ ކީޕަރު އިބްރާހިމް ހެބާ ކައިރިން ނައްޓާފައިޖަހަން އުޅުމުގެ ތެރޭގައި ބޯޅަ ގެއްލުނީ އެވެ.

ވިކްޓަރީގެ ކެޕްޓަން ހަސަން އަދުހަމް (ސަޑޭ) ނެތި އެ ޓީމު ލީޑުކުރަމުންދިޔައީ، އަހުމަދު އިމާޒް (އާއްކޮ) އެވެ. ވިކްޓަރީ އަށް ފުރަތަމަ ހާފުގައި ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ އެ ޓީމުގެ މިސްރު ވިންގް، މުހައްމަދު އޮސާމާ އަމިއްލަ އަށް ޖަހަން އުޅުމުންނެވެ. ޓީމުގެ އެހެން ކުޅުންތެރިންގެ ބޭނުން ހިފިނަމަ އޮސާމާ އަށް ލިބުނު ފުރުސަތުތަކުގައި ނިއުގެ ކީޕަރު، މިފްދާދް އަހުމަދަށް ނުރައްކާ ކުރާވަރުގެ ހަމަލާތައް ފޮނުވާލެވުނީހެވެ.

އޭގެ ބަދަލުގައި ފުރަތަމަ ހާފުގެ ފަހު ކޮޅު ނިއު އިން އިތުރު ދެ ގޯލު ޖެހި އެވެ. ކޯފީ ޖެހި ދެ ގޯލުގައި ވެސް ބަމްޕުޗު އިސް ރޯލެއް ކުޅުނެވެ. އެ ގޮތުން 42 ވަނަ މިނިޓްގައި ބަމްޕުޗު ކުރި މަސައްކަތުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް، ކޯފީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯފީ ނިއުގެ ތިން ވަނަ ގޯލު ޖެހީ ބަމްޕުޗުގެ ހުރަހަކުން ބޮލުންނެވެ.

ގޯލު ޖެހުމަށް ފަހު ނިއުގެ ކޯފީ އުފާފާޅުކުރަނީ: އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައި

ނިއު އިން ދެ ވަނަ ހާފްގެ ކުރީކޮޅުގައި ހަތަރު ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެ ގޮތުން ހެޓްރިކް ހަދަން ކޯފީ ޖެހި ބޯޅަ ވިކްޓަރީގެ ކީޕަރު ހެބާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ވިކްޓަރީން ކުޅުން ރަނގަޅުކުރި އެވެ. އެ އެގޮތުން މެޗުގެ 65 ވަަނަ މިނިޓްގައި ވިކްޓަރީގެ އިސްމާއިލް ނަސީމް (ބޯވަ) އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު މިފްދާދު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ލިބުނު ފުރުސަތުގައި ވިކްޓަރީގެ އަހުމަދު ހުސެއިން (އައްމަޑޭ) ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު މިފްދާދު އަތަށެވެ.

ވިކްޓަރީން ގޯލެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނިޓްގަ އެވެ. މިއީ ޕެނަލްޓީ އަކުން އެ ޓީމުގެ ލެބަނަން ފޯވާޑް މުހައްމަދު ކުޑޫ ޖެހި ގޯލެކެވެ. ވިކްޓަރީ އަށް އިތުރު އުނދަގުލެއް ކުރިމަތިވީ މެޗުގެ 86 ވަނަ މިނިޓްގައި އެ ޓީމުގެ ހުސެއިން ޝަމީން އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

އެންމެ ފަހުން، ނިއު އިން ލޮރެންޒޯ ބަލިކުރި މެޗުގައި ހެޓްރިކް ހެދި، ނިއުގެ ގާނާ މިޑްފީލްޑަރު ތޯރިގު ޖެބްރިން އަށް މިރޭ ގޯލު ޖަހަން ލިބުނު ފުރަތަމަ ދެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ކުރިން ތުރުކީގެ ފުރަތަމަ ޑިވިޝަނާއި ސައުދީ އަަރަބިއްޔާގެ ދެ ވަނަ ޑިވިޝަނުގައި ކުޅެފައިވާ ތޯރިގު ޖެހި ދެ ބޯޅަ ވެސް ކީޕަރު ހެބާ ވަނީ ހުއްޓުވައިފަ އެވެ. އެކަމަކު، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ތޯރިގު ވަނީ ނިއުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ނިއުގެ ޑިފެންޑަރު، ޝަމްވީލް މުހައްމަދު (ބޮންޑާ) އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox