ވިކްޓަރީ އާއި ނިއުގެ "ރަސްވާދަ" މެޗު: ދެ ކްލަބަށް ވެސް މުހިންމު!

Jul 24, 2022, 7:27 AM
ވިކްޓަރީން އެލްޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވިކްޓަރީން އެލްޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ތިން އަހަރަށް ވުރެން ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ސަސްޕެންޝަނުން އެނބުރި އައިސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނައިރު، އެ މުބާރާތުގައި މި ދެ ޓީމުގެ ކުރިމަތިލުން މިރޭ އޮންނާނެ އެވެ.

އެ މެޗު ނިއު އާއި ވިކްޓަރީގެ ސަޕޯޓަރުން އަދި މެނޭޖްމަންޓުގެ މެދުގައު ފޯރިގަދަވެފައި އޮތީ "ރަސްވާދަ" މެޗުގެ ނަމުގަ އެވެ. އެ މެޗު، "ރަސްވާދަ" ގެ ނަމުން ނަންދެވިފައި މި އޮތީ ރާއްޖޭގެ ކުޅިވަރުގައި ހާއްސަކޮށް ފުޓްބޯޅައިގައި މި ދެ ކްލަބަކީ ތާރީހީ ދެ ނަން އަދި ގަދަބާރުން ކަމަށްވާތީ އެވެ. ގަދަ ދެ ބާރުގެ ކުރިމަތިލުން ފޯރިގަދަކޮށްލުމުގެ ބޭނުމުގަ އެވެ.

ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ)ގެ ކޯޗުކަމުގައި ކުޅޭ ނިއު ރޭޑިއަންޓާއި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވިކްޓަރީން ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެފަ އެވެ. ނިއު ދެ މެޗުން މޮޅުވި އެވެ. ވިކްޓަރީ އެއް މެޗުން މޮޅުވިއިރު، އަނެއް މެޗު ފަރުޖައްސާލަން ޖެހިފައިވަނީ އެއްވަރަކުންނެވެ.

ނިއު އިން ފުރަތަމަ މެޗުގައި ޓީނޭޖް އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ވަނީ 6-0 އިން ލޮރެންޒޯ ބަލިކޮށްފަ އެވެ. ވިކްޓަރީ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ވަނީ 1-1 އިން އެލްޓީ ސްޕޯޓްސް ކްލަބާ އެއްވަރުވެފަ އެވެ.

މި ވަގުތު ހާލަތުގެ ގޮތުން، ވިކްޓަރީ އަށް މި މެޗުން މޮޅެއް ހޯދުން މަޖުބޫރުވާނެ އެވެ. ނިއު އިން ވެސް އަމާޒުހިފާނީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް ގެންދިއުމަށެވެ.

"ދެ ވަނަ ޑިވިޝަން މި ފަހަރު މި އޮތީ ވަރަށް ވަރުގަދަކޮށް، އެހެންވީމަ އެއްވެސް މެޗެއް އީޒީކޮށް ނެގޭނެއެކޭ ނުބުނެވޭނެ،" މުބާރާތަށް ނުކުތުމުގެ ކުރިން ސޮބާ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނިއު އިން ދެ ވަނަ ޑިވިޝަނުގައި ޓީނޭޖާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރަ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރަސްމީ މެޗެއްގައި ނިއު އާއި ވިކްޓަރީ އެންމެ ފަހުން ވާދަކޮށްފައިވަނީ 2018 ވަނަ އަހަރު އޮކްޓޫބަރު މަހު 30 ވަަނަ ދުވަހު އެވެ. އެ ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެ މެޗުގައި، ނިއު ވަނީ ސޮބާގެ ކޯޗުކަމުގައި 3-1 އިން ވިކްޓަރީ ބަލިކޮށްފަ އެވެ.

އެ ދުވަހު ނިއުގެ ޖޯޒީގައި ވިކްޓަރީ ބަލިކުރި ޓީމުގައި ހިމެނުނު އެއް ކުޅުންތެރިއަކީ ހަސަން އަދުހަމް (ސަޑޭ) އެވެ. ސަޑޭ އަކީ މި ފަހަރު ވިކްޓަރީ ކެޕްޓަނެވެ. ނިއުގެ މި ފަހަރުގެ ޓީމަށް ބަލާއިރު، އެ ޓީމާ އެކު ކުރިން ކާމިޔާބީތަކެއް ހޯދި އަހުމަދު ސުހެއިލް (ބަމްޕުޗު) ހިމެނެ އެވެ.

ވިކްޓަރީ އާއި ނިއު އެނބުރި އައިސް، ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުޓްބޯޅައިގައި ވާދަކުރަމުން އަންނައިރު، ދެ ޓީމުގެ މެޗުތައް ފެންނަނީ ވާދަވެރިކޮށެވެ. ކޮންމެ ޓީމެއް ވެސް ވިކްޓަރީ އާއި ނިއުއާ ކުޅެން ޖެހިއްޖެނަމަ ނުކުންނަނީ ފޯރީގަ އެވެ. ވިކްޓަރީ އަތުން ޕޮއިންޓެއް ހޯދައި، އެލްޓީން ވެސް އުފާފާޅުކުރި އެެވެ.

ނިއު އާއި ވިކްޓަރީގެ ސަޕޯޓަރުން ދަނޑަށް އައިސް މެޗު ނުބެލޭނަމަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މެޗު ބަލަ އެވެ.

ނިއު އާއި ވިކްޓަރީގެ މައި ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމެވެ. އަށް ޓީމުގެ މެދުގައި އެ ގްރޫޕްގެ މެޗުތައް ފެށި ނަމަވެސް މިހާރު، އެ ގްރޫޕް ވަނީ ހަތް ޓީމަށް ވެފަ އެވެ. އެއީ ކްލަބް ލައިސަންސިންގެ ކަންކަން ކްލަބް އޯވަންއޯ އިން ފުރިހަމަ ނުކުރާތީ އެ ކްލަބް މުބާރާތުން ވަކިވުމުންނެވެ. އެހެން ކަމުން ކޮންމެ ޓީމަކަށް ގްރޫޕްގައި ކުޅެން ލިބޭނީ ހަ މެޗެވެ.

މިރޭ، ވިކްޓަރީ އާއި ނިއުގެ މެޗަށް ފަހު މީގެއިން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ތިން މެޗެވެ. އެހެންކަމުން، ފަހު މެޗުތަކަށްދާއިރު، ޓީމު ރަނގަޅު ޓްރެކުގައި ބާއްވައި، ސަޕޯޓަރުންގެ ފޯރިގަދަކޮށްލަން މިރޭގެ މެޗު ވިކްޓަރީ އާއި ނިއު އަށް ވެސް މުހިންމުވާނެ އެވެ.

ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރަން ޖެހޭ މަސައްކަތަަށް ބަލާއިރު، ވިކްޓަރީ އާއި ނިއު އަށް އޮތް ފުރަތަމަ މަރުހަލާ އަކީ ދެ ވަނަ ޑިވިޝަން ފައިނަލަށް ދިއުމެވެ. ދެ ވަނަ ޑިވިޝަން ފައިނަލަށް ދާ ދެ ޓީމެއް ރެލިގޭޝަން ބުރަށް އެވެ. ދެން، އެ ބުރުގައި ހިމެނޭނީ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ މަގާމުގައި ނިންމާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް އަންނަ އަހަރުގެ ލީގުން ފުރުސަތު ލިބޭނެ އެވެ.

ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox