އަންހެނުންގެ ޔޫރޯ: ނެދަލެންޑްސް ކަޓުވާލައި ފްރާންސް ސެމީ އަށް

Jul 24, 2022, 1:21 AM
ފްރާންސް ކުޅުންތެރިން ނެދަލެންޑްސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފްރާންސް ކުޅުންތެރިން ނެދަލެންޑްސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރޮތާހަމް، އިންގްލެންޑް (ޖުލައި 24) - އެންމެ ފަހުގެ ޗެމްޕިއަން ނެދަލެންޑްސް 1-0 އިން ބަލިކޮށް، ފްރާންސް އިން މި ފަހަރުގެ އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ނެދަލެންޑްސް އިން 2017 ވަނަ އަހަރު ބޭއްވި އަންހެން ޔޫރޯ ފައިނަލުގައި ވަނީ ޑެންމާކް ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރު ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް 120 މިނިޓް ކުޅެގެން ބަލިވެ، މި ވަނީ މުބާރާތުން ކަޓައިފަ އެވެ.

އަންނަ އަންގާރަ އާއި ބުދަ ދުވަހު ދެ ސެމީ މެޗު ކުޅޭނެ އެވެ. ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ސްވިޑެން އާއި އިންގްލެންޑް އެވެ. ދެ ވަނަ ސެމީ ފައިނަލުގައި ފްރާންސް ވާދަކުރާނީ ޖަރުމަނާ އެވެ.

މިރޭ ފްރާންސުން ނެދަލެންޑްސް ކޮޅަށް ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެެވެ. މިއީ ނެދަލެންޑްސްގެ އޭރިއާތެރެއިން އެ ޓީމުގެ ޑޮމިނީކް ޖެންސަން ފްރާންސްގެ ކަޑިޑިއާޓޫ ޑިއާނީ އަށް ކުރި ފައުލަކަށެވެ. ފްރާންސްގެ އީވް ޕެރީސިޓް ޖެހި ޕެނަލްޓީ ހުއްޓުވަން ނެދަލެންޑްސްގެ ކީޕަރު، ޑަފްން ވެން ޑޯމްސެލާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފްރާންސުން ރޭ ގޯލު ޖަހަން ފޮނުވާލި 10 ހަމަލާއެއް ނެދަލެންޑްސްގެ ގޯލްކީޕަރު ޑޯމްސެލާ ވަނީ ހުއްޓުވައިފަ އެވެ. މިއީ މި ފަހަރުގެ ޔޫރޯގެ އެއް މެޗެއްގައި ކީޕަރަކު ކުރި އެންމެ ގިނަ ސޭވް އެވެ. ރޭ ފްރާންސާ ދެކޮޅަށް ޑޯމްސެލާ ކުޅުނީ ގައުމީ ޖޯޒީގައި ކުޅެލަން ލިބުނު ފަސް ވަނަ މެޗުގަ އެވެ.

ސެމީ އަށް ނުކުންނައިރު، އިންގްލެންޑުން ވަނީ ކުއާޓާގައި އިތުރު ވަގުތު ކުޅެގެން ސްޕެއިން ބަލިކޮށްފަ އެވެ. ސެމީގައި ސްވިޑެންއާ ކުޅޭއިރު އެ ޓީމު ވެސް ރެކޯޑް ރަނގަޅެވެ. ސްވިޑެން އިން ވަނީ ކުއާޓާގައި ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ. ކުރިން ފަހަރު ސެމީގައި ކުޅުނު އޮސްޓްރިއާ އަތުން ޖަރުމަނު ވަނީ 2-0 އިން މޮޅުވެފަ އެވެ.

އަންހެން ޔޫރޯގެ ފައިނަލް އޮތީ މި މަހު 31 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox