މަޑުއްވަރީ ރޭޕް މައްސަލަ ރިވިއުކުރަން ޖެހޭ ސަބަބެއް އޮތްތޯ ޕީޖީން ބަލަނީ

ޕީޖީ ހުސެއިން ޝަމީމް: ކުރިން ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ޕީޖީ ހުސެއިން ޝަމީމް: ކުރިން ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރ. މަޑުއްވަރީގައި މިދިޔަ އަހަރު، ޓީޗަރަކާއި އިތުރު ބަޔަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ރިވިއު ކުރަންޖެހޭ ސަބަބެއް އޮތްތޯ ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރުމަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން މައްސަލަ ފޮނުވާލުމުން އެ މައްސަލަ ފުލުހުން އޮތީ ފައިލްކޮށްފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދިފަ އެވެ.

އެއީ އެ މައްސަލައަށް ބަޔަކު ނުފޫޒު ފޯރުވައި މައްސަލަ އޮއްބާލުމަށް އުޅޭ ކަހަލަ ވާހަކަތަކެއް އިވޭ ކޯލް ރިކޯޑިންތަކެއް ލީކުވެފައިވާތީ ކަމަށް އާއިލާއިން ބުނެ އެވެ.

Advertisement

މިއަދު މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ސޮއިކުރައްވާ އެ އާއިލާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ދައުލަތުގެ މުއަސަސާތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ކުއްޖާގެ އާއިލާއިން މައްސަލަ ރިވިއުކޮށްދޭން އެދިފައި ކަމަށާއި ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް އޮތް ނަމަ އެކަން ކުރާނެ ކަމަށެވެ.

"ރިވިއުކޮށް ޑިޒިޝަން ބަދަލުކުރަން ޖެހޭ ސަބަބެއް އޮތިއްޔާ ރިވިއު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު މާޗް މަހުގެ ތެރޭގައި ހިނގި އެ ހާދިސާގައި އެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ. އެ ދުވަހު ކަން ހިނގާފައިވާ ގޮތް ކުއްޖާ ވަނީ ތަހުގީގީ އިދާރާތަކަށް ކިޔާދީފަ އެވެ. އާއިލާ ވަނީ ޑޮކްޓަރުންގެ ރިޕޯޓުން ވެސް ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ކުއްޖާ މިހާރު ކިޔަވަމުން އަންނަނީ މާލެ ސްކޫލެއްގަ އެވެ. ޖެންޑާ މިނިސްޓްރީން ދަނީ ކުއްޖާގެ މައްސަަލަ މޮނިޓާކުރަމުންނެވެ. މިނިސްޓްރީން ބުނީ އެ ކުއްޖާ މިހާރު އުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox