މޮރީނިއޯގެ ކޯލާ އެކު ޑިބާލާ ރޯމާ އަށް ދާން އެއްބަސްވެއްޖެ

Jul 18, 2022, 9:14 AM
މޮރީނިއޯގެ ކޯލާ އެކު ޑިބާލާ ރޯމާ އަށް ދާން އެއްބަސްވެއްޖެ

ރޯމް (ޖުލައި 18) - ހިލޭ ޓްރާންސްފާއެއްގައި އާޖެންޓީނާގެ ފޯވާޑް، ޕައޮލޯ ޑިބާލާގެ ސޮއި ހޯދަން އިޓަލީގެ ގިނަ ޓީމުތަކަކުން މަސައްކަތް ކުރަނިކޮށް އޭނާ ގެންނަން ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ފޯނުން ގުޅުމާ އެކު އެ ޑީލް ނިމުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މިދިޔަ ސީޒަނުގެ ނިޔަލަށް ޔުވެންޓަސްގައި ހުރި ޑިބާލާ، 28، ގެ ކޮންޓްރެކްޓް އާ ނުކުރަން އެ ކްލަބުން ވަނީ މާ ކުރިން ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން 2025 ވަނަ އަހަރާ ހަމައަށް ޑިބާލާ އަށް އާ ކޮންޓްރެކްޓެއް ދިނީ އެންމެ ފަހުން ހުރި ކޮންޓްރެކްޓްގައި ލިބޭ މުސާރަ އަށް ވުރެ ކުޑަ އަދަދަކަށް އެއްބަސްވުމަށެވެ. އެކަމަކު، ޑިބާލާ ބޭނުންވި ކުރިން ލިބެމުން އައި މުސާރަ އަށް ވުރެ ބޮޑު އަދަދެކެވެ. ޑިބަލާ އެންމެ ފަހުން ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ ބޯނަހާ އެކު އަހަރަކު 16 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. ޔުވެންޓަސް އިން ކޮންޓްރެކްޓް އާ ކުރަން ޑިބާލާ އަށް ހުށަހެޅީ އަހަަރަކު ބޯނަހާ އެކު 14 މިލިއަން ޑޮލަރެވެ.

އާ ކްލަބެއް ހޯދަން ޑިބާލާގެ އޭޖެންޓް ޖޯޖް އަންޓުން، ގިނަ ގޮތްގޮތުން މަސައްކަތް ކުރިއިރު، އެއްވެސް ކްލަބަކުން ޑިބާލާ ކިޔާ މުސާރަ ދޭން ދެކޮޅުވުމުން އޭނާ އަށް އޮތީ މިހާތަނަށް ކްލަބެއް ހަމަނުޖެހި އެވެ. ފަހަކަށް އައިސް ޑިބާލާ ހޯދުމުގެ ރޭހުގައި ވާދަކުރީ އިޓަލީގެ ނަޕޯލީ އާއި އިންޓަ މިލާން އަދި ރޯމާ އެވެ.

އެންމެ ފަހުން ރޯމާ އިން އެ ޑީލްގައި ކުރިއެރުން ހޯދީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ފޯނުން ގުޅައި ރޯމާގައި އޮތް ފުރުސަތުތަކާއި އެ ކްލަބްގެ ސްޕޯޓިން ޕްރޮޖެކްޓް ޑިބާލާ އަށް ކިޔައިދިނުމުންނެވެ.

ސްކައި އިޓަލީން ރިޕޯޓްކުރާގޮތުގައި ޑިބާލާ ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ރޯމާ އަށް ސޮއިކުރަން ނިންމައިފަ އެވެ. ޑިބާލާ ރޯމާ އަށް ބަދަލުވާނީ ކުރިން ލިބެމުން އައި ވަރަށް ވުރެ ކުޑަ މުސާރަ އަކަށެވެ.

އާޖެންޓީނާގެ އިންސްޓިޓިއުޓޯ ދޫކޮށް ޑިބާލާ އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބަދަލުވީ އިޓަލީގެ ޕަލާމޯ އަށެވެ. ޕަލާމޯގައި މޮޅު ކުޅުމެއް ދައްކައި، 2015 ވަނަ އަހަރު ޔުވެންޓަސް އަށް ޑިބާލާ ސޮއިކުރީ ޖުމްލަ އެއްކޮށް 44 މިލިއަން ޑޮލަރަށެވެ.

ޔުވެންޓަސްގައި ޑިބާލާ ހޭދަކުރި ހަތް ވަރަކަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް ކުޅެދިން 293 މެޗުން 115 ގޯލު ޖަހައި، 48 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ޓީމާ އެކު ޖުމްލަ 12 ތަށި އުފުލާލި އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox