ފަހު ވަގުތު ޖެހި ދެ ގޯލުން ސަސް ބަލިކޮށް އީގަލްސް އިން އުންމީދު ދަމަހައްޓައިފި

Jul 17, 2022, 1:08 PM
ފަހު ވަގުތު ޖެހި ދެ ގޯލުން ސަސް ބަލިކޮށް އީގަލްސް އިން އުންމީދު ދަމަހައްޓައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހު ވަގުތު ދެ ގޯލު ޖަހައިގެން ފަހަތުން އަރައި 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ކްލަބް އީގަލްސް އިން ލީގަށް ވާދަކުރުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ބާކީ ތިން މެޗަށް ދާއިރު، ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 18 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެ ވަނައިގައި އޮތީ 18 މެޗުން 43 ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން މާޒިޔާ ކުޅޭ މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ ބާކީ ދެ މެޗު އޮއްވައި، މާޒިޔާ އަށް ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. އީގަލްސް އަށް ލީގު ހޯދުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ މާޒިޔާ ދެން ކުޅޭ ތިން މެޗުން ދެ ޕޮއިންޓް ހަމަނުކުރެވިއްޖެނަމަ އެވެ.

ބޯވިއްސާރައިގެ ތެރޭގައި މިއަދުގެ މެޗު ކުޅުނުއިރު، އީގަލްސް އިން މެޗު ފަށައިގެން ރަނގަޅަށް ހަަމަޖެހިލުލެވެނިސް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ސަސް އިން މެޗުގެ 12 ވަަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) އަށް ހެދުނު ގޯހަކުން، ސަސްގެ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅަ އިބްރާހިމް އަތީގް ހަސަން (އިއްބެ) ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.

Advertisement

ފުރަތަމަ ހާފުގައި އީގަލްސް އިން ނަތީޖާ ހަަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ޖެހުނުއިރު، އަހުމަދު ރިޒުވާން (ރިޒޭ) އާއި ސްޕެއިންގެ މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ސަސްގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ބޯޅަ ހިފައިގެން ވަދެ، ފޮނުވާލި ޝޮޓް އީގަލްސްގެ ކީޕަރު ހަސަން އަލީފް ވަނީ މަތަކޮށްފަ އެވެ. ސަސް އަށް ދެ ވަނަ ގޯލެއް ޖެހިޔަނުދީ ހިފަހައްޓަން އަލީފް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުނޯޒްގެ ބަދަލުގައި ކުޅެން އެރިތާ ދެ މިނިޓް ތެރޭ، މެޗުގެ 50 ވަނަ މިނިޓްގައި އީގަލްސްގެ ޒައިން ޒަފަރު ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން، އީގަލްސް އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ހަންނަ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އީގަލްސްގެ ބްރެޒިލް ފޯވާޑް، ބްރޫނޯ ވިނީޝިއުސް ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އީގަލްސް އިން އެންމެ ފަހުން ކުޅުނު މެޗުގައި ޓީސީއާ ދެކޮޅަށް ރިޒޭ ޖެހި ޕެނަލްޓީ ވެސް ވީ ނާކާމިޔާބެވެ.

ލިބޭ ފުރުސަތުތަކުގައި އީގަލްސް އިން ހަމަލާތަކެއް އުފެއްދޭތޯ ބަލަމުންދިޔައިރު، މެޗުގެ 58 ވަނަ މިނިޓްގައި ހަންނަ ޖެހި ބޯޅައެއް ކީޕަރު ޗެކް ވަނީ ހުއްޓުވައިފަ އެވެ. ހަންނަ ނެގި ހުރަހަކުން މެޗުގެ 73 ވަނަ މިނިޓްގައި ރިޒޭ މުޅިން ހުސްކޮށް އޭރިއާތެެރެއަށް ވަދެ ޖަހަން އެރި ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތްނުވުމުން ފުރުސަތު ގެއްލުނީ އެވެ.

އީގަލްސް އަށް އެއްވަރުކޮށްދިނީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. ހަންނަ ނެގި ހުރަހެއް ސަސްގެ ޑިފެންޑަރުން ބްލޮކްކުރަން ޖައްސާލި ބޯޅަ ކުޑައޭރިއާތެރެއިން، ލިބުނީ ގޯލު ކުރިމަތީގައި ހުރި ހެލްމެޓް އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހަންނަ، ވަނީ އީގަލްސް އަށް ދެ ވަނަ ގޯލެއް ޖަހައިދީ ލީޑުނަގައިދީފަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ހަންނަ ކޮންޓްރޯލް ކޮށްލި ބޯޅައިން ސަސްގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު އޭނާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގައި އީގަލްސްގެ ޒައިން ޖެހި ބޯޅައެއް ކީޕަރު ޗެކް ހުއްޓުވިއިރު، ކައުންޓަ އެޓޭކުގައި ސަސް އިން ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު އަލީފް ވަނީ މަތަކޮށްފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox