އައިއެމްއެފުން ލަފާދިނީ އިންފްލޭޝަން ހަމައަކަށް ނޭޅެނީސް ޖީއެސްޓީ ބޮޑުނުކުރަން

Jul 17, 2022, 8:46 AM
ފިނޭންސް  މިނިސްޓަރު އިބްރާހީމް އަމީރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އިންފްލޭޝަން ހަމައަކަށް ނޭޅެނީސް ޓެކްސް ބޮޑުނުކުރަން އައިއެމްއެފުން ވަނީ ރާއްޖެއަށް ލަފާދީފައި.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އިންފްލޭޝަން ހަމައަކަށް ނޭޅެނީސް ޓެކްސް ބޮޑުނުކުރަން އައިއެމްއެފުން ވަނީ ރާއްޖެއަށް ލަފާދީފައި.

ކޮވިޑުގެ ބަލިމަޑުކަމާއި ސަޕްލައި ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި އުފެދިފައިވާ އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް ނޭޅެނީސް ރާއްޖޭގައި ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) އާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރަން ނުފެންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ސަރުކާރުން މިދިޔަ މަހު ވަނީ ޓީޖެސްޓީ 12 އިން 16 ޕަސަންޓަށް އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.

އާ ޓެކްސް ރޭޓު އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އަމަލުކުރަން ފަށާއިރު، ޓެކްސް ރޭޓު ބޮޑުކުރީ އައިއެމްއެފްއިން ދިން ލަފާގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިކަން ސަރުކާރުން އިއުލާނުކުރުމުގެ ކުރިން މިދިޔަ މަހުގެ 16 ގައި އައިއެމްްއެފުން ނެރުނު ރިޕޯޓެއްގައި ބުނީ މިހާރު ދުނިޔޭގައި އޮތް އިންފްލޭޝަނަރީ ޕްރެޝަރާއި ކޮވިޑުގެ ބަލިމަޑުކަން އަދިވެސް ކުރިއަށް ދާތީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން އެންމެ އަވަސް ވެގެން ވެސް 2024 އާ ހަމައަށް މަޑުޖައްސައިލަން ލަފާދޭ ކަމަށެވެ.

އެހެން ނަމަވެސް ބައިނަލް އަގުވާމީ މިންގަނޑުން ބަލާއިރު ރާއްޖޭގައި އިންފްލޭޝަން މަތިވާ މިންވަރު ނިސްބަތުން ކުޑަކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި މިއަހަރު އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކުރެވެނީ 2.3 ޕަސެންޓުންނެވެ.

"މިހާރު އޮތް އިންފްލޭޝަނަރީ ޕްރެޝަރަށް ބަލާއިރު، އަދި ކޮވިޑުގެ ބަލިމަޑުކަން ކުރިއަށް ދާތީއާ ވެސް އެކުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ފެށުން، 2024 ވަނަ އަހަރާ ހަމައަށް މަޑުޖައްސައިލުމަކީ ލަފާދޭ ކަމެކެވެ،" އައިއެމްއެފްގެ ރިޕޯޓުގައި ބުންޏެވެ.

ޓެކްސް ބޮޑުކުރުމާއި ޓެކްސް ބޮޑުކުރާކަން އިއުލާނު ކުރުން ވެސް މަޑުޖައްސައިލަން އައިއެމްއެފުން ލަފާދިން އެއް ސަބަބަކީ ރާއްޖޭގައި ތަކެތީގެ އަގުބޮޑުވަމުން ދިއުމެވެ. އެ ޖަމާއަތުން ދެކޭ ގޮތުގައި ޓެކްސް އަށް ބަދަލު ގެންނަ ވާހަކައަކީ ވެސް ތަކެތީގެ އަގުބޮޑުކުރުމަށް ބާރަކަށް ވާނެ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި މިހާރު ނިންމާފައިވާ ގޮތަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރިޔަސް ދައުލަތުގެ އާމްދަނީ އަށް މާބޮޑު އިތުރުވުމެއް ނާންނާނެ އެވެ. އެއީ ޓެކްސް ނެގުމުގައި މިހާރު ހުރި ބައެއް ސިޔާސަތުތަކުގެ ސަބަބުންނެވެ. އެއީ ޓެކްސް އިން އިސްތިސްނާވާ ގިނަ ބާވަތްތަތަކާއި ހިދުމަތްތަކެއް ހުރީމަ އެވެ. އެ ޖަމާއަތުގެ ލަފަޔަކީ ޓެކްސް ނުނަގާ ލިސްޓް އަލުން މުރާޖައާ ކުރުމެވެ.

އެ ރިޕޯޓްގައި ލަފާދީފައި ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ މިހާރު ބޮޑުކުރުމުގެ ބަދަލުގައި އެކި މަރުހަލާ ތަކަށް ބަހާލައިގެން، މުޅި ޓެކްސް ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާށެވެ.

އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ވަކި ވަރަކަށް އަދި އާއްމު އެހެން ދާއިރާތަކުން ވަކި ވަރަކަށް ނަގާ ގޮތަށް (ޖީއެސްޓީއާއި ޓީޖީ އެސްޓީ ވަކިވަކިން ނަގާ ގޮތަށް) އޮތުމުގެ ބަދަލުގައި ޖީއެސްޓީ އެއް ރޭޓަކުން ނަގާ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

ޖީއެސްޓީ، ޖީއެސްޓީގެ ތާރީހު

ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި ގާނޫނާއެކު، އެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގަ އެވެ.

އޭގެ ފަހުން، މިހާރު ނަގަމުންދާ ހަ ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރެވެ.

ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު އަށް ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox