މާފުށީ ޖަލަށް ވަގަށް ވަންނަން އުޅުނު އެކަކު ހަތަރު މަހަށް ޖަލަށް، އަނެކަކު ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ

މާފުށީ ޖަލު ސަރަހައްދު: ޖަލަށް ވަގަން ވަންނަން މަސައްކަތް ކުރި ދެ މީހަކަށް ވަނީ ހުކުމް ކޮށްފައި

މާފުށީ ޖަލު ސަރަހައްދު: ޖަލަށް ވަގަން ވަންނަން މަސައްކަތް ކުރި ދެ މީހަކަށް ވަނީ ހުކުމް ކޮށްފައި

ކ. މާފުށީ ޖަލަށް ވަގަށް ވަންނަން މަސައްކަތް ކުރި ދެ މީހުންގެ ތެރެއިން އެކަކު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށާއި އަނެކަކު ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު އަދި ނ. މަނަދޫ، ކެރީބިއަން، އިބްރާހީމް ޖަޒުލާންގެ މައްޗަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައިވާ ގޮތުން، އެ ދެ މީހުން ޖަލަށް ވަންނަން އުޅުނީ ސެޕްޓެމްބަރު 22، 2019 ގެ މެންދަމު ދޭއް ޖަހާކަށް ހާއިރެވެ. ދައުވާގައި ބުނަނީ އެ ދެ މީހުން މާފުށީ ޖަލުގެ އިރު ދެކުނު ފަރާތުން ހުއްދަ ނެތި އެ ރޭ ޖަލަށް ވަންނަން މަަސައްކަތް ކޮށްފައިވާ ކަމަވެ.

Advertisement

އެ ދެ މީހުން އެ ސަރަހައްދަށް ވަނީ ޑިންގީއެއްގަ އެވެ. އެއީ އުޅަނދު އަދި މީހުން ވަނުން މަނާ ސަރަހައްދެއްކަން އަންގައިދޭ ބޯޑެއް ވެސް ބަަހައްޓާފައިވެ އެވެ. މާފުއްޓާ 10 ވަރަކަށް ފޫޓު ދުރުގައި ޑިންގީ ބޭއްވުމަށް ފަހު އެ ސަރަހައްދަށް ދިޔައީ މޫދުގައި ފަތައިގެނެވެ.

ޖަލުގެ އިރު ދެކުނު ފަރާތު ފާރަށް ދެ މީހުން އެރުމަށް ފަހު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާކަން އެނގުމުން ދެ މީހުން ވެސް ފާރުން ފުންމާލި އެވެ. އަދި ދުވެފައި ގޮސް އަނބުރާ މޫދަށް އެރިގަތެވެ. އެކަމަކު ފުލުހުން ކުރި މަސައްކަތުން ދެ މީހުން ވެސް އަތުލައިގަތް ކަމަށް ދައުވާގައިވެ އެވެ.

ހައްމާދުއާއި ޖަޒުލާން ވެސް ވަނީ ކުށަށް އިންކާރު ކޮށްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ދައުލަތުން ވަނީ ފަސް ޝަފައީ ހެއްކާއި ކިތާބީ ހެއްކެއް ހުށަހަޅައިފަ އެވެ. ޝަފައީ ހެކިންގެ ތެރޭގައި ހިމެނެނީ ކަރެކްޝަންސްގެ ދެ އޮފިސަރަކާއި އޭރު ސީންގައި ހަރަކާތްތެރިވި ތިން ފުލުސް އޮފިސަރުންނެވެ. ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ފުލުހުން ތައްޔާރު ކުރި ފޮޓޯ ރިޕޯޓެކެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ކުށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ނިންމެވި އެވެ.

މި މައްސަލާގައި ދައުވާ އުފުލު ހައްމާދު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ. އޭނާ ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖަލު ހުކުމުން ދެން ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ ހަތަރު މަހާއި ހަ ދުވަހެވެ.

ޖަޒުލާން ވަނީ އޭނާގެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އޭނާ މިހާރު ގެންދަނީ ލޮޖިސްޓިކް މެނޭޖަރެއްގެ ގޮތުގައި ކުންފުންޏެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އޭނާއަށް މަަހަކު 12،000 ރުފިޔާގެ މުސާރައެއް ލިބޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ކަމަށް ރިއާޔަތްކޮށް ޖަޒުލާންގެ އަދަބު ވަނީ ޖޫރިމަނާއަށް ބަދަލުކޮށްދީފަ އެވެ. އެ ގޮތުން ހަ މަސް ދުވަހުގެ މުއްދަތެއް ތެރޭގައި 53،600 ރުފިޔާގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox