މާލޭގެ ފަސް ސަރަހައްދަކަށް އުދަ އަރައިފި

މާލޭގެ ފަސް ސަރަހައްދަކަށް އުދައިގެ އަސަރު ވަނީ ކޮށްފައި

މާލޭގެ ފަސް ސަރަހައްދަކަށް އުދައިގެ އަސަރު ވަނީ ކޮށްފައި

މާލޭގެ ފަސް ސަރަހައްދަކަށް އުދަ އަރައިފި އެވެ.

މާލެއަށް އުދަ އެރި ސަރަހައްދުތަކުގެ ތެރޭގައި، އިންޑަސްޓްރިއަލް ޒޯން، ސްވިމިން ޓްރެކް ސަރަހައްދު، ރާޅުގަނޑު ސަރަހައްދު، އާޓިފިޝަލް ބީޗް ސަރަހައްދު އަދި ކާނިވާ ސަރަހައްދު ހިމެނެ އެވެ.

އެންމެ ބޮޑަށް އުދައިގެ އަސަރު ކޮށްފައި ވަނީ ރާޅުގަނޑު ސަރަހައްދަށް ކަމަށްވާއިރު، މޫސުން ގޯސްވެ، ކަނޑުގެ ލޮނުގަނޑު އުފުލޭ ދުވަސްވަރު އެ ސަރަހައްދަށް ވެއްޔާއި، ގަލާއެކު އުދަ އަރާކަން ފާހަގަކޮށްލެވެ އެވެ. އެ ސަރަހައްދަށް އުދަ އަރާ، ބޮޑުތަކުރުފާނު މަގަށް ވެއްޔާއި ގާ އަރާފައިވެ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ވެލި ބަސްތާ ޖަހާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ހަމައެއާއެކު، އިންޑަސްޓްރިއަލް ޒޯނާއި، އާޓީފިޝަލް ބީޗު އަދި ކާނިވާ ސަރަހައްދަކީ ވެސް މާލެއަށް އެންމެ ގިނައިން އުދަ އަރާ ސަރަހައްދެވެ. އިންޑަސްޓްރިއަލް ޒޯނަށް އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އާންމުންގެ ގިނަ ވެހިކަލްތަކަށް އެކިވަރުގެ ގެއްލުން ލިބެ އެވެ.

މާލެއަށް އުދައިގެ އަސަރުކޮށްފައިވާއިރު، ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ރަސްމީ އިދާރާ، މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox