ހުލާސާކޮށް އިއްޔެ: ގޮތަބަޔާގެ އިސްތިއުފާގައި ރާއްޖެ އަދާ ކުރި ދައުރަށް ނަޝީދު ތައުރީފު ކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ގައުމުން ފިއްލަވައިގެން އުޅުއްވުމަށްފަހު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެ ގައުމުން ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށްފަހު، ސިންގަޕޫރަށް ވަޑައިގަތުމަށްފަހުގަ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އެ ރޭ ދަންވަރު 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ނަޝީދާއި ދިވެހި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.

ސިންގަޕޫރުގައި ހުންނެވި ގޮތަބަޔާގެ އިސްތިއުފާ ސިޓީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ލިބުނުތާ ކުޑަ ވަގުތުކޮޅެއްފަހުން ރޭ 7:06 ގައި ނަޝީދު އިނގިރޭސިބަހުން ޓުވިޓާގައި ލިިޔުއްވީ ލަންކާގެ ރައީސް އެ ގައުމުގައި ތާށިވެ، ފުރާނަފުޅަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހާލަތެއްގައި ހުންނެވި ނަމަ އަދިވެސް އިސްތިއުފާ ނުދެއްވީސް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ގޮތަބަޔާ އަދިވެސް ލަންކާގައި ހުންނެވި ނަމަ، ފުރާނަ ގެއްލޭނެ ކަމުގެ ބިރު އޮތުމާއެކު އިސްތިއުފާ ނުދެއްވީސް،" ނަޝީދު ވިދާޅުވި އެވެ. "[މިކަމުގައި] ދިވެހި ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކަށް އަޅުގަނޑު ސާބަސް ދެން. އަޅުގަނޑުގެ ހެޔޮ ދުއާ ސްރީ ލަންކާގެ ރައްޔިތުންނަށް"

ރިޕޯޓުތައް ބުނާ ގޮތުގައި ގޮތަބަޔާ އިސްތިއުފާގެ ސިޓީ ރައްދު ކުރެއްވީ ސިންގަޕޫރުގައި ހުންނަވާ އީމެއިލްގެ ޒަރިއްޔާއިންނެވެ. ގޮތަބަޔާގެ އިސްތިއުފާ މަޖިލީހުން އަދި އިއުލާނު ނުކުރައްވަ އެވެ. އޭގެ ކުރިން އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން ކަށަވަރު ކުރަންޖެހެ އެވެ.

ގޮތަބަޔަ ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި 32 ގަޑިއިރު ހޭދަ ކުރެއްވުމަށްފަހު އެވެ.

ނަޝީދަކީ ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެ ކަނޑައަޅާފައި ހުންނެވި ސަފީރެކެވެ. އަދި މީގެ ކުރިން ރާއްޖޭގެ ސަރުކާރުން ނަޝީދު ހައްޔަރު ކުރަން އުޅުމުން ކޮޅުނބުގައި އަރުވާލެވިގެން ހުންނެވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން އިއްުޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ލަންކާ މީހާ ކްރިމިނަލް ކޯޓުން އިއްުޔެ ވަނީ ދޫކޮށްލާފަ އެވެ.
  • ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ޓީޗަރަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ކ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް މިރޭ އަނިޔާ ކުރަމުންދަނިކޮށް އެކަން ހުއްޓުވަން މަސައްކަތް ކުރި ފުލުހުން ގައިގައި ވެސް އިއްޔެ ވަނީ ތަޅައިގެންފަ އެވެ.

ދުވަހުގެ ކޯޓޭޝަން

ގޭބިސީތަކުން ކުނި އުކާލުމުގައި ވަކިވަކި އެޕާޓްމެންޓުތައް ވެމްކޯގައި މިހާރު ރެޖިސްޓްރީ ކުރެވުމާ ގުޅިގެން އެ ކުންފުނީގެ ޑީއެމްޑީ ޔޫސުފް ސިރާޖު މި ނޫހަށް ވިދާޅުވީ:

ވެމްކޯގެ އެހެނިހެން ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބިވަޑައިގަންނަވާނެ، އެހެންނަނަވެސް ވަކި އެޕާޓުމެންޓުތައް ރެޖިސްޓްރީ ކުރުމަށް އަދި ހަމަޖެހިފައި އޮތީ ހާޒިރުވެގެން ކުރާ ގޮތަށް، އެއީ ގޭގެ ވެރިފަރާތުން ބޭނުންވެގެން ޑިޕޮސިޓެއް ބަހައްޓާފައި، ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކުން އަމިއްލައަށް ފައިސާ ދައްކާ ގޮތަށް،

ދުވަހުގެ ފޮޓޯ

ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން. މި މުޒާހަރާ ކުރިއަށްގެންދިޔައީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން. އެ ދުވަހަުގެ ހަރަކާތްތަކާ ގުޅިގެން ޕީޕީއެމްގެ އިސް މީހުންތަކެއް ހައްޔަރުކުރު --- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އިވެލުއޭޝަން އޮފް ދަ ސިންގަލް ޕޭރެންޓް އެންޑް ފޯސްޓާ ކެއާ ސޯޝަލް ޕްރޮޓެކްޝަން ސްކީމްސް އިން ދަ މޯލްޑިވްސް"

މިއީ ރާއްޖޭގައި ދަރިން ފޯސްޓާ ކުރުމަށާއި އެކަނިވެރި މައިންނާއި ބަފައިންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ދެމުންދާ އެހީތެރިކަމާއި އެފަދަ ކަންކަން ކުރުމަށް އެކުލަވާލާފައިވާ ނިޒާމާ ގުޅޭގޮތުން ޔުނިސެފުން 2021 ގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox