ދެ ވަަނަ ޑިވިޝަން: ޖޭޖޭ އިން ފަހަތުން އަރައި ބިސްބުރު ބަލިކުރިއިރު، ބުރު ވެސް ފެށީ މޮޅަކުން

Jul 14, 2022, 7:45 PM
ކުޑަހެންވޭރާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ކުޑަހެންވޭރާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ފަަހަތުން އަރައި 4-3 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރިއިރު، މިރޭ ކުޑެހެންވޭރު ޔުނައިޓެޑްގެ މައްޗަށް 3-2 އިން ކުރިހޯދައި ބުރު ސްޕޯޓްސް ކްލަބުން މޮޅަކުން މުބާރާތް ފަށައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ޖޭޖޭ އިން ލީޑުނެގީ 16 ވަަނަ މިނިޓްގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ބޮލުން ޖެހި ގޯލުންނެވެ. ލީޑުފުޅާކުރަން ޖޭޖޭގެ ސަޔަމް ސައީދު އާއި މުހައްމަދު ފުހެއިދު (ޓޯޑް) އަށް ލިބުނު ބޯޅަތައް ގޯލަކަށް ނުހެދުނެވެ.

އެކަމަކު، ބިސް ބުރު ޓީމުގެ އީރާން ފޯވާޑް، އާމިރު މެމާރީ ހެދި ހެޓްރިކުން ފުރަތަމަ ހާފުގައި ބިސް ބުރުން ނަތީޖާ އަނބުރާލައި، ދެ ގޯލުގެ ލީޑެއް ނެގި އެވެ. ޖޭޖޭގެ ގޯލުގައި އިފްރާހް އަރީފް ހުއްޓައި، މެމާރީ ފުރަތަމަ ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ. އަނެއް ދެ ގޯލު އޭރިއާތެރެއިން ލިބުނު ފުރުސަތުތަކުން ގޯލަށް ބޯޅަ ވައްދާލީ އެވެ.

ބިސް ބުރުން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދެ ވަނަ ހާފުގައި ޖޭޖޭ އިން ވަނީ މޮޅަށް ކުޅެ ނަތީޖާ އަނބުރާލައިފަ އެވެ. އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ކުޅުނު ޖޭޖޭގެ ގޯލުތައް ޖެހީ ބޮކުރީ އާއި އިސާމް މުހައްމަދު އަދި މުއާޒް އަލީ އެވެ. އިސާމް އާއި މުއާޒް ގޯލުތައް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަނަށް ވަރުގަދަ އަށް ތައްޔާރުވި، އެންމެ ފަހުގެ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަން، ބުރުން މިރޭ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ސާބިއާގެ ސްޓްރައިކަރު ސްޓެފަން ޑުރިކް އެވެ. އަނެއް ގޯލު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި ގައުމީ ޒުވާން ޓީމުތަކުން ފާހަގަވި މުހައްމަދު ތަސްނީމް (ތައްތި) އެވެ.

ކުޑަހެންވޭރުގެ މިސްރު ކުޅުންތެރިޔާ އިސްލާމް ފެކްރީ އެ ޓީމަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދިން ނަމަވެސް އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ބުރުގެ ތިން ވަނަ ގޯލު ޖަހައިދީ އެ ޓީމަށް އަނެއްކާ ވެސް ދެ ގޯލުގެ ލީޑެއް ނަަގައިދީފަ އެވެ.

ގޯލު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އިތުރު ވަގުތުގެ ފަހު މިނިޓްގައި ކުޑަހެންވޭރުން އިތުރު ގޯލެއް ޖެހި އެވެ. ޕެނަލްޓީ އަކުން މި ގޯލު ޖެހީ ކުރިން ޓީސީ އަށް ކުޅުނު އަކްމަލް މުހައްމަދު އެވެ.

ސޯޅަ ޓީމާ އެކު ދެ ވަނަ ޑިވިޝަން ފެށި ނަމަވެސް މިހާރު ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ ވަނީ މުބާރާތުން ވަކިވެފަ އެވެ. ގްރޫޕް އޭގެ ފުރަތަމަ މެޗުތައް ނިމިފައިވާއިރު، މާދަމާ އޮތީ ގްރޫޕް ބީގެ މެޗެކެވެ.

ދެ ވަނަ ޑިވިޝަނުގައި މާދަމާރޭކުޅޭ މެޗުގައި ބައްދަލުކުރާއނީ ބީޖީ ސްޕޯޓްސް ކްލަބް ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ދެ ޓީމަކީ ވެސް ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފައިވާ ދެ ޓީމެވެ. ވިކްޓަރީ ސަސްޕެންޝަނުން އެނބުރި އައިސް ރަސްމީ މެޗެއްގައި މި ކުޅެނީ ތިން އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށެވެ. ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗު އޮތީ ހޮނިހިރު ދުވަހުގެރޭ ކްލަބް ޓީނޭޖާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox