ސައުދީ އަރަބިއްޔާ ދަތުރުގެ ކުރިން ބައިޑެން އިޒްރޭލަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް (ވ) އަދި ބޮޑު ވަޒީރު ޔެއާ ލެޕީދްއާ އެކު. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް (ވ) އަދި ބޮޑު ވަޒީރު ޔެއާ ލެޕީދްއާ އެކު. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމުގެ ކުރިން ބުދަ ދުވަހު އިޒްރޭލުގައި މަޑު ކުރައްވައިފި އެވެ.

ބައިޑެންގެ މި ދަތުރުގައި އިޒްރޭލާއި ސައުދީގެ ވެރިން އަދި ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވާނެ އެވެ.

ބައިޑެންގެ ސަރުކާރު 2021 ވަނަ އަހަރު މަސައްކަތް ފެށި ފަހުން، މެދުއިރުމައްޗަށް ސުލްހަ ގެންނަން އެމެރިކާއިން އެކަށީގެންވާ މަސައްކަތް ނުކުރާތީ ފަލަސްތީނުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

Advertisement

އެހެން ނަމަވެސް މި ދަތުރުގެ ފޯކަސް އެންމެ ބޮޑަށް އޮންނާނީ ސައުދީގައި ހޭދަކުރައްވާ ވަގުތަށް ކަމަށް ބެލެވެ އެވެ. އެއީ ސައުދީގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ބައިޑެން ހަރުކަށިކޮށް ފާޑުވިދާޅުވެފައި ވާތީ އެވެ.

އަންނަ ހޮނިހިރު ދުވަހު ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ އިރު، ގިނަ ބަޔަކު ދަނީ ބައިޑެންއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަަކުން ބުނާ ގޮތުގައު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގަައި 2018 ވަނަ އަހަރު ނޫސްވެރިޔާ ޖަމާލް ހަަޝޮގްޖީ މަރާލައި، ފޮތިފޮތިކޮށްލީ ވަލީ އަހުދުގެ އަމުރު ކުރެއްވުމުންނެވެ. ނަމަަވެސް އެއީ ދޮގު ތުހުމަތެއް ކަމަށް ވަލީ އަހުދު ވިދާޅުވެފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން ބައިޑެން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާއަކީ ބައިނަލްއަަގްވާމީ މުޖުތަމައުއާ "އެކަހެރިވެގަނެގެން އުޅޭ" ދައުލަތެއް ކަމަށެވެ. އަދި ސައުދީއާ ދުރު ހާރިޖީ ސިޔާސަތަކަށް ވައުދުވެވަޑައިގެންނެވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ދަަ ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރެއްވި އޮޕް-އެޑެއްގައި ބައިޑެން ވަނީ ސަައުދީއަށް ކުރައްވާ ދަތުރު ދިފާއު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ "އަމާޒަކީ ގުޅުން ހަލާކު ނުކޮށް، މިސްރާބު ބަދަލު ކުރުން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox