ގޮތަބަޔަ އަށް ހިމާޔަތްދިން ގޮތާމެދު ޖަވާބުދާރީވާން ޕީޕީއެމުން ގޮވާލައިފި

ގޮތަބަޔަ އަށް ހިމާޔަތްދިން ގޮތާމެދު ޖަވާބުދާރީވާން ޕީޕީއެމުން ގޮވާލައިފި

ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ލަންކާގެ ރައީސް ފިއްލަވައިގެން ދިވެހިރާއްޖެއަށް ގެނައުން ކުއްވެރިކޮށް، އެ ނިންމުން ނިންމާފައިވާ ގޮތް ސާފުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް ހަރަކާތުން ސަރުކާރަށް ގޮވާލައިފި އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި 'ސިއްރުން' ގޮތަބަޔަ ރާއްޖެއަށް ކުރެއްވި ދަތުރު ކުއްވެރިކޮށް، އެކަމާ ގުޅިފައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގޮތަބަޔަ އަށް ދިވެހި ސަރުކާރުން ހިމާޔަތްދޭން ނިންމުމަކީ ސިޔާސީ މަސްރަހު ހޫނުވެ، އިގްތިސާދު ފުނޑިފައި އޮތް ލަންކާގައި ތިބި ދިވެހި ރައްޔިތުން ނުރައްކަލަކަށް ހުށަހެޅިދާނެ ވަރުގެ ކަމެއް ކަމަށެވެ. އެހެންކަމުން ގޮތަބަޔަ ގެ ދަތުރުގެ ހަގީގަތާއި އެ ނިންމުން ނިންމި ގޮތް ހާމަކޮށް ޖަވާބުދާރީވުމަށް ގޮވާލާފައިވެ އެވެ.

ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި ރޭ ކުއްލިއަކަށް ގޮތަބަޔަ ރާއްޖެ ވަޑައިގަތުމުން އެ މައްސަލަ ހޫނުވެ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ފޮރިންމިނިސްޓްރީން ވެސް މިހާތަނަށް އެއްވެސް ބަހެއް އެކަމުގައި ބުނެފައި ނުވެ އެވެ.

ޕީޕީއެމުން ބުނީ، ގޮތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

"މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އޮތުމާއެކު، މިކަމުގެ ހަގީގަތް ހާމަކޮށްދެއްވައި ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓރ ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ޖަވާބުދާރީވުމަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލަންކާ ރައްޔިތުންގެ އިހުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަމަލުކޮށް އެގައުމުގެ ރައީސަށް ހިމާޔަތް ދިނުމުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަގަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން އެ ޒިންމާ ނަންގަވައި، ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ވެސް ގޮވާލާފައިވެ އެވެ.

ގޮތަބަަޔާގައުމުން ފިއްލަވައި ރާއްޖެއަށް ވަޑައިގެންފައިވާތީ, އެ ގައުމުގައި މުޒާހަރާތައް ވަނީ މިހާރު ފަފެށިފަ އެވެ.

ލަންކާގެ ރިޔާސީ ގަނޑުވަރު ކައިރީގައި މުޒާހަރާ ފަށާފައިވާއިރު, މުޒާހަރާގެ ބައިވެރިން ގެންދަނީ ގޮތަބަޔާ ރާއްޖޭން ހިމާޔަތް ދިނުމުން އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި, ގޮތަބަޔާ ވީއެންމެ އަވަހަކަށް ރާއްޖެ އަނބުރާ ފޮނުވާލުމަށް ވެސް މުޒާހަރާގައި ދަނީ ގޮވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox