ހަނގުރާމަމަތީ ބޯޓެއްގައި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންފި

ހަނގުރާމަމަތީ ބޯޓެއްގައި ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންފި

ސްރީ ލަންކާގެ ރައީސް ގޮތަބަަޔާ ރާޖަޕަކްސަ މިރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުން ފިއްލަވައި، ދިވެހިރާއްޖެއަށް ވަޑައިގެންފި އެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި އޮއްވަ އެވެ.

ސްރީ ލަންކާގެ ރައީސް ރާއްޖެ ގޮތަބަޔާ، 73، ވަޑައިގަތީ ހަނގުރާމަމަތީ ކުޑަ މަތިންދާބޯޓެއްގައި ކަމަށްވެ އެވެ. މިއަދު އިސްތިއުފާ ދެއްވުމުގެ ކުރިން ރާއްޖެ ވަޑައިގެންނެވިއިރު ސްރީ ލަންކާގެ ރައީސް މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުން ގާނޫނު އަސާސީ ހުއްދައެއް ނުދެ އެވެ.

"އަދަދު" އަށް މައުލޫމާތު ދިން އިތުބާރު ހިފޭ މަސްދަރުތަކުން ބުނީ ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ މާލެ ގަޑިން 2:50 ގަ އެވެ. އޭގެ ގަޑިއެއްހާއިރު ކުރިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުލޭ އެއާޕޯޓުން ވަނީ ފެނިފަ އެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި ބޯޓު ހުޅުލެއިން ފުރާފައި ވަނީ 4:40 ހާއިރެވެ. ފުރިއިރު އެއާޓްރެފިކް އެޕްލިކޭޝަންތައް އިމިގްރޭޝަނަށް ދައްކާފައެއް ނުވެ އެވެ.

ގޮތަބަޔާއަށް ރާއްޖެ ވަޑައިގެންނެވުނީ އިމިގްރޭޝަންގެ އޮފިޝަލުން އެކަމާ ދެކޮޅު ހެދުމުން، ފުރަން މަސައްކަތް ކުރާތާ 24 ގަޑިއިރު ވެއެތުވި ފަހުން ކަމަށް އޭއެފްޕީން ބުނެ އެވެ. ގޮތަބަޔާއާއެކު އޭނާގެ އަނބިމީހާ އާއި ބޮޑީގާޑާއެކު ޖުމްލަ ހަތަރު މީހަކު ވަޑައިގެންނެވި ކަމަށްވެ އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ފުރަތަމަ އުޅުއްވީ އަވައްޓެރި އިންޑިއާއަށް ވަޑައިގަންނަވަން ކަމަށް އޭއެފްޕީން ބުނެ އެވެ. ރާއްޖެ ވަޑައިގެންނެވީ މިލިޓަރީ ބޯޓެއް އިންޑިއާގައި ޖެއްސުމުގެ ހުއްދަ ވަގުތުން ނުލިބުމުން ކަމަށްވެ އެވެ.

ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެވީ ޑުބާއީއަށް ކަމަށްވެ އެވެ. ނަމަވެސް ވީއައިޕީން ފުރަން ހުއްދަ ނުދީ، އާންމުންނާއެކު ވަޑައިގަންނަވަންޖެހޭނެކަން އެނގިވަޑައިގަތުމުން މަޑުކުރެއްވީ ކަމަށްވެ އެވެ. އެގޮތަށް މަޑުކުރެއްވުމުގެ ސަބަބުން ޑުބާއީއަށް ފުރި ހަތަރު ފްލައިޓު އެމަނިކުފާނަށް ނޭރުނު ކަމަށްވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ އާންމުންގެ ވަރަށް ގިނަ ބަޔަކު އެއްވެ ގޮތަބަޔާގެ ގެކޮޅަށް ހިސޯރު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ ވަނީ އާއިލާއާއެކު ފިއްލަވާފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox