ގޮތަބަޔާ ޓްރާންސިޓްވާން ހުއްދަ ދިނީ ލަންކާ ސަރުކާރުގެ އެދުމަކަށް: ސަރުކާރު

ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު ޝާހިދު: ގޮތަބަޔާ ރާއްޖެއިން ޓްރާންސިޓް ވާން ހުއްދަ ދިނީ ލަންކާ ސަރުކަރުން އެދުމުން ކަމަށް ސަރުކާރުން ބުނޭ

ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު ޝާހިދު: ގޮތަބަޔާ ރާއްޖެއިން ޓްރާންސިޓް ވާން ހުއްދަ ދިނީ ލަންކާ ސަރުކަރުން އެދުމުން ކަމަށް ސަރުކާރުން ބުނޭ

ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ގޮތަބަޔާ ރާޖަޕަކްސަ، ރާއްޖެއިން ޓްރާންސިޓްވުމަށް ހުއްދަ ދިނީ ލަންކާ ސަރުކާރުގެ އެދުމަކަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ސްރީ ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި އެ ގައުމުގެ އޭރުގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެ އެތެރެވުމަށް ކްލިއަރެންސް ދިނީ ލަންކާ ސަރުކާރުން އެކަމަށް ރަސްމީކޮށް އެދުމުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޓްރާންސިޓްވުމަށް މިމަހު 13ގައި ރާއްޖެ އެތެރެވުމަށް ހުއްދު ދިނުމަށްފަހު ގޮތަބަޔާ ވަނީ އިއްޔެ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކިއުރިޓީ ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގަ އެވެ. ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި 32 ގަޑިއިރު ހޭދަ ކުރެއްވުމަށްފަހު އެވެ.

ގޮތަބަޔަ ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑައިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. ފުރަތަމަ މަސައްކަތް ކުރެއްވި ކަމަށްވަނީ ޑުބާއީއަށް ވަޑައިގަތުމަށެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިއިރު ވައުދުވެވަޑައިގެންފައި އޮތީ އިއްޔެ މެންދުރު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ފަހުން ރާއްޖޭގައި ހުންނަވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޯނުން ގުޅުއްވައި އިއްޔެ ރޭ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ އިސްތިއުފާ ސިޓީ ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ލިބިފައިވާކަން ރޭގެ ވަގުތެއްގައި އެ ގައުމުގެ ނޫސްވެރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox