ރޭޑިއޯގްރަފީ ކޯހެއް ހިލޭ ހެދުމުގެ ފުރުސަ 25 މީހަކަށް ދޭން ނިންމާފައިވާކަން އެސްޓީއޯއިން ހާމަކޮށްފި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ހަމަޖެހިފައި އޮތް އެ ކޯހަކީ ދެ އަހަރާއި ހަ މަސް ދުވަހުގެ ކޯހެކެވެ. އަދި އެއީ ޑިޕްލޮމާ ލެވެލްގެ ކޯހެކެވެ.
"ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިން, ވަރަށް އަވަހަށް އެޕްލައިކުރަން ހުޅުވާލާނެ،" އެސްޓީއޯއިން ނޫސްތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.
ޑިޕްލޮމާ ފެންވަރު ނުވަތަ ކޮލިފިކޭޝަންގެ ލެވެލް 5 ގެ ފެންވަރަށް ފެތޭ މި ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ.
މި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އާއި އެސްޓީއޯ ޖީއީ ސްކިލް ލެބްގަ އެވެ.
އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަކީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު ތަނެކެވެ. އަދި، އެސްޓީއޯ ޖީއީ ސްލިކް ލެބް ހުޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.









