އަބޭއަށް ހަމަލާ ދިން މީހާ "ވަކި ގްރޫޕަކަށް" ނަފުރަތު ކުރި: ފުލުހުން

ޝިންޒޯ އަބޭއަށް ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް. ފަހަތުގައި އަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރީ ތުހުމަތު ކުރެވޭ މީހޭ. -- ފޮޓޯ: ރޮއިޓާޒް

ޝިންޒޯ އަބޭއަށް ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް. ފަހަތުގައި އަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރީ ތުހުމަތު ކުރެވޭ މީހޭ. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލަން ހަމަލާ ދިން މީހާއަކީ "ވަކި ގްރޫޕަކާ" ދެކޮޅަށް ހިތުގައި ރުޅިވެރިކަން އޮތް މީހެއް ކަމަށް ފުލުހުންގެ ތަަހުގީގީ ޓީމުން ބުނެފި އެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އުމުރުން 41 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ ގަބޫލު ކުރި ގޮތުގައި އަބޭއަކީ އެ ގްރޫޕުގެ މެމްބަރެކެވެ. އަބޭގެ ހަށިކޮޅަށް އޭނާ ބަޑި ޖެހީ އެހެންވެގެން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގްރޫޕެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ސިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަނިކޮށް އަބޭގެ ހަށިކޮޅަށް ބަޑި ޖެހުމުން، ހުކުރު ދުވަހު ހެނދުނު ހޮސްޕިޓަލަށް ގެންދިޔަަ ނަމަވެސް، ފަސް ގަޑިއިރު ފަހުން އެމަނިކުފާނު އަވަހާރަވި އެވެ.

ފުލުހުން ބުނީ ގޭގައި އަމިއްލައަށް އުފެއްދި ބަޑިއަކުން ހަމަލާ ދިން ކަމަށް ޓެޓްސުޔާ ޔަމަގާމީ އެއްބަސްވެފައިވާ ކަމަށެވެ.

އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވި ލީޑަރެވެ. އުމުރުން 67 އަަހަރުގައި އެމަނިކުފާނު އަވަހާރަވުމުން، މުޅި ޖަޕާނަށް ވަނީ ކުއްލި ސިހުމެއް އައިސްފަަ އެވެ. އެ ގައުމަކީ ބަޑީގެ ހަމަލާތައް މަދު، އާންމު ގޮތެއްގަައި ވަރަށް ރައްކާތެރި ގައުމެކެވެ.

ހަަމަލާ ދިނުމުގަައި ހަރަކާތްތެރިވީ ޓެޓްސުޔާ ޔަމަގާމީ އެކަނަިތޯ ބެލުމުގެ މަސައްކަތް ފުލުހުން އަދިވެސް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން، އޭނާގެ ހިތުގައި ނަފުރަތު އުފެދިފައި އޮތް ގްރޫޕްގެ އެހެން މެމްބަަރުން ތިއްބައި، އަބޭއަށް ވަަކިން ޓާގެޓް ކުރީ ކީއްވެތޯ ވެސް ފުލުހުން ސާފު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox