ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ކުޅުދުއްފުށީގައި 400 ހައިސުން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު: އެ ޕްރޮޖެކްޓް ހަވާލު ކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުޅުދުއްފުށީގައި 400 ހައިސުން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު: އެ ޕްރޮޖެކްޓް ހަވާލު ކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ބަޔަކާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށީގައި ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން މިއަދު ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެ 400 ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނައިރު، ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހަނައެއްގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންދަރީ އަދި ސްޓޯ ރޯމް ހިމެނެ އެވެ. ޖުމްލަ 11 ބުރިއަށް އިމާރާތްކުރާ މި ހައުސިން ޔުނިޓުތަކުގައި ހުންނަނީ ދެ ލިފްޓެވެ.

އެ ޔުނިޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓެނަންސް އޮފީސް ގާއިމްކުރަން ހަމަޖެހިފައިވާއިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކިން ޖާގައެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށްޓަކައި ހައުސިން ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖުމްލަ 439 މިލިއަން ރުފިޔާއަށް ހަވާލުކުރި މި ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމު ސޮއިކުރެއްވިއިރު، ދޮންބޭޒާއި ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒްގެ އޮޕަރޭޝާންސް ހެޑް އަލީ ހަމްދޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox