އާސެނަލްގައި ގައުމުތަކުގެ ގްރޫޕްތަކެއް ނޯންނާނެ: އާޓެޓާ

Jul 7, 2022, 3:28 AM
އާސެނަލްގައި ގައުމުތަކުގެ ގްރޫޕްތަކެއް ނޯންނާނެ: އާޓެޓާ

ލަންޑަން (ޖުލައި 7) - އާސެނަލްގައި ވަކި ގައުމުތަކުގެ ކުޅުންތެރިން ގިނަވި ކަމުގައި ވިޔަސް އެ ކްލަބްގައި ގައުމުތަކަށް ނިސްބަތްވާ ގްރޫޕްތަކެއް ނޯންނާނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން ވަނީ މިހާތަނަށް ހަތަރު ކުޅުންތެރިން ގެނެސްފަ އެެވެ. އެއީ މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް، ގަބްރިއެލް ޖީސޫސް އާއި ސައޮ ޕައޮލޯ އިން ގެނައި ބްރެޒިލްގެ ވިންގް، މާކުއީނިއޯސް، އެމެރިކާގެ ލީގު (އެމްއެލްއެސް) އިން ގެނައި ގޯލްކީޕަރު މެޓް ޓާނާ އާއި ޕޯޓޯ އިން ގަތް، ހުނަރުވެރި މިޑްފީލްޑަރު ފަބިއޯ ވިއޭރާ އެވެ.

އާސެނަލްގެ ސީނިއާ ޓީމުގައި މި ވަގުތު އިނގިރޭސި ބަހުން ވާހަކަ ދައްކާ ކުޅުންތެރިންނަށް ވުރެ، ޕޯޗުގީސް ބަހަށް ފަރިތަ ބްރެޒިލްގެ ކުޅުންތެރިންނާއި ޕޯޗުގަލްގެ ކުޅުންތެރިން އަންނަނީ ގިނަވަމުންނެވެ.

އާސެނަލްގެ ޕްރެކްޓިހުގެ ތެރެއިން ގަބްރިއެލް ޖީސޫސް (ކ)، ގަބްރިއެލް މާޓީނޭލީ (މ)، އަދި ގަބްރިއެލް މަގާޅައެސް (ވ): މި ތިން ކުޅުންތެރިންގެ އިތުރުން މި ފަހަރު އާސެނަލުން ވަނީ ބްރެޒިލްގެ ވިންގް، މާކުއީނިއޯސް ވެސް ގެނެސްފައި.

އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ވަކި ގައުމުތަަކަކަށް ނިސްބަތްވާ ކުޅުންތެރިން ގިނަވުމަކީ އޭނާ މާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށެވެ.

"އަހަންނެއް ބޭނުމެއް ނޫން ބްރެޒިލް ކުޅުންތެރިންގެ ގްރޫޕެއް ނޫނީ ޕޯޗުގީސް ކުޅުންތެރިންގެ ގްރޫޕެއް، މި ގޮތަށް އާސެނަލްގެ ތެރޭގައި އޮންނަން. އަހަންނަށް އެންމެ މުހިންމީ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަކޮށް އޮތުން،" އާޓެޓާ ބުންޏެވެ.

"އަހަރެން ބޭނުމީ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ފުރިހަމަ އަށް އިތުބާރުކުރާ ވަރުގެ ވަރުގަދަ ސްކޮޑެއް އެކުލަވާލަން،"

އާޓެޓާ ބުނީ އޭނާގެ ފުޓްބޯޅަ ފިލޯސަފީ އަކީ ހަމަހަމަކޮށް ޓީމުގެ މަސްލަހަތަށް ވިސްނައި، ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ. އެ ގޮތަށް ބަލާއިރު، އޭނާ މަސައްކަތް ކުރަން ބޭނުންވާ ފޯކަސް މުޅި ޓީމުގައި އޮންނާނީ އެންމެން އެއް މިސްރާބަކަށް ގޮސްގެން ކަން އާޓެޓާގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

އާސެނަލުން އަންނަނީ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އާސެނަލުން މަސައްކަތް ކުރަނީ އަޔަކްސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް ގަންނާށެވެ. މާޓީނޭޒްގެ ސޮއި ހޯދަން އާސެނަލުން، ޖުމްލަ އެކު، 65 މިލިއަން ޑޮލަރު ހަރަދުކުރަން ތައްޔާރަށް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox