ފްލައިޓްތަކަށް ތެޔޮ ވިއްކާވަރު ކޮންޓްރޯލްކުރީ ލަންކާއިން ހުސްވެ ރާއްޖޭން ޑިމާންޑް ބޮޑުވެގެން: އެމްއޭސީއެލް

އެމްއޭސީއެލްއާއި އެސްޓީއޯ ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސް: ތެޔޮ ވިއްކާ ވަރު ކޮންޓްރޯލް ކުރި ސަބަބުތައް ކިޔައިދިން - ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްއާއި އެސްޓީއޯ ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސް: ތެޔޮ ވިއްކާ ވަރު ކޮންޓްރޯލް ކުރި ސަބަބުތައް ކިޔައިދިން - ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ މިންވަރު ކޮންޓްރޯލް ކުރަން ޖެހުނީ ސްރީލަންކާއިން ތެޔޮ ހުސްވެ ރާއްޖޭގެ ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން ތެޔޮ ގަންނަމުން ދިޔަ ވަރު ކުއްލިއަކަށް އިތުރުވުމުން ކަމަށް އެމްއޭސީއެލް އާއި އެސްޓީއޯއިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އޮފިޝަލް އިބްރާހިމް ތޯހާ ވިދާޅުވީ ލަންކާއިން ތެޔޮ ހުސްވުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސް ހިމެނޭ ގޮތަށް މާލެ އާއި ކޮލޮމްބޯއާ ދެމެދު ދަތުރުކުރި ގިނަ ފްލައިޓުތަކެއް ދިޔައީ ކުރިއަށްވުރެ ގިނައިން ތެޔޮ ގަންނަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ފިއުލް ކެޕޭސިޓީއަކީ ކޮންމެ ސަމާ ސީޒަންއަކަށް ވެސް 13 މިލިއަން ލީޓަރު. އެކަމަކު ލަންކާއިން ދަތުރުކުރާ ކޮންމެ ފްލައިޓްއަކުން އެބަ އަޅާ ދެ ދަތުރަށް ވެސް ވާ ވަރަށް ފިއުލް. އެހެންވެ އަޅުގަނޑުމެން ފޯކާސްޓް ކޮށްފައި މި އޮތް ވަރަށް ވުރެ ވެސް އިތުރަށް މި ޖެހުނީ ވިއްކަން،" އޭނާ ކިޔައިދެއްވި އެވެ.

Advertisement

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ އެއާލައިންތަކަށް ވިއްކާ ފިއުލްގެ ރޭޓު މި ވަގުތަށް ކޮންޓްރޯލް ކުރަން ޖެހުނު ނަމަވެސް ކޮންމެ އެއާލައިނަކުން ވެސް ދަތުރު ކުރަން ބޭނުންވާ މަންޒިލަށް ދެވޭ ވަރަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ތެޔޮ ނުލިބިގެން އެއާލައިންތަކުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫ ނާރާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ލަންކާއަށް ދިމާވި ހާލަތުގެ ސަބަބުން ކުއްލިއަކަށް ޖެޓް ފިއުލް ސަޕްލައިގެ ޑިމާންޑް ބޮޑުވިއިރު، ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ތެޔޮ ގަންނަންދާ ބަނދަރުތައް ކުރިއަށްވުރެ ބޮޑަށް ތޮއްޖެހިފައިވާ ކަމަށެވެ. އޭގެ ސަބަބުން ފިއުލް ޝިޕްމަންޓް އައުމުގައި ލަސްކަމެއް ކުރިމަތިވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން އެބަ ޖެހޭ ކުރިއާލާ އެއް މަސް ކުރިން ޝިޕްމަންޓް ބޭނުންވާ ކަން އަންގަން، އަދި މިޑްލް އީސްޓްގައި ތެޔޮ ލޯޑު ކުރާ ޕޯޓްތަކުގެ ކޮންޖެޝަން ބޮޑުވެގެން ދިއުމުން ބޯޓެއް އެބަ ޖެހޭ ތެޔޮ ލޯޑް ކުރުމަށް ޓަކައި ކިއޫގައި 12-13 ގަޑިއިރުގައި ޕޯޓްގައި މަޑުކުރަން،" އަމްރު ތަފްސީލްކޮށްދެއްވި އެވެ.

މިއީ މީގެ ކުރިން ވެސް މި ގޮތަށް ފިއުލް ސަޕްލައިގެ ކެޕޭސިޓީއަށް ބާރުބޮޑުވުމުން، އަމަލުކުރަމުން އައިސްފައިވާ އުސޫލެކެވެ. އަދި، އެއްވެސް މައްސަލައެއް ދިމާ ނުވެ މީގެ ކުރިން ވެސް އެއާލައިންތަކަށް އެމްއޭސީއެލްއިން ވަނީ ހިދުމަތް ދީފަ އެވެ.

ތެޔޮ ވިއްކުން ކޮންޓްރޯލް ކުރިއިރު، މިވަގުތު ރާއްޖެއަށް 25 ބައިނަލްއަގްވާމީ އެއާލައިނަކުން ގެންދަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox