ދިރާސީ އަހަރު ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކުރަން މަސައްކަތް ކުރަނީ

މާލެ ޖަލު--

މާލެ ޖަލު--

އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މާލެ ޖަލު ހުސްކޮށް ގައިދީން ހުޅުމާލެ ޖަލަށް ބަދަލުކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

މާލެ ޖަލުގައި ތިބި ގައިދީން ހުޅުމާލެ ޖަލަށް ބަދަލު ކުރާނެ ކަމަށް ބުނެފައި ވަނީ މިދިޔަ އަހަރު އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މާލެ ޖަލުގައި ތިބި ގައިދީން އެއްކޮށް ހުޅުމާލެ ޖަލަށް ބަދަލުކޮށް ނިންމައި، މާލެ ޖަލު ބަންދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ނިންމާލެވޭނެ ސީދާ ތާރީހެއް ނޭނގުނު ނަމަވެސް, އޮފިޝަލް ވިދާޅުވި ގޮތުގައި އަންނަ އޯގަސްޓް މަހު ފެށޭ ދިރާސީ އާ އަހަރުގެ ކުރިން މަސައްކަތް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މި އަހަރު ޖަލުގައި ތިބި ގައިދީން ބަދަލު ކުރަން ފަށާނެ ކަމަށާއި އެއާއެކު ރިމާންޑު ޖާގައަށް 400 ވަރަކަށް ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ.

ބައެއް މީޑިއާތަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު އަލީ ނަޒީރު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހު ފަށާއިރު، އަލަށް އަޅާ ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލުގައި ގައިދީން ނުތިބޭނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވަނީ އޭގެ ސަބަބުން ރިމާންޑު ކުށްވެރިންނަށް، ގާނޫނުތަކުގައި ބުނާފަދަ ހައްގުތައް ލިބުމުގެ ފުރިހަމަ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

"ހުކުމް ކުރެވިފައިވާ ގައިދީންނަށް އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ވެސް ފަހިކުރެވިގެންދާނެ, ހަމައެހެންމެ ޖަލުގެ އޮފިސަރުންނަށް، މަސައްކަތްކުރުމުގެ ފަސޭހަ މާހައުލެއް ގާއިމުކުރެވި، އޮފިސަރުންނަށް ލިބެންޖެހޭ ލުއިތައް ލިބޭނެ ގޮތްތައް ފަހިކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި މާލޭ ޖަލު ހުސްކުރުވޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރެކްޝަނުން ބުނި ކަމަށް ލިޔެފައިވަނީ މައުލޫމާތުގެ އޮޅުމެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި ކިޔުންތެރިން ކިބައިން މާފަށް އެދެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox