ދަރިވަރުންނަށް ނުބައި އަސަރުކުރާތީ މާލޭ ޖަލު ހުސްކުރަނީ

މާލެ ޖަލުގެ ކައިރިން މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ. މާލެ ޖަލު ވަރަށް އަވަހަށް ހުސްކުރާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނި. އަދަދު/ފައިލް ފޮޓޯ

މާލެ ޖަލުގެ ކައިރިން މީހަކު ސައިކަލެއްގައި ދުއްވާފައި ދަނީ. މާލެ ޖަލު ވަރަށް އަވަހަށް ހުސްކުރާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނި. އަދަދު/ފައިލް ފޮޓޯ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހުންނަނީ މާލޭ ޖަލާ އިންވެގެން ކަމަށް ވުމުން، ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާތީ އެ ޖަލު ހުސްކުރަން ސަރުކާރުން އަނެއްކާ ވެސް ނިންމައިފި އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އެެޖެންސީތައް ބައިވެރި ވެގެން އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކަމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވިދާޅުވީ މާލޭ ޖަލު ހުސްކުރުނަށް ޓަކައި އެ ޖަލުގައި ތިބި ގައިދީން ބަދަލުކުރާނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ޖަލުގައި ތިބި ބައެއް ގައިދީން މާފުށި ޖަލަށް ބަދަލުކުރުމަށް ޓަކައި މާފުށި ޖަލުގެ ގައިދީންނަށް ބަދަލު ގެނެސް ޖާގަ އިތުރުކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެން ވާއިރަށް، އަޅުގަނޑުމެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމައިލުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސް،" އާސިފު ވިދާޅުވި އެވެ.

މާލެ ޖަލުހުސްކުރުމުގެ މަސައްކަތާ އެކު އެކުގައި ކުރިއަށް ގެންދާ އަނެއް މަސައްކަތަކީ އޭނާ ވިދާޅުވި ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގެ ކައިރީގައި ހުންނަ "އެނެކްސް ވަން" އިމާރާތަށް ބައެއް ބަދަލުތައް ގެނެއުމުގެ މަސައްކަތެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ކޯޓަށް ހާޒިރުކުރުމަށާއި ބޭސްފަރުވާއަށް މާލެ ގެންނަ ގައިދީން ވަގުތީ ގޮތުން ބޭތިއްބުމަށެވެ.

މި ހިނގާ 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސް ކުރާނެ ކަމަށް މީގެ ކުރިން 2022 ވަނަ އަހަރުގައި ވެސް ސަރުކާރުން ބުނެފައިވެ އެވެ. އެފަހަރު ނިންމީ މާލޭ ޖަލުގައި ތިބި ގައިދީން ހުޅުމާލޭ ޖަލަށް ބަދަލު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox