"ކަންބޮޑުވުންތައް ހުއްޓަސް މަސްދަރު ބިލު ތަސްދީގު ކުރާނެ، އެކަމަކު ހައްލު ހޯދަން މަސައްކަތް ކުރާނެ"

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލުގެ މާއްދާ އިސްލާހުކުރަން ނޫސްވެރިންގެ ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފައިވީ ނަމަވެސް، އެ ބިލު ތަސްދީގު ކުރައްވާނެ ކަން އެނގިއްޖެ އެވެ.

ޖަމްއިއްޔާތަކުން ގަބޫލުކުރާ ގޮތުގައި ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތީ ފުޅާކޮށް މާނަކޮށް، އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށެވެ. އަދި އެފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން އެނގިގެން ގޮސްފައިވާ ކަމަށް ޖަމިއްޔާތަކުން ގަބޫލުކުރެ އެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑް ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިއީ ނޫސްވެރިކަމުގައި ފަހަތަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، ފޮރުވިގެން ތިބެ ނޫސްވެރިނަށް މައުލޫމާތު ދޭ ވިސްލް ބްލޯވަރުން ވެސް މައުލޫމާތުދޭން ފަސް ޖެހޭނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

Advertisement

އެއާއެކު އެ ބިލު ތަސްދީގު ނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލަން އެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ގޮވާލާފަ އެވެ.

ނަމަވެސް، ރައީސް އޮފީހުގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި ގޮތުގައި، އެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުއްޓަސް، ބިލުގެ މުހިންމުކަން ބޮޑުވުމުން، އެ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ވިސްނުމެއް ނެތެވެ.

އެކަމަކު، އެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގެ ތަފްސީލެއް އޭނާ ދެއްވާފައިނުވާއިރު، އެކަމާ ގުޅޭގޮތުން އޭޖީ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސޯލިހުގެ ދެކަނބަލުން މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ފުރާވަޑައިގެންނެވުމުގެ ކުރިން ބިލް ތަސްދީގު ކުރައްވާނެ ކަމަށް ބެލެވެ އެވެ.

އިސްލާހުނުކޮށް އެ ބިލު ރައީސް ތަސްދީގު ކުރައްވައިފިނަމަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ބުނެފަ އެވެ.

ބިލަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް:

ބިލަށް ގެނައުމަށް ފެންނަ އިސްލާހުތައް ބަޔާންކޮށް އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުން ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނިކުރުން ހިމެނެ އެވެ. މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) ގެ ހަތް ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުމަށް ވެސް ގޮވާލާގައިވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރަން އެ ޖަމްއިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ގޮވާލުމާއެކު "ނޫސްވެރިޔާ" މާނަކުރާ ގޮތާއި މަސްދަރު މާނަ ކުރާ ގޮތް ބަދަލު ކުރުމަށް ވެސް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ. އެގޮތުން މަސްދަރުގެ މާނަ ފުޅާކޮށް، މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫންވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން އެ ޖަމްއިއްޔާތަކުން ގޮވާލާފައިވެ އެވެ.

އެ ޖަމްއިއްޔާތަކުން ބުނީ އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ ޖަމްއިއްޔާތަކުން ހުށަހަޅާފައި ވަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރު އުވާލަން ވެސް ގޮވާލާފައި ވެއެވެ.

އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ މާއްދާގައި "ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން" މިއިބާރާތުގައި މިވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެއްކަމުން އެ މާއްދާ އުވާލަން ވެސް ހުށަހަޅާފައި ވެއެވެ. އަދި އެ ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަ ވަނަ ނަންބަރުގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ޖަމްއިއްޔާތަކުން ބުނެ އެވެ.

އެ ޖަމްއިއްޔާތަކުން އެދުނީ އެ އިބާރާތުގެ ބަދަލުގައި، "ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން" އެގޮތަށް ބަދަލުކުރުމަށެވެ.

އޭގެ އިތުރަށް ވެސް މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް ބަޔާންކޮށްފައި އޮތުން މުހިންމު ކަމަށް ވެސް އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox