ދެފަރާތް އެއްބަސްވާ އަގެއް ނަގަން ޓެކްސީ އެސޯސިއޭޝަނު އެދިއްޖެ

މާލޭގައި ދުއްވާ ޓެކްސީތަކެއް: ޖަމިއްޔާއިން ބޭނުން ވަނީ ތެލުގެ އަގު ބޮޑުވުމާއެކު ދަތުރުކޮށްދޭ އަގު ވެސް ބޮޑު ކުރަން -- ފޮޓޯ: އަދަދު

މާލޭގައި ދުއްވާ ޓެކްސީތަކެއް: ޖަމިއްޔާއިން ބޭނުން ވަނީ ތެލުގެ އަގު ބޮޑުވުމާއެކު ދަތުރުކޮށްދޭ އަގު ވެސް ބޮޑު ކުރަން -- ފޮޓޯ: އަދަދު

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމުގެ ހުއްދަ ސަރުކާރުން މިހާތަނަށް ދީފައި ނުވި ނަމަވެސް ތެލުގެ އަގު ބޮޑުވުމުން ކާރަށް އަރާ ކަސްޓަމަރާއި ޑްރައިވަރު އެއްބަސްވާ އަގެއް ނެގުމަށް ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.55ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 16.77ރ. އަށެވެ.

ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތަކެއް ބައެއް ޓެކްސީ ޑްރައިވަރުން ދަނީ ނަގަމުންނެވެ.

Advertisement

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "އަދަދު" އަށް ވިދާޅުވީ ޓެކްސީ އަގާ މެދު މިހާތަނަށް ސަރުކާރުން ގޮތެއް ނިންމާފައި ނުވާތީ ކަސްޓަމަރާއި ޓެކްސީ ޑްރައިވަރު އެއްބަސްވާ އަގެއް ނެގުމަށް ޓެކްސީ ސެންޓަރުތަކަށް އަންގާފައި ވާނެ ކަމަށެވެ.

ބައެއް ސެންޓަރުތަކުން އެގޮތަށް އަމަލު ކުރަމުންދާ ކަމަށާއި ބައެއް ސެންޓަރުތަކުން މިހާރުވެސް ކަނޑައަޅާފައި އިންނަ އަގު ނަގަމުންދާ އަގު ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އިންނާނީ ހުރިހާ ސެންޓަރަކަށް އަންގާފަ ކަސްޓަމަރާ ޑްރައިވަރާ ވާހަކަ ދައްކައިގެން ދަތުރު ކުރާނެ އަގެއް ކަނޑައެޅުމަށް. އޭރުން މައްސަަލައެއް ނުޖެހި ދަތުރު ކުރިއަށް ގެންދެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ބުނީ މިހާރު ހުރި ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި އަމަލު ކުރަމުންދާނީ ކުރިންވެސް އަމަލުކުރި އުސޫލަށް ކަމަށެވެ. އެއީ އަގު ބޮޑުކޮށް ނަގާ ޓެކްސީތަކާމެދު ފިޔަވަޅު އެޅުމެވެ.

ޓެކްސީ ޑްރައިވަރުން ހުށަހަޅާފައިވާ އަގުތަކަކީ މިހާރު ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ 60 ޕަސެންޓު މަތީ އަގުތަކެކެވެ.

ޓެކްސީ އަގުތަކަށް ގެންނަން ޑްރައިވަރުން ބޭނުންވާ ބަދަލު

  • މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40ރ.
  • ހުޅުމާލެ ފޭސް 1 އިން 2 އަށް 40ރ.
  • މާލެއިން ހުޅުމާލެ އަށް 85ރ.
  • މާލެ އިން ހުޅުމާލެ ފޭސް 2 އަށް 95ރ.
  • މާލެއިން ހުޅުލެ އަށް 85ރ.
  • ހުޅުމާލެ އިން ހުޅުލެ އަށް 85ރ.

ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ.

އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މުޒާހަރާ ވެސް ކުރި އެވެ. އަދި މިނިސްޓްރީއާ އެކު ބައްދަލުވުންތަކެއްވެސް ބޭއްވި އެވެ. އޭރު ނަގަމުންދިޔަ ބޮޑު އަގުތަކާއެކު އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓްރީން އިއުލާންކުރި ނަމަވެސް އެކަމަކަށް ހައްލެއް ނުލިބުނެވެ.

އަގުބޮޑުކޮށް ކުރާނަމަ ޖޫރިމަނާ؛ ފިޔަވަޅެއް ނާޅާ!

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމަލުކުރަން ޖެހެނީ ޑިސެމްބަރު 15، 2013 ގައި އެކުލަވާލާފައިވާ ޓެކްސީ ގަވާއިދަށެވެ.

އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި އަގަށްވުރެ އިތުރަށް ނަގާ ނަމަ ފުރަތަމަ ފަހަރު ޓެކްސީ ސެންޓަރާއި ޑްރައިވަރު ވެސް 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި، ދެވަނަ ފަހަރު ނަމަ 1000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، ކުށް ތަކުރާރުކުރާނަމަ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލް ކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް އޮވެ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ސަރުކާރުން އެންމެފަހުން ބަދަލު ގެނައީ ފެބްރުއަރީ 10، 2021 ގަ އެވެ. އެފަހަރު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅީ 25ރ. އެވެ. އޭގެ އިތުރުން މާލެ އިން ހުޅުލެ އަށް 60ރ. އަދި މާލެ އިން ހުޅުމާލެ ފޭސް 1 އަށް ކަނޑައެޅީ 75ރ. އެވެ. އަދި މާލެ އިން ފޭސް 2 އަށް ކަނޑައަޅާފައި އޮތީ 90ރ. އެވެ.

އެ އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާ އަކަށް އިތުރު އަގެއް ނެގުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެކެވެ. ގަވައިދެއް އެކުލަވާލި ނަމަވެސް އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ. ނަމަވެސް، އެކަމާމެދު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox