އައްޑޫގައި މަރާލި ޒަޔާންގެ މަރުގެ ތަހުގީގަށް ހުރަސްއަޅަމުންދިޔަ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މަރާލި ޒަޔާން: އޭނާ މަރާލި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫގައި މަރާލި ޒަޔާން: އޭނާ މަރާލި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ މަހު އެ ސިޓީގައި މަރާލި މުހައްމަދު ޒަޔާން، 21، ގެ މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އިތުރުން ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

"އޭނާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މައްސަލައިގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި އެކަމަށް އެކަމަށް ދަތިކުރަމުންދާ މައްސަލައިގެ ތުހުމަތުގަ،" ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތަހުގީގަށް ހުރަސް އަޅަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހާގެ އިތުރުން ވެސް އެހެން ފަރާތްތަކުން ވެސް އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ވަޅިން ހަމަލާދީ ޖޫން 2، ގައި ޒަޔާން މަރާލި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި 15 އަހަރާއި 16 އަހަރުގެ ދެ ކުޑަކުދިން ހިމެނެ އެވެ.

އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި ޒަޔާން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެ އެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

ފުލުހުން އެއިރު ބުނި ގޮތުގައި، 21 އަހަރުގެ ޒުވާނާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 03:10 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox