"ވެހިމަހޯ، ވެހިމަހޯ"ގެ އަޑަށް ބިރުން ހަލާކުވާވަރު ވުން

"ވެހިމަހޯ، ވެހިމަހޯ"ގެ އަޑަށް ބިރުން ހަލާކުވާވަރު ވުން

ވެހިމަހޭ ކިޔާއުޅެނީ، ރަށުގެ ފަޅަށް ވަދެ އުޅޭ މަސް ބައިބަޔަށެވެ. އާންމު ގޮތެއްގައި މިފަދަ މަސް ބައިތައް ފަޅަށް ވަނުމަށްފަހު މާގިނައިރަކު ނުތިބެ އެވެ. މި ގޮތަށް ވަންނަ މަސްތަކުގެ ތެރޭގައި ރިއްމަހާއި ކަށިމަހާއި އަދި މާތޮޅި ހިމެނެ އެވެ. ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅަށް ލައްޓި, ރާގޮނޑި ވެސް މި ގޮތަށް ވަދެ އުޅެ އެވެ. .

މި ފަހަރު މި ބަލައިލަނީ އަޅުގަނޑަށް ފުރަތަމަ “ވެހިމަސް” މި ބަސް އަޑުއިވުނު ދުވަހުގެ ވާހަކަ އެވެ. އެ ދުވަހު ކަންތައްތައް ހިނގި ގޮތުގެ ވާހަކަ އެވެ.

އިރުވައިގެ ވައި މަޑު އުޑުމަތި ސާފު ރީތި ދުވަހެކެވެ. ރަށުތެރޭގައި "ކޯއްޔެއް, ހާލެއް" ގޮވާލުން ނޫން އަޑެއް ނީވެ އެވެ. ދުވާލުގެ ނުވައެއް ދިހައެއް ޖަހާލާހާއިރެވެ.

Advertisement

އަޅުގަނޑާއި އަޅުގަނޑުގެ ބޭބެއާ ދެ މީހުން ތިބީ ކުންނާރު ގަހެއްގަ އެވެ. ބޭބެ އޮތީ އަޅުގަނޑަށް ވުރެ މަތީގަ އެވެ. މި ހަމަހިމޭން ކަމުގެ ތެރެއިން އަޅުގަނޑަށް އިވުނީ ކޮންމެސް މީހަކު އަޑުގައި ނެތްތަނަށް ހަޅޭއް ލަވައިގަތް އަޑެވެ. އެ އަޑުގައި ވަރަށް ބިރުވެރި ގޮތެއް އެކުލެވިފައި ވެއެވެ. ދެ މީހުން ހިމޭންވެލައި ކަނުލައި އަޑުއަހާލީމެވެ. ގޮވަނީ “ވެހިމަހޯ ވެހިމަހޯ” މިހެންނެވެ. މި އަޑާއެކު މީހުންތައް ކޮޅުކޮޅަށް ދުވާއަޑާއި ވާހަކަ ދައްކާ އަޑު ގަދަވަމުން އައެވެ.

އަވަހަށް ފައިބާށޭ ބޭބެ ގޮވާލި އެވެ. ބޭބެ ފައިބާލެއް އަވަސްކަމުންނާއި ގަންފައި ހުރި ބިރުގެ ބޮޑުކަމުން އަވަހަށް ފައިބާން ސޮއްސާލީމެވެ. މެޔާއި ބަނޑު މަށައިގެން ހިނގައިދާނެ ކަމަކަށް ނުބެލުނެވެ. މަގުމައްޗަށް ނުކުތްއިރު މަގުމަތީގައި ކޮޅުކޮޅަށް މީހުންތައް ދުވަނީ އެވެ. އަންހެނުން ކުޑަކުދިން އުރައިގެން ދުވާއިރު، ކުދިންކުދިންގެ އަތުގައި ހިފައިގެން ދުވާ މީހުންވެސް ފެނެއެވެ. އެންމެންވެސް ވެހިމަހޯ ވެހިމަހޯ ގޮވައެވެ. އަދި މާއަޑުގަދަ ބައެއް އުޅުނެވެ. އެ މީހުން ގޮވައެވެ. ވަރުގަދަ ފަލަ ވައުވެސް ގެންނާށެވެ.

ބިރުން ވިރިވިރި ހުރެ، ބޭބެ ފަހަތުން އަތިރިއަށް ނުކުމެވިއްޖެ އެވެ. އެންމެންވެސް ދުވަނީ ކުޑަދޫކޮޅަށެވެ. އެއްކަލަ ބޮޑެތި ވައުތައް އޮނުގަނޑު ލައިގެން އުފުލައި މީހުންވެސް ފެނެ އެވެ. ބައެއް ކަހަލަ ދައުގަނޑުގަނޑުވެސް ގެންދާތަން ފެނެ އެވެ. ރުއްރުކަށް އަރައިގެން ފަންކަނޑާ މީހުންވެސް ފެނެއެވެ. ދެން ތިބި އެންމެން ހަޅޭއް ލަވަމުން ދުވަނީ އެވެ. ބޭބެ ގާތު ވެގެން އުޅޭ ގޮތް އަހާލާނެ ފުރުސަތެއް ނުލިބެ އެވެ. ބޭބެ އަޅުގަނޑަކަށް ނުބަލައެވެ. އަޅުގަނޑު ބެލީ ބޭބެ ނުގެއްލި ގާތުގައި ހިފަހައްޓާ ލެވޭތޯއެވެ. ދުވެވޭހާ ބާރަކަށް އުތުރު ބީޗުރޯޑުން ދުވަމުން ގޮސް އަތިރިއަށް ނުކުމެވުނީ އެކަނި އުނިގަހާ ހިސާބުންނެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. މިހާ ގަދައަށް ހަޅޭއްލަވަނީ ރަށަށް ފުރޭތައެއް އަރައިގެން އުޅޭތީ އެވެ. ކޮންމެވެސް ކަމެއް ދިމާވުމުން ރޭގަނޑު އެއަށް ނުފޭބުނީ އެވެ. މީހުންތައް ދުވަނީ ފުރޭތަ އަތުލައިގަންނާށެވެ. އެކިވަރުގެ ވާވެލާވެއްޔާއި ދަލާއި އަދި ފަން ފަދަތަކެތި ގެންދަނީ ފުރޭތަ ހިފައި ބަންނާށެވެ. އުންމީދު ކޮށްގެން ހުރީ މިއަދަކީ ހަމަ ލޮލަށް ފުރޭތައެއް ފެންނާނެ ދުވަހަށް ވާނެކަމުގަ އެވެ. ކިތަންމެ ބިރުގަތް ކަމުގައި ވިޔަސް އެހެން މީހުނަށް ނުވާގޮތެއް އަޅުގަނޑަށްވެސް ނުވާނެތީ ފުރޭތަ ބަލަން ނުކުތީ އެވެ. އަދި އަވަށާ ދިމާއަށް އަންނަ ބަޔަކުވެސް ނެތީމާ ކުރެވޭނެ ކަމެއްވެސް ނޯންނާނެތާ އެވެ.

އަތިރިއަށް ނުކުތްއިރު މޫދުގައި ބަޔަކު ތިއްބެވެ. އެ މީހުންގެ މެދުގައި އޮއި ލައްވަލައްވާ އެއްޗެއް އޮތެވެ. މޫދުގައި ފައި ނުޖެހެނީސް "ރިއްމަހޭ ރިއްމަހޭ" ކިޔާފައި އެއްގަމަށް އަށެއްކަ އިންޗި ހުންނަ ވަރުގެ މަހެއް އެއްލި އެވެ. އެ މަސް ޖެހުނީ ގޮނޑުދޮށުގައި ހުރި ކަތީބުގެ ފައިބުޑަށެވެ. އެ ހިސާބުން ބިރު ކެނޑި ފުރޭތައިގެ މަތިން ހަނދާންނެތި ބުރަކަށް އެތުރިލައިފައި ތިބި މީހުންގެ ގާތަށް ލެފިލައި ދެމީހުންގެ ދޭތެރެއިން ޖާގައެއް ހޯދީމެވެ. އިރުކޮޅަކުން އެންދަމާ ދަލެއް ހިފައިގެން އެތެރެއަށް ވަދެ ދައުޖެހުމަށްފަހު ދައު ފުރޭންދެން މަސް ނަގަން ފެށިއެވެ. އެއަށްފަހު ގޮނޑުދޮށަށް އައިސް އެ މަސްތައް އެއްގަމަށް އެރުވިއެވެ. ގޮނޑުދޮށަށް މަސްތައް އޮއްސާލުމާއެކު ތެޅިފޮޅެމުން މޫދަށް ފައިބައި މަސްތައް ނަގާ، އެއްގަމަށް އުކުމަކީ އަދި މާމަޖާ ކަމަކަށް ވިއެވެ.

އަންހެނުންނާއި ފިރިހެނުންނާ އަދި ކުޑަކުދިންވެގެން މަސްތައް ހިފައި އެއްގަމަށް ލެވުނީ ވަރަށް ގިނައިރުންނެވެ. ތެޅިތެޅި ތިބި މަސްތަކުގެ ހުޅުނބުތަކުން އަޅުގަނޑުމެން ހުރިހާ ކުދިންގެ މޫނާ ބޮލާއި ގަމީސްތައް ވިދާ ބަބުޅައެވެ.

ޒިޔާރަތްމަގާ ދިމާއަށް މަސްތައް ގެނެސް ރައްޔިތުންގެ ބޯ ބޯމައްޗަށް ބަހާލި އެވެ. ވެހިމަސް ހިފަން އެރުނު މީހުންނާއި ނޭރޭ މީހުން ތަފާތު ކުރުމެއް ނެތެވެ. އެންމެން ހަމަހަމައެވެ.

ޒަމާނުގެ އޮއިވަރާއެކު ވެހިމަސް ހިފުމަށްވެސް މިއަދު މި ވަނީ ބަދަލު އައިސްފައެވެ. ވެހިމަސް ހިފާ ގޮތާއި ހިފުމަށް ބޭނުންކުރާ އާލާތައް ބަދަލުތަކެއް އައިސްގެންނެއް ނޫނެވެ. މިއަދަކު "ވެހިމަހޯ ވެހިމަހޯ" ގޮވަމުން މީހަކު ބިރުގަންނަ ވަރަކަށް ހަޅޭއް ލަވަމަކުން ރަށުތެރެއަކު ނުދުވެ އެވެ. މަސް ހިފައިއުޅެނީ ދާ ހިފައިގެން ގޮސް ސިއްރުސިއްރުންނެވެ. ބަހާ އުޅެނީ މަސައްކަތުގައި ބައިވެރިވި ބަޔަކަށެވެ. ވެހިމަހަށް ވިޔަސް، ބޯ ބޯމައްޗަށް މިއަދު ބެހުމަކީ ބޭކާރު ކަޓު ކަމަކަށް ވެއްޖެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox