ދަ ގްރާންޑޭ ބަލިކޮށް އީގަލްސް އިން މާޒިޔާއާ ގާތަށް ޖެހިލައިފި

Jul 1, 2022, 5:57 PM
ލީގުގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އީގަލްސްގެ ރިޒޭ އުފާފާޅުކުރަނީ.---

ލީގުގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އީގަލްސްގެ ރިޒޭ އުފާފާޅުކުރަނީ.---

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އިން 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގާތަށް ޖެހިލަައިފި އެވެ.

ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 14 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އީގަލްސް އޮތީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. މާޒިޔާ އިން މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ ލީގުގެ އެއް ވަނައިގައި އަލުން ފަސް ޕޮއިންޓަށް ލީޑު ދެމެހެއްޓޭނެ އެވެ.

އީގަލްސް އިން މި މެޗު ފެށީ ފުރަތަމަ އެގާރައިގައި ތަޖިކިސްތާން މިޑްފީލްޑަރު ޒަރްޑިއޭވް ޖަމާލުއްދީން އާއި ރެއާލް މެޑްރިޑްގެ ސީ ޓީމަށް (ޔޫތު ޓީމަށް) ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ވިނީޝިއުސް ހިމަނައިގެންނެވެ. އެކަމަކު، ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ޖަމާލުއްދީންގެ ބަދަލުގައި އެންހެލް މުނޯޒް ކުޅެންއެރިއިރު، ދަ ގްރާންޑޭގެ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސް ވެސް ވަނީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގައި ބަދަލުކޮށްފަ އެވެ.

ގްރާންޑޭގެ ޑިފެންޑަރު އިވާން (ކ) ކައިރިން އީގަލްސްގެ ރިޒޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިރޭ އީގަލްސްގެ ފުރަތަމަ ހަމަލާ ފޮނުވާލީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާބޭރުން ރިޒޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެކަމަކު، އޭގެ ދެ މިނިޓް ފަހުން ރިޒޭ ދިން މޮޅު ބޯޅައަކުން ބްރޫނޯ ވަނީ ގޯލެއް ޖަހައި އީގަލްސް އަށް ލީޑުނަގައިދީފަ އެވެ. ބްރޫނޯ މި ގޯލު ޖެހީ ދަ ގްރާންޑޭގެ ކީޕަރު، ލެބަނަންގެ މުހައްމަދު ތަހާ ކައިރިން ނައްޓާފަ އެވެ.

ދަ ގްރާންޑޭ އަށް އެއްވަރުކޮށްދޭން މެޗުގެ 31 ވަނަ މިނިޓްގައި އިސްމާއިލް މަފާޒް އިބްރާހިމް ނެގި ހުރަހަކުން އެ ޓީމުގެ އިސްމާއިލް ނަޒީހު ބޮލުން ޖެހި ބޯޅަ އީގަލްސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. ދަ ގްރާންޑޭ އިން ފުރުސަތު ނަގާލިތާ ފަސް މިނިޓް ފަހުން އީގަލްސް އިން ވަނީ ރިޒޭގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަަަގައި، ރިޒޭ މި ގޯލު ޖެހީ ދަ ގްރާންޑޭގެ ކީޕަރު ތަހާ ބޯމަތިން އޮއްސާލައިގެންނެވެ.

ދެ ވަނަ ހާފް ފަށައިގެން ދަ ގްރާންޑޭ އިން ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅުނެވެ. އެ ގޮތުން އެ ޓީމުގެ މަފާޒް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ދަ ގްރާންޑޭގެ އުސާމާ (ކ) ކައިރިން އީގަލްސްގެ ހަންނަ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އީގަލްސް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 84 ވަނަ މިނިޓްގަ އެވެ. ހާފުގެ މެދެއްހާ ހިސާބުން ހިލޭ ޖެހުމެއް އީގަލްސް އަށް ލިބުމުން އެ ޓީމުގެ ކެޕްޓަން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަވަހަށް ކުޅެ، މަތިން ރިޒޭ ހުރި ފަޅި އަށް ލި ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

އީގަލްސް އިން ތިން ވަނަ ގޯލެއް ޖެހިތާ މިނިޓެއް ފަހުން ދަ ގްރާންޑޭ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އަބްދުﷲ ޖުނައިދު (ޖެންނެ) ނެގި ހުރަހަކުން މަފާޒް ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޖެހިގެން އައި މިނިޓްގައި ކައުންޓަ އެޓޭކަކުން ދެ ވަނަ ގޯލެއް ޖަހަން ދަ ގްރާންޑޭ އަށް ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ މުހައްމަދު ލަޔާން އަހުމަދު ހުސްކޮށް އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅައިގައި ބާރެއް ނެތްއިރު، ކީޕަރު އަލީފް ވަނީ ބޯޅަ އަތަށް ނަގައިފަ އެވެ.

ގްރާންޑޭ ވަނީ މި ސީޒަނުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. ލީގުގައި ދަ ގްރާންޑޭ އެންމެ ފުލުގައި އޮތީ 15 މެޗުން އެއް ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox