ހުލާސާކޮށް އިއްޔެ: ނޫސްވެރިކަމަށް ބޮޑު ނުރައްކަލެއް، މަސްދަރު ހާމަކުރަން އެންގޭ ގޮތަށް ހެކީގެ ބިލު ފާސްކޮށްފި

ހުލާސާކޮށް އިއްޔެ: ނޫސްވެރިކަމަށް ބޮޑު ނުރައްކަލެއް، މަސްދަރު ހާމަކުރަން އެންގޭ ގޮތަށް ހެކީގެ ބިލު ފާސްކޮށްފި

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ހެކީގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވި ބިލުގައި އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައި އޮތީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ޖުމްލަ 151 މާއްދާ އެކުލެވޭ އެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެ އެވެ.

އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް، މެންބަރުން މެދުވެރިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން 15 އިސްލާހެއް ހުށަހެޅި އެވެ. ބައެއް މާއްދާތަކުން ބައެއް އަކުރުތައް އުނިކުރުމަށާއި ބައެއް ބަސްބަސް މާނަކުރުން އެ އިސްލާހުތަކުގައި ހިމެނެ އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.

ނޫސްވެރިންގެ ބޮޑު ކަންބޮޑުވުމެއް

ހެއްކާ ބެހޭ ބިލު މިއަދު ފާސްކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

މީގެކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިފަ އެވެ. ނަމަވެސް, ކޮމިޓީން އެ ހުށަހެޅުން ބަލައިނުގަނެ, މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުކޮށް އެއަށް ކޮމެންޓް ކުރުމަށް އެމްޖޭއޭ އަދި އެމްއެމްސީއަށް ފޮނުވާފައިވެ އެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ ކޮމިޓީން މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތް ވެސް ބަދަލުކޮށް, މަސްދަރު ހާމަކުރުން އެންގުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީންކުރުމަށް އެމްޖޭއޭއިން އިއްޔެ ވަނީ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފަ އެވެ. މިފަދަ ކަރުދާހެއް އެމްއެމްސީން ވެސް މަޖިލީހަށް ހުށަހެޅި އެވެ.

އެގޮތުން, ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް އެމްޖޭއޭގެ ހިޔާލު ކަރުދާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް, އެ ހިޔާލު ކަރުދާސް އިއްޔެ މަޖިލީހަށް ފޮނުވުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީން ވަނީ ހެއްކާ ބެހޭ ބިލް އެއްކޮށް ފާސްކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ދައްކާ ވާހަކަތަކަކީ ހިޔާލު ފާޅުކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • ދިޔަރެސް ނޫހުން، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ތުހުމަތުކޮށް، އެ ނޫހަށާއި ނޫހުގެ މަސްއޫލުވެރި ފަރާތުގެ މައްޗަށް ދައުވާ ކުރަން އޭނާ ހުށަހެޅުއްވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ދިފާއުކޮށް ލިބެން ޖެހޭ އަދަބެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.
  • އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ފަރާތުން ބަންދު މުރާޖާއަށް އެދިފައިވާތާ ތިން މަސް ދުވަސް ފަހުން އޭނާ ބަންދުކޮށްފައިވާ އަމުރު ދަމަހައްޓަން ޝަރީއަތުން ނިންމީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, އެމްއެމްޕީއާރުސީން އޭރު ރަށްތައް ދޫކުރަމުން ދިޔަ ގޮތް ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެެއްކެއްގެ ހެކިބަސް ނެގީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހެއްކާ ބެހޭ ބިލުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ:

ބިލުގެ 136 ވަނަ މާއްދާގައި ހަގީގަތުގައި އެ ކަންބޮޑުވުމެއް ނެތް، މަސްދަރު ހާމަކުރަން ޖެހޭ ހާލަތަކީ ދެ ފަރާތުގެ އެއްބަސްވުމުގައި، އޭގެ އިތުރުން މަސްދަރު ހާމަ ކުރަން ހަމައެކަނި ޖެހޭ ހާލަތަކީ ޝަރީއަތުގައި އެކަން ހާޒިރުވެ، ޝަރީއަތުގައި އެކަން ނިންމުން،

ދުވަހުގެ ފޮޓޯ

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އިސްކަންދަރު ސްކޫލުން ދަރިވަރުންތަކެއް ނުކުމެގެން ދަނީ. ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް 2020ވަނަ އަހަރު ގެނައި. ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތަކުގައި އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ ހަތް ވަނަ ދުވަހު --- އަބްދުﷲ އިޔާން/އަދަދު
ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އިސްކަންދަރު ސްކޫލުން ދަރިވަރުންތަކެއް ނުކުމެގެން ދަނީ. ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް 2020ވަނަ އަހަރު ގެނައި. ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތަކުގައި އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ ހަތް ވަނަ ދުވަހު --- އަބްދުﷲ އިޔާން/އަދަދު

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި އިސްކަންދަރު ސްކޫލުން ދަރިވަރުންތަކެއް ނުކުމެގެން ދަނީ. ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް 2020ވަނަ އަހަރު ގެނައި. ބޮޑު ޗުއްޓީއަށްފަހު، ސްކޫލްތަކުގައި އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ ހަތް ވަނަ ދުވަހު --- އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox