އިއްޔެ މެންދުރު ފުލުހުން އިއުލާންކުރީ ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށެވެ. އެއާއެކު އެ ކުއްޖާ ހޯދައިދިނުމަށް އާންމުންގެ އެހީއަށް އެދުނެވެ.
ގެއްލިގެން ހޯދީ ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ހުސައިން ސިޔާނު (18އ) އެވެ.
ޝިއުނީގެ މަންމަ، ސީމާ "އަދަދު" އަށް ބުނީ ޝިއުނީ މާލެ އައި ފަހުން ކޮންމެ ދުވަހަކުވެސް ގުޅާނެ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު ފުލުހަށް ރިޕޯޓު ކުރީ ނުގުޅި ގިނަ ދުވަސްވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ޝިއުނީ ނުގެންގުޅޭނެ ފޯނެއް. އެހެން ނޫނީ ގުޅާނީ ރައްޓެއްސެއްގެ ފޯނުން. އިއްޔެ ގުޅިއްޖެ. ރައްޓެހި ކުއްޖެއްގެ ފޯނުން ގުޅީ،" ސީމާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޝިއުނީ މިއަދު ރަށަށް އަންނާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.













