ސެޕްޓެމްބަރު އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހުޅުވާލައިފި

ކޯސްތައް ހުޅުވާލަން މިއަދު ބޭސްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖް

ކޯސްތައް ހުޅުވާލަން މިއަދު ބޭސްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖް

ވިލާ ކޮލެޖުގައި ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ކޮލެޖުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ޖުމްލަ 127 ކޯހެއް ފަށާއިރު، އޭގެ ތެރޭގައި މާސްޓާސް ފެންވަރުގެ 16 ކޯހާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 36 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހާއި ފައުންޑޭންޝަން ފެންވަރުގެ 17 ކޯހެއް ހިމެނެ އެވެ. އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް 2 ގެ އެއް ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އޭސީސީއޭގެ ކޯސްތަކާއި އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް އެކްސެލެރޭޓް އަދި އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ އޮނާސް އިން އެޕްލައިޑް އެކައުންޓިން ކޯހުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، ޕްރޮފެޝަނަލް ލެވެލް، މެނޭޖްމެންޓް ލެވެލް އަދި ކެޓްގެ ލެވެލް 1، 2، 3 އަށް ކިޔަވައި ދިނުމަށް ވަނީ ނިންމައިފަ އެވެ.

ދަރިވަރުން އަތުން އެއްވެސް ފައިސާއެއް ނުނަގައި ކިޔަވައިދޭ ކޯސްތައް ވެސް ސެޕްޓެމްބަރުގައި ފަށަ އެވެ. އެއީ ސްކިލްސް ފޯ ރެޒިލިއަންޓް ވޯކް ފޯސްގެ ދަށުން ހިންގާ ހައުސް ކީޕިން، އިންވެންޓްރީ މެނޭޖުމެންޓު ވޯޓާ ސްޕޯޓްސް އާއި ޓިކެޓިން އަދި ރިޒަވޭޝަނާއި ޓުއާ ގައިޑް ފަދަ ކޯސްތަކެކެވެ. އޭގެ އިތުރުން ޔުނިވާސަލް ފައުންޑޭޝަންއިން ހިންގާ ޓޫރިޒަމް ދާއިރާއަށް 50 ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ ފަހު މުއްދަތަކީ އޯގަސްޓް 11 އެވެ. މި އިންޓޭކުގެ ކޯސްތައް އޮންލައިންކޮށާއި، ހައިބްރިޑް އަދި ފޭސް ޓު ފޭސްކޮށް ކުރިއަށް ގެންދެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުން ފީ ދެއްކުމަށް ލުއި ފަސޭހަ ކުރުމަށްޓަކައި ސެމިސްޓާގެ ފީ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ކޮލެޖުން ބުނެ އެވެ. އަދި ސަރުކާރުގެ ހިލޭ ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމުގެ ދަށުން ވެސް ވިލާ ކޮލެޖްގެ ކޯސްތަކުގައި ކިޔެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox