ސްވިޑަން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމަށް ތުރުކީގެ ތާއީދު ލިބިއްޖެ

ސްވިޑަންގެ ސިފައިންގެ މީހެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްވިޑަންގެ ސިފައިންގެ މީހެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްވިޑަން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމަށް ތާއީދު ކުރާ ކަމަށް ތުރުކީއިން އެންމެ ފަހުން ބުނެފި އެވެ.

އެ ދެ ގައުމުން ނޭޓޯއާ ގުޅެން ބޭނުންވާކަން އިއުލާން ކުރުމާ އެކު ތުރުކީއިން އެންމެ ފުރަތަމަ އެކަމާ ދެކޮޅު ހެދި އެވެ.

އެގޮތުން އެ ދެ ގައުމުން ޓެރަރިޒަމަށް ތާއީދު ކުރާ ކަމަށް ތުހުމަތު ކުރި އެވެ. އެގޮތަށް ބުނީ ތުރުކީގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އެ ދެ ގައުމުގައި މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދޭތީ އެވެ.

ސްވިޑަން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމާ މެދު ރަޝިއާއިން ހިތްހަމަނުޖެހެ އެވެ. ރަަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށީ ވެސް ނޭޓޯ ފުޅާ ކުރަން އުޅޭ މައްސަލައިގަ އެވެ.

ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުން ހުއްޓުވުމުގެ މަގްސަދުގައި ހަނގުރާމަ ފެށި ނަމަވެސް، މިހާރު އުތުރު ޔޫރަޕްގެ ދެ ގައުމެއް މި ވަނީ އެ އަސްކަރީ ކޯލިޝަނާ ގުޅެން ނިންމާފަ އެވެ.

އަަންގާރަ ދުވަހު ތުރުކީ އާއި ސްވިޑަން އަދި ފިންލޭންޑްގެ ފޮރިން މިނިސްޓަރުން ވަނީ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ހަނގުރާމަވެރިން ކަމަށް ބެލެވޭ މީހުން ތުރުކީއަށް ފޮނުވުމުގެ މަސައްކަތް ވަރުގަދަ ކުރަން ސްވިޑަންއިން އެއްބަސްވި ކަމަށެވެ.

އޭގެ އިތުރުން ތުރުކީއަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އެ ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން ވެސް އެއްބަސްވެފައިވެ އެވެ.

ތުރުކީގެ ރައީސް ތައްޔޮބް އުރުދުގާންގެ އޮފީހުން ބުނީ އެ ގައުމުން ބޭނުންވި ކަންކަން ހާސިލްވެއްޖެ ކަމަށެވެ.

ނޭޓޯގައި ބައިވެރިވުމަށް އެދި ފިންލޭންޑާއި ސްވިޑަންގެ ފަރާތުން ފޯމު ހުށަހެޅީ އެ ދެ ގައުމުގެ ސަފީރުން، ނޭޓޯގެ މައި މަރުކަޒަށް ވަޑައިގެން، ސްޓޮލްޓެންބާގްއާ ބައްދަލުކުރެއްވުމަށް ފަހު މޭ މަހު އެވެ.

މީގެ ކުރިން މި ދެ ގައުމަކީ އަސްކަރީ ގޮތުން ވަކި އަތަކަށް ނުޖެހޭ ދެ ގައުމެވެ.

ނަމަވެސް ޔޫރަޕްގެ އެންމެ އުތުރުގައި އޮންނަ ދެ ގައުމުގެ ޒަމާންވީ ވިސްނުން ބަދަލުވީ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox