ޗައިނާއާ ވާދައަށް ޖީ7 ގެ 600 ބިލިއަން ޑޮލަރުގެ ޕްލޭނެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއާ ވާދައަށް ޖީ7 އިން ހެދި ޕްލޭންގެ ދަށުން ތަަރައްގީވަމުންދާ ގައުމުތަކަށް 600 ބިލިއަން ޑޮލަރުގެ ފަންޑުން ހޭދަކުރާނެ ގޮތުގެ ތަފްސީލް ނިންމައިފި އެވެ.

ޕާޓްނާޝިޕް ފޯ ގްލޯބަލް އިންފްރާސްޓްރަކްޗާ އެންޑް އިންވެސްޓްމަންޓް (ޕީޖީއައިއައި) ގެ ދަށުން އެންމެ ފުރަތަމަ އެ ސްކީމް ލޯންޗު ކުރީ މިދިޔަ އަހަރުގެ ޖީ7 ގެ ބައްދަލުވުންތަަކުގަ އެވެ.

އެ ސްކީމްގެ ތަފްސީލްތައް ނިންމާފައިވާ އިރު، އެމެރިކާގެ ރަައީސް ޖޯ ބައިޑެން ވިދާޅުވީ އޭގެން ހުރިހާ އެންމެންނަށް ވެސް ފައިދާ ވާނެ ކަމަށެވެ.

ޗައިނާއިން ފެށި ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ސަބަބުން ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ބެދޭ ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެ އެވެ.

"މިއީ އެހީއެއް ނުވަތަ ހިލޭ ސާބަހަށް ދޭ ފައިސާއެއް ނޫން. އެކަން ސާފު ވާން ޖެހޭ. މިއީ ހުރިހާ އެންމެންނަށް ވެސް ފައިދާ ވާނެ އިންވެސްޓްމަންޓެއް،" ބައިޑެން ވިދާޅުވި އެވެ.

އެ ސްކީމްގެ ސަބަބުން "ޑިމޮކްރަސީތަކާ ގުޅުން ބަދަހި ކުރުމުގެ ފައިދާ ގައުމުތަކަށް ފެންނާނެ" ކަމަށް ބައިޑެން ވިދާޅުވި އެވެ.

ލީޑަރުން ނިންމި ރޭވުމުގެ ދަށުން ޖީ7 ގައުމުތަކުން ފަސް އަހަރުގެ ތެރޭގައި 600 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމްކުރަން ޖެހެ އެވެ. އެ ފަންޑުން މަޝްރޫއުތައް ހިންގާނީ ތަރައްގީވަމުންދާ ގައުމުތަކުގަ އެވެ.

އެމެރިކާއިން ވައުދުވީ 200 ބިލިއަން ޑޮލަރު ހޯދުމަށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވައުދުވީ 300 ބިލިއަން ޑޮލަރު ހޯދުމަށެވެ.

އެ ފަންޑުގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އަމާޒަކީ ސިއްހީ ދާއިރާ އާއި ޖިންސުގެ ހަމަހަމަކަަން ކުރިއަރުވައި، މޫސުމީ ބަދަލުން ކުރާ އަސަރު ކުޑަކޮށް، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox