ނަޝީދު ޔޯގާއަށް ތާއިދުކުރެއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި

މަޖިލިސް ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ޔޯގާއަށް ތާއިދުކުރައްވާ ވާހަކަދެއްކެވި މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި

މަޖިލިސް ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ޔޯގާއަށް ތާއިދުކުރައްވާ ވާހަކަދެއްކެވި މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޔޯގާއަށް ތާއިދު ކުރެއްވި މައްސަލަ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ އިއްތިހާދުން މި މައްސަލަ ފުލުހަށް ހުށަހަޅަފައި ވަނީ، ނަޝިދު ދެއްކެވި ވާހަކައަކީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ގާނޫނުއަސާސީ އާއި އެނޫން ވެސް ދީނީ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެ އެވެ. އެ އިއްތިހާދުން ފުލުހަށް ފޮނުވި ސިޓީގައި ނަޝީދުގެ މައްސަލަ ތަހުގީގުކޮށް، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދިފައިވެ އެވެ.

ޔޯގާ އާއި ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، ދިވެހިންގެ އާންމު ދިރިއުޅުމަށް ބުރޫއަރާގޮތަށް ކަންކަން ކުރަން ފެށުމަކީ ގައުމު ހާލަކުގެ މިސްރާބަށް ދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އެފަދަ ކަންކަމުގައި އެހެން ގައުމުތައް ބާކީވެ، އެކަހެރިވެގެން ހަލާކުގެ އައްސޭރިއަށް ދިޔަ މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ވެސް ހަލާކުގެ އައްސޭރިއަށް ދިއުމަށް ޖާގަ ދެވިގެން ނުވާނެ އެވެ. އަދި ދިވެހިން އެދޭ ފަދަ ރާއްޖެއަށް ގާއިމުކޮށް ދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒު ކަމަށާއި، އެކަން ރައްޔިތުންނަށް ހާސިލުކޮށް ދިނުމަށްޓަކައި އެ ޕާޓީން ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި އެވެ.

ނަޝިދު މިހެން ވިދާޅުވެފައިވާއިރު، ޔޯގާއަކީ ހަރާމް އެއްޗެއް ކަމަށާއި އެއީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، އެ ހަރަކާތް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ މިމަހު 16ގައި ފުލުހުންނަށް ސިޓީއެއް ފޮނުވާފަ އެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ. ނަމަވެސް، ޔޯގާ މައްސަލަގައި އިސްލާމިކް މިނިސްޓްރީން ފަތުވާ މަޖިލީހުގެ ބަހެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox