ގުއަންޓަނާމޯ ބޭ ޖަލުން ދޫކޮށްލި މީހަކަށް އަފްގާނިސްތާނުގައި ހޫނު މަރުހަބާއެއް ކިޔައިފި

އަސަދުﷲ ހާރޫނަށް އަފްގާނިސްތާނުގައި މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ

އަސަދުﷲ ހާރޫނަށް އަފްގާނިސްތާނުގައި މަރުހަބާ ކިޔަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖޫން 25) - އެމެރިކާއިން ހިންގާ އަނިޔާވެރި ގުއަންޓަނާމޯ ބޭ ޖަލުގައި 15 އަހަރު ހޭދަކުރި އަފްގާން މީހަކު މިނިވަން ކުރުމުން އޭނާއަށް ބަތަލެއްގެ މަރުހަބާ ކިޔައިފި އެވެ.

ކިއުބާގައި ހުންނަ ޖަލުގައި އަސަދުﷲ ހާރޫން ހޭދަކުރި މުއްދަތުގައި އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ. މާމުއިގެ ވިޔަފާރި ކުރުމަށް ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ގަވާއިދުން ދަަތުރު ކުރަމުން ދަނިކޮށް އޭނާ ހައްޔަރު ކުރީ 2006 ވަނަ އަހަރު އެވެ.

އެމެރިކާއިން ތުހުމަތު ކުރި ގޮތުގައި އޭނާއަކީ އަލްގައިދާއާ ގުޅުން ހުރި މީހެކެވެ. އަދި ހެޒްބޭ އިސްލާމީ ހަނގުރާމަވެރި ގްރޫޕުގެ ކޮމާންޑަރެއްގެ ގޮތުގައި އޭނާ އުޅޭ ކަމަށް ވެސް ބުންޏެވެ.

Advertisement

ގުއަންޓަނާމޯ ޖަލުގައި ބަންދު ކުރާ ގިނަ މީހުން ފަދައިން އޭނާއާ ދެކޮޅަށް ދައުވާއެއް ނުއުފުލަ އެވެ. އޭނާ މިނިވަން ކުރުމަށް ގޮވާލައި ވަކީލުން ގިނަ މައްސަލަތައް ކޯޓަށް ހުށަހެޅި އެވެ.

"ގުއަންޓަނާމޯގައި އަހަރެން ބަންދުކޮށްފައި ހުރީ ކޮން ކަމެއްގެ މައްޗަށް ބިނާކޮށްތޯ؟ އެއީ އަހަރެންގެ ފުރަތަމަ ސުވާލު،" ކާބުލްއަށް އެނބުރި ގޮސް، އެއާޕޯޓުގެ ރަންވޭ މަތީގައި ހުރެ ހާރޫން ނޫސްވެރިންނަށް ބުންޏެވެ.

އަފްގާނިސްތާނުގެ ތާލިބާން އޮފިޝަލުން ވަނީ ގަތަރުން ފުރި ޕްރައިވެޓް ޖެޓެއްގައި އޭނާ ކާބުލްއަށް ދަތުރު ކުރާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުކޮށްފަ އެވެ. އެ ޖެޓުގައި ތާލިބާން އިސްވެރިން ވެސް ތިއްބެވެ.

"އަހަރެންގެ އާއިލާ އާއި ތިމާގެ މީހުން އުޅުނީ ވަރަށް ވޭނުގައި،" ކަރުގައި ފެހި ކުލައިގެ މާ ފައްޗެއް އަޅައިގެން ހުރި ހާރޫން ނޫސްވެރިންނަށް ބުންޏެވެ.

ކާބުލް އެއާޕޯޓުން ނުކުމެ، ދަތުރު ކުރަން އޮންނަ މައި މަގުގައި ހާރޫންގެ ބޮޑެތި ޕޯސްޓަރުތައް ހަރުކޮށްފައި ހުއްޓެވެ. ހާރޫން މިނިވަން ކުރިކަން އެނގުމުން އާއިލާއިން އުފާ ފާޅު ކުރަން ފެށީ ހުކުރު ދުވަހު އެވެ.

"ހީވަނީ މި ގެއަށް އީދެއް އައިސްގެން އުޅޭހެން، ބޮޑު ކައިވެނި ހަފްލާއެއް ކުރިއަށްދާހެން. މިއީ އަހަރުމެންނަށް ވަރަށް ފުން އަސަރުތަކެއް ކުރާ ވަގުތެއް،" ޕާކިސްތާނުގެ ޕެޝާވަރުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ހާރޫންގެ އާއިލާގެ ފަރާތުން އޭނާގެ ބޭބެ ރޯމަން ހާން އޭއެފްޕީއަށް ބުންޏެވެ.

އެ އާއިލާއިން އަފްގާނިސްތާން ދޫކޮށް ޕާކިސްތާނަށް ހިޖުރަ ކުރީ 1979 ވަނަ އަހަރު ރަޝިއާގެ ސިފައިން އަފްގާނިސްތާނަށް އެރުމުންނެވެ.

ހާރޫނަކީ ހެޒްބޭ އިސްލާމީގެ މެމްބަރެއް ކަމަށް އެ އާއިލާއިން ބުނެ އެވެ. ނަމަވެސް އޭނާއާ އަލްގައިދާއާ ގުޅުން އޮންނަ ވާހަކަ ދޮގުކުރެ އެވެ.

ހާރޫން ދޫކޮށްލުމުން، މިހާރު ގުއަންޓަނާމޯ ޖަލުގައި ހުރީ އަފްގާން އެންމެ މީހެކެވެ. އެއީ އަލްގައިދާގެ ފައުންޑަރު އުސާމާ ބިން ލާދިންއާ ގާތް ގުޅުމެއް އޮންނަ ކަމަށް ސީއައިއިން ތުހުމަތު ކުރި މުހައްމަދު ރަހީމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox