އެންޑްރޫ އަދި ޓްރިސްޓަން އެމެރިކާގައި ހައްޔަރުކޮށްފި

Jul 19, 2026, 1:27 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން މަޝްހޫރު އިންފްލުއެންސަރު އެންޑްރޫ ޓޭޓް އާއި އޭނާގެ ބޭބެ ޓްރިސްޓަން ޓޭޓްގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަށް ނިންމުމާ ގުޅިގެން، އެމެރިކާގެ ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) އިން ބުނި ގޮތުގައި، އެންޑްރޫ ޓޭޓްގެ މައްޗަށް ރޭޕްކުރުމުގެ އިތުރު ހަތް ދައުވާއެއް ވަނީ އުފުލާފަ އެވެ. މީގެ އިތުރުން އިންސާނީ ވަގުފާރި ކުރުމާއި، ކުޑަކުދިން ބޭނުންކޮށްގެން ބަދުއަހުލާގީ މަންޒަރުތައް އުފެއްދުން ފަދަ ސީރިއަސް ކުށްތަކުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ޓްރިސްޓަން ޓޭޓްގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ގޯނާކުރުމުގެ އެއް ދައުވާ އާއި، ރޭޕްކުރުމުގެ ދެ ދައުވާއެއްގެ އިތުރުން ޖިންސީ ފުރައްސާރަ ކުރުމަށްޓަކައި އިންސާނީ ވަގުފާރި ކުރުމަށް މަގުފަހިކޮށްދިނުމުގެ ތިން ދައުވާއެކެވެ.

Advertisement

މި ކުށްތައް ހިނގާފައިވާ ކަމަށް ބެލެވެނީ 2010 ވަނަ އަހަރުގެ ޖުލައި މަހާއި 2017 ވަނަ އަހަރުގެ އޮގަސްޓް މަހާ ދެމެދުގަ އެވެ. ނަމަވެސް، ޓޭޓްގެ ދެބެއިން މީގެ ކުރިން ވެސް ވަނީ އެ މީހުންގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފަ އެވެ.

ކްރައުން ޕްރޮސެކިއުޝަން ސާވިސްގެ ސްޕެޝަލް ކްރައިމް ޑިވިޝަންގެ ހެޑް، މެލްކަމް މެކްހެފީ ވިދާޅުވީ، މި ދައުވާތައް އުފުލަން ނިންމީ ބެޑްފޯޑްޝަޔާ ފުލުހުން ފޮނުވި އިތުރު ހެކިތަކަކަށް ބިނާކޮށް ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ޖުމްލަ އަދަދު މިހާރު ހަތަކަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބުނީ، އެ ދެބެއިން ހައްޔަރުކުރީ އިނގިރޭސިވިލާތާ ހަވާލުކުރުމުގެ އިޖުރާއަތްތަކުގެ ދަށުން ކަމަށެވެ.

އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުކަން އޮންނަ މި ދެބެއިން، އިނގިރޭސިވިލާތުގެ ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރުމަށްޓަކައި އެމެރިކާއިން އެމީހުން ފޮނުވައިދިނުމަށް (އެކްސްޓްރަޑިޝަން) އެދިފައިވާނެ ކަމަށް ސީޕީއެސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެ ދެބެއިން ހައްޔަރުކުރުމާ ގުޅިގެން، އެމީހުންގެ ވަކީލު ޖޯސެފް މެކްބްރައިޑް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންޑްރޫ އާއި ޓްރިސްޓަން އަކީ ކުށެއް ނެތް ބައެއްކަން މުޅި ދުނިޔެއަށް ވެސް އެނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox