ނާޒިމް، ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަނީ

ނާޒިމް ސައްތާރު: ރަސޫލާގެ ސުންނަތަށް އޭނާ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ތަހުގީގު ކުރަން ފަށާފައި

ނާޒިމް ސައްތާރު: ރަސޫލާގެ ސުންނަތަށް އޭނާ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ތަހުގީގު ކުރަން ފަށާފައި

ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ޓްވީޓާ އެކައުންޓުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދެހާސްބާރަވަނަ އަހަރުގެ ތެރޭގައި ނާޒިމް ސައްތާރު ކޮށްފައިވާ ޓްވީޓް މި ފަހުން ފެންމަތިވެގެން މި އުޅެނީ ސޯޝަލް މީޑިއާގައި ނާޒިމް ކަމަށް ބެލެވޭ މީހަކު އެހެން ފިރިހެނަކާ އެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށް އެ ވާހަކަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ދީނީ އެކި ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖްގައިވެ އެވެ.

ރައްޔިތުންގެ އިއްތިހާދުން ފުލުހަށް ފޮނުވި މައްސަލާގައި ބުނެފައިވާ ގޮތުން ޖެނުއަރީ 2، 2012 ގައި ހެނދުނު 10:59 ގައި ކުރި އެ ޓްވީޓް މިއަދު ހެނދުނު 8:25 ހާ ހަމައަށް ބެލިއިރު ވެސް ޑިލީޓް ނުކުރާ ކަމަށެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން އެ ޓްވީޓް ޑިލީޓް ކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ނާޒިމް ސައްތާރު ވިދާޅުވި ގޮތުގައި, އޭނާގެ މުޅި ހަޔާތުގައި ވެސް ރަސޫލާއަށް ފުރައްސާރަކޮށްފައި ނުވާނެ އެވެ. އަދި, މާކުރީގެ ޓްވީޓެއްގެ މައްސަލަ މިހާރު ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ނާޒިމް ކަމަށް ބެލެވޭ މީހަކު ފެންނަ ވީޑިއޯއާ ގުޅިގެން އެ ބަދު އަހުލާގީ އަމަލުގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ޖިނާއީ ބޮޑު ތަހުގީގެއް ފަށައި ރޭގެ ވަގުތެއްގައި ނާޒިމް ވަނީ ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރާ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބްލެކްމެއިލް މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ބެލެވެނީ އެއީ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރަން އުޅުނު މައްސަލަތަކެއް ކަމަށެވެ.

ނާޒިމް ސައްތާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ދިން ހަމަލާގެ މައްސަލައިގައި ނަޝީދު ތަމްސީލު ކުރައްވާ ވަކީލެއްގެ ގޮތުގައި ވެސް ނާޒިމް ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox