ނަދުރުކޮޅު ބެހެއްޓުމުގެ ގަދީމީ އާދަ

ނަދުރުކޮޅު ބެހެއްޓުމުގެ ގަދީމީ އާދަ

ނަދުރުކޮޅަކީ ފިރިހެން ކުދިންގެ ބޮލުގެ ފުއްކިބައިގައި ދިގުކޮށްފައި ހުންނަ ހުޅި އެކެވެ. މި ހުޅި ފިޔަވައި މުޅި ބޯ ހުންނާނީ ތުނިކޮށް ކޮށައިފައެވެ. ނުވަތަ ބާލައިފަ އެވެ. ނަދުރުކޮޅު ހުންނާނީ އައްސާލުމަށްފަހު ފަހަތަށް އެލުވާލައިފައެވެ.

ކުދިންގެ ބޮލުގައި ނަދުރުކޮޅު ބަހައްޓާ އުޅެނީ އެ ކުދިން، ބޮޑެތި ނުރައްކާތެރި ބަލިތަކުންނާއި ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރި ކުރުމަށާއި އެކިއެކި މީސްމީހުންގެ އެސްފިންނާއިން ސަލާމަތްކޮށް ދުޅަހެޔޮ ޞިއްޙަތެއްގެ މަތީގައި ދަރިފުޅު ބެހެއްޓުމުގެ ބޭނުމުގަ އެވެ. މި ގޮތުން މިކަން ކޮށް އުޅުނީ ބުނެ އުޅޭ ނަދުރެއްގެ ގޮތުގަ އެވެ.

މި ނަދުރުކޮޅު ކޮށާލަނީ ކުއްޖާ ވާރުގަލައްވާވަރު ވުމުންނެވެ. ނަދަރު ފުއްދުމުގެ ގޮތުން ނަދުރުކޮޅު ބެހެއްޓި މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. އެންމެ ފަހުން މި ރަށުގައި (ކަނޑިތީމު) ނަދުރުކޮޅު ބެހެއްޓި މީހާގެ އުމުރު، މިހާރު ފަންސާސް އަހަރަށް ވުރެ މައްޗެވެ.

އާދައިގެ މަތިން އެ ދުވަސްވަރު އަންހެން ކުދިން ތިބޭނީ ބޯ ބާލައިފައެވެ. ފިރިހެން ކުދިންގެ ބޯ ހުންނާނީ ކުރުކޮށް ކޮށައިފައެވެ. އަންހެން ކުދިންގެ އިސްތަށިގަނޑު ދިގުކުރާނީ ލިބާސް ލެއްވުމަށް ފަހުގަ އެވެ.

އެ ދުވަހުވެސް އަދި މިއަދުވެސް މައިން ބަފައިންނަކީ އެމީހުންގެ ދަރިންނަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާބައެކެވެ. ބަލާ ބަލިމަޑުކަމުން މިންޖުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދަރިން ބޮޑެތި ކުރުމަކީ ކޮންމެ މަޔަކާއި ބަފަޔަކުގެ އެންމެ ފޮނި އުއްމީދެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox