އެމްއެޗްއޭ ވެރިޔާ ހުސައިން އަބްދުﷲގެ ހިއްސާ ބަދަލުކުރީ ގޯސްކޮށް: ހައިކޯޓު

ހައި ކޯޓު: އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ ހިއްސާތައް ބަދަލުކުރީ ގޯސްކޮށް ކަމަށް ނިންމައިފި

ހައި ކޯޓު: އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ގެ ހިއްސާތައް ބަދަލުކުރީ ގޯސްކޮށް ކަމަށް ނިންމައިފި

އެމްއެޗްއޭގެ އެންމެ ގިނަ ހިއްސާ އޮންނަ އަދި އެ ކުންފުނީގެ ވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވުމުން އޭނާގެ ނަމުގައިވާ ހިއްސާތައް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން ނިންމާފައިވާ ނިންމުން ގޯސްކަމަށް ހައި ކޯޓުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ސަފްވާން އަހުމަދާއި އަހުމަދު އަބުދުﷲ އާދަމެވެ. އަހުމަދު އަބްދުﷲ އާދަމަކީ ހުސައިން އަބްދުﷲ ގެ ވާރިސެކެވެ. މި ދެ ހިއްސާދާރުން ހުށަހެޅި މައްސަލާގައި ސިވިލް ކޯޓުން ވެސް ހުކުމްކުރީ އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސްގެ ނިންމުން ބާތިލް ކުރުމަށެވެ.

އިކޮޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް އިން އެ ގޮތަށް ނިންމީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ހުރި ހަމައެކަނި މެންބަރު އަދި ހުސައިން އަބްދުﷲ އަށް ފަހު އެ ކުންފުނީގެ އެންމެ ގިނަ ހިއްސާ އޮންނަ އުސްމާން އަބްދުﷲ އެވެ.

ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރީ އެ ކުންފުނީގެ އެހެން ހިއްސާދާރެއް ކަމަށްވާ މުހައްމަދު ހަސަން އެވެ. އިސްތިއުނާފް ކުރި މައްސަލަ ބިނާކޮށްފައިވާ ނުކުތާއަކީ ސިވިލް ކޯޓުން ގޮތެއް ނިންމީ ކުންފުނީގެ ހިއްސާދާރުންގެ ބަހެއް ހޯދުމަކާ ނުލާ ކަމުގަ އެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ނިންމުމެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައަކަށް ވާތީ އެ މިނިސްޓްރީން ވަނީ މައްސަލައިގެ ތެރެއަށް ވަދެފަ އެވެ. އަދި މިނިސްޓްރީން ވަނީ ޝަރީއަތުގައި އެ ފަރާތުގެ ނިންމުން ދިފާއުކޮށްފަ އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައި ވަނީ ކުންފުނީގެ ހިއްސާދާރެއް މަރުވެއްޖެނަމަ އެ ހިއްސާއާ މެދު ކަން ކުރާނެ ގޮތް ނިންމާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއަކު ކަމަށް ބަޔާން ކޮށްފައި އޮތަސް، އެ ޖަލްސާއަކަށް އަބަދުވެސް މަދުވެގެން ދެ ޑިރެކްޓަރުން ހާޒިރުވާން ވެސް ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެވެ.

އަދި ދަށު ކޯޓަށް މައްސަލަ ހުށަހެޅިފައިވަނީ ހިއްސާދާރުންގެ މައްޗަށް ދައުވާ ރައްދުނުވާ ގޮތަށް ކަމުން އެ ހާލަތުގައި ހިއްސާދާރުންގެ ބަހެއް ކޮންމެހެން ހޯދަން ނުޖެހޭ ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އެހެންވެ ކޯޓުުގެ ނިންމުމަކީ މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކުރާ ގޮތަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނުދީ ނިންމާފައިވާ މައްސަލައެއް ކަމުގައި ކަނޑައެޅެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރަށް، ބޯޑުގެ ނިންމުމެއް އޮތް ކަމާއި ބޯޑުގެ ޖަލްސާއެއް ބާއްވަން ހުރަސް އެޅި ކުންފުނި ހުއްޓުމަކަށް އައުމަކީ ވެސް އިސްތިއުނާފް ކުރި އިތުރު ނުކުތާއެކެވެ. އެ ނުކުތާގައި ހައި ކޯޓުން ނިންމާފައި ވަނީ ރަޖިސްޓްރީ އޮފް ކޮމްޕެނީސް މެދުވެރިކޮށް އާ ޑިރެކްޓަރުންނާއެކު ޖަލްސާއެއް ބޭއްވުމަށް ފަހު ގޮތެއް ނިންމޭނެ ކަމުގަ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއުއާއި، ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ހުކުމް އިއްވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލައިގެ ފަސްފަހަތް

އެމްއެޗްއޭގެ ވެރިޔާ އަދި ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ހުސައިން އަބްދުﷲ ވަނީ މިދިޔަ އަހަރުގެ މެއި މަހު އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވީ ކޮވިޑް-19 ގެ އާލާސްކަންފުޅާ އުޅުއްވަނިކޮށެވެ.

އެމްއެޗްއޭގައި ޖުމުލަ 1000 ހިއްސާ އޮވެ އެވެ. އޭގެ ތެރެއިން ހުސައިން އަބްދުﷲއަށް 880 ހިއްސާ އޮވެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ވެސް ހުންނެވި ހުސައިން އަބްދުﷲ ގެ އެ ހިއްސާތައް އެހެން ހިއްސާދާރުންގެ މެދުގައި ހަމަހަމައަށް ބެހުމަށް ފަހު ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގައި އެމްއެޗްއޭގެ އެ ހިއްސާތައް އެ ގޮތަށް ބަދަލުކޮށްދިނީ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންގެ ބޯޑުގައި އިންނެވި އުސްމާން އަބްދުﷲ އެ ގޮތަށް އެދި ހުށަހެޅުމުންނެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބަވަނީ ވެސް އުސްމާން އަބްދުﷲ އާއި ހުސައިން އަބްދުﷲ އެކަންޏެވެ. އިކޮނޮމިކް މިނިސްޓްރީއަށް ހިއްސާ ބަދަލުކުރަން އޭނާ ހުށަހެޅުއްވީ ވެސް މިހާރު ކުންފުނީގެ ހުރި ހަމައެކަނި ބޯޑު މެންބަރުގެ ހައިސިއްޔަތުންނެވެ.

ހުސައިން އަބްދުﷲ އަށް ފަހު ކުންފުނީގެ އެންމެ ގިނަ ހިއްސާއެއް އޮންނަނީ ވެސް އުސްމާން އަބްދުﷲ އަށެވެ. އޭނާއަށް ކުންފުނީގެ 50 ހިއްސާ އޮވެ އެވެ.

ދެން ހިއްސާދާރުންގެ ގޮތުގައި ތިބީ ހަތް މީހެކެވެ. އެއީ އަހުމަދު ނާޝިދާއި، މ.އަރީޖު މުހައްމަދު ނިޒާމާއި، ހަސަން ވަހީދާއި، އަލީ ރިޒާ އާއި މުހައްމަދު ހަސަންއާއި، ހ.ލައިލަކުވިލާ އިސްމާއިލް އަބުދުއްރަހުމާނާއި، ހ.ފެންނާގެ ސަފްވާން އަހުމަދެވެ. އެއިން ކޮންމެ މީހަކަށް އޮންނަނީ 10 ހިއްސާ އެވެ.

ހިއްސާގެ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގައި ވެސް ބުނެފައިވަނީ ކުންފުނިތަކުގެ ގާނޫނާ ހިލާފަށް އެ ގޮތަށް ނިންމި ކަމުގަ އެވެ. އަދި ހުސައިން އަބްދުﷲ ގެ ވާރިސުން ދުނިޔޭގައި ހުރިއިރު ވާރިސުންގެ ހައްގު ވެސް ވާރިސުންނަށް ހޯދަން ފުރުސަތު ދެވިފައި ނެތް ކަމަށް އޭގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox