ޔޫރަޕްގެ ތަމްރީންތަކުން ގައުމީ ޓީޓީ ޓީމު ކުރިއެރުން ހޯދަނީ

މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ ތެރެއިން މިޝްކާ ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގެ ތެރެއިން މިޝްކާ ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބައިނަލްއަގްވާމީ މުބާރާތެއްގެ ކުރިން ވަރުގަދަ ތަމްރީންތަކެއް ހަދަން ލިބުމަކީ، އެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދަން ބަލާއިރު މުހިންމު ކަމެކެވެ. މިހާތަނަށް ރާއްޖެ އަށް ބައިނަލްއަގްވާމީ މައިދާނުގައި ލިބުނު ބޮޑެތި ގިނަ ކާމިޔާބީތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ގައުމުން ބޭރުގައި ހެދި ރަނގަޅު ތަމްރީންތަކެވެ. މިސާލު ނަގާނަމަ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ފެށިގެންގޮސް، 2015 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ރަން މެޑައްޔާއި އޭގެ ފަހުން، 2019 ގެ އައިއޯއައިޖީގައި އެކި ކުޅިވަރުތަކުން ހޯދި ރަން މެޑަލްތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ މުބާރާތުގެ ކުރިން ޓީމުތަކުން ގައުމުން ބޭރުގައި ހެދި ރަނގަޅު ތަމްރީންތަކެވެ. ރަނގަޅު ވަސީލަަތްތަކުގައި ކުރަން ލިބުނު ތަމްރީންތަކުގެ ބޭނުން ރަނގަޅަށް ހިފި އެވެ.

ގައުމީ ޓީމްތަކުން ހޯދަމުން އަންނަ ކާމިޔާބީތަކަށް ބަލާއިރު މިވަގުތު އެންމެ ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވަނީ ޓޭބަލް ޓެނިހެވެ. ޓޭބަލް ޓެނިހުގެ ޒުވާން ތަރިން ވާދަކުރާ ކޮންމެ މުބާރާތަކުން ވެސް އާކޮށްދެނީ އުއްމީދެވެ. ހޯދައިދެނީ އިތުރު ޔަގީންކަމެކެވެ. ކޮންމެ މީހެއްގެ ހިތަށް ގެނެސްދެނީ ހިތްހަމެޖެހުމާއި އިތުބާރެވެ. ކުރިއަށް ހުރި މުބާރާތްތަކުން ރަނގަޅު ވަނަ އެއް ހޯދޭނެކަމުގެ ހުވަފެންތަކެކެވެ.

ޓޭބަލް ޓެނިސް ޓީމަށް ބުރަ އަހަރެއް!

މި އަހަރަކީ ގައުމީ ޓޭބަލް ޓެނިސް ޓީމަށް ބުރަ އަހަރަކަށް ވާނެ އެވެ. އެއީ މި އަހަރު ރާއްޖެ އިން ވާދަކުރާން ހަމަޖެހިފައި އޮތް ހުރިހާ ގޭމްސް އެއްގައި ވާދަކުރާ މަދު ކުޅިވަރުތަކުގެ ތެރޭގައި އެ ކުޅިވަރު ހިމެނޭތީ އެވެ. އަނެއްކޮޅުން، ސަރަހައްދީ ލެވެލްގެ ބޮޑު މުބާރާތެއްގައި ވެސް ރާއްޖޭގެ ޒުވާން ޓީމު ވާދަކޮށްފި އެވެ. މީގެ ދޮޅު މަސް ކުރިން މާލޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމު ވާދަކުރި އެވެ.

ކުރިއަށް އޮތީ އިނގިރޭސީވިލާތުގެ ބާމިންހަމްގައި އަންނަ މަހު އޮންނަ ކޮމަންވެލްތް ގޭމްސް އެވެ. މި މުބާރާތް ނިމޭ ގޮތަށް ތުރުކީގެ ކޮންޔާގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ޓީޓީ ޓީމް ވާދަކުރާނެ އެވެ. ކުރިން ރޭވިފައި އޮތީ މި އަހަރު އޭޝިއަން ގޭމްސް އާއި އޭޝިއަން ޔޫތް ގޭމްސް ޗައިނާގައި ބާއްވާ ގޮތަށެވެ. މި ދެ ގޭމްސްގައި ވެސް ޓީޓީ ވާދަކުރާ ގޮތަށް އޮތް ނަމަވެސް މިހާރު އޭޝިއަން ގޭމްސް ވަނީ ފަސްކޮށްފަ އެވެ. އަނެއްކޮޅުން، އޭޝިއަން ޔޫތު ގޭމްސް ވަނީ ކެންސަލްކޮށްފަ އެވެ.

ބޮޑެތި މުބާރާތްތަކަކަށް ފަހު އަންނަ އަހަރަކީ ޓީޓީ ޓީމް މެޑަލްތަކަކަށް އަމާޒުކޮށް މަސައްކަތްކުރާނެ އަހަރެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރު އޮންނާނެ އެވެ.

ޔޫރަޕްގެ ތަމްރީންތަކާ އެކު ކޮމަންވެލްތު ގޭމްސްގެ ކުރިން ޓީޓީ ޓީމަށް ކުރިއެރުން

އަންނަ މަހު 28 އިން އޮގަސްޓް 8 އަށް އޮންނަ ކޮމަންވެލްތް ގޭމްސްގެ ކުރިން ގައުމީ އަންހެން ޓީޓީ ޓީމަށް ވަނީ ކްރޮއޭޝިއާގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބިފަ އެވެ. ޓީޓީ ޓީމަކަށް ފުރަތަމަ ފަހަރަށް ޔޫރަޕްގައި ތަމްރީން ހަދަން ލިބުނު މި ފުރުސަތުގައި ގައުމީ ޒުވާން ޓީމްގެ ތިން މެންބަރުން ބައިވެރިވެ އެވެ. އެއީ އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި މަލާކް ބިންތި މުއިއްޒު އެވެ. މީގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ނިމާލް އޮފިޝަލެއްގެ ގޮތުގައި މި ދަތުރުގައި ބައިވެރިވެ އެވެ.

ކްރޮއޭޝިއާ އަށް ދިޔަ ޓީޓީ ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން: (ކ.ވ) ރަފާ، މިޝްކާ، މަލާކް އަދި ޖުމާނާ

މި ތަމްރީން ދަތުރުގައި ކްރޮއޭޝިއާގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ތަމްރީން ހަދައި އެކުވެރިކަމުގެ މެޗުތަކެއްވެސް އަންނަނީ ކުޅެމުން އެވެ.

ޒުވާން ކުޅުންތެރިންނަށް މި ދަތުރުން އެހެން ފުރުސަތެއްވެސް ފަހިވި އެވެ. މިދިޔަ ހަފްތާގައި ކްރޮއޭޝިއާގައި ކުރިއަށްދިޔަ ވޯލްޑް ޓޭބަލް ޓެނިސް ކޮންޓެންޑާ މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ވެސް ޓީމަށް ވަނީ ލިބިފަ އެވެ. މިއީ ގިނަ ކަންކަން ދަސްވެ ތަފާތު ތަޖުރިބާއެއް ލިބޭނެ ކަމެއްކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީންތަކަކީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް އައި ކުރީގެ ވޯލްޑް ޗެމްޕިއަން، ޒޯރާން ޕްރިމޯރަކް ފަހިކޮށްދިން ފުރުސަތެކެވެ. މީގެ ކުރިން ޒޯރާންގެ އެހީތެރިކަމާ އެކު ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއް ވަނީ މާލޭގައި ގައުމީ ޓީމާ އެކު ތަމްރީންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ޔޫރަޕަށް ޓީޓީ ޓީމު ކުރި ތާރީހީ ތަމްރީން ދަތުރާ އެކުވެސް އަނެއްކާ ވެސް ދިވެހިން މި ތިބީ ޓޭބަލް ޓެނިހަށް އިތުރު ސަމާލުކަމެއް ދީގެންނެވެ. ފަންތީގެ ގޮތުންނާއި ފެންވަރުގެ ގޮތުން ބަލާއިރު ރާއްޖެ އަށް ވުރެ ވަރުގަދަ ޓީމްތަކެއް ކޮމަންވެލްތް ގޭމްސްގައި ވާދަކުރި ކަމުގައިވިޔަސް މިއީ އަންނަ އަހަރަށް ދާއިރު ޓީމަށް ލިބޭނެ މުހިންމު ތަޖުރިބާ އެކެވެ. ހުރިހާ ކުޅިވަރެއް ހިމެނޭ ގޮތަށް ރާއްޖެއިން އެންމެ ބޮޑަށް ތައްޔާރުވާ ދެ ގޭމްސް އަންނަ އަހަރު އޮންނައިރު، އެ ދެ ގޭމްސް އިން މެޑަލްތަކެއް ހޯދަން ޓޭބަލް ޓޭނިހަށް އިތުރު މަގުތައް އަންނަނީ ހުޅުވެމުންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު އައިއޯއައިޖީން ހޯދި ރަން މެޑަލްތަކާއި، ރިހި މެޑަލްތައް އަދި ލޯ މެޑަލް ދިފާއުކޮށް ސާފް ސަރަހައްދުގައި ވެސް ވަރުގަދަ ވާދައެއް ކުރަން ބަލާއިރު ޓީޓީގެ ކުޅުންތެރިންގެ ކުރިމަގުން ގެނެސްދެނީ އުއްމީދާއި އިތުބާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox