ކޮވިޑް ފެތުރޭތީ ދަތުރު ކުރުމުގައި ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

މާލެ ރަސްމީ ޖެޓީ ސަރަހައްދު ކައިރީ ފުރަން މީހުންތަކެއް ޖަމާވެ: ދަތުރުކުރުމުގައި ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ - ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

މާލެ ރަސްމީ ޖެޓީ ސަރަހައްދު ކައިރީ ފުރަން މީހުންތަކެއް ޖަމާވެ: ދަތުރުކުރުމުގައި ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ - ފޮޓޯ: ހުސައިން ޝަޔާހް/އަދަދު

ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ މި ދުވަސްވަރުގައި ދަތުރުފަތުރުތައް އިތުރުވާނެ ކަމަށް ވެސް ބެލެވޭތީ އެ ކަމުގައި ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ އެވެ.

މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ވަރަށް ގިނަ މީހުން އެތެރޭގެ އަދި ރާއްޖޭން ބޭރުގެ ދަތުރުތަކާއި އެއްވުންތަކާއި ހަފުލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށް ވާތީ، ކޮވިޑްއާއި އަރިދަފުސް ރޯގާއާއި އެ ނޫން ވެސް ފެތުރޭ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރަން ޖެހޭ ދުވަސްވަރެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިގޮތުން ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އޭގެ ތެރޭގައި އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓްތައް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރުކުރާ އުޅަނދުތަކުގައި ވެސް މާސްކް އަޅަން އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަކަށް ކޮވިޑްއަށް ޓެސްޓް ކުރުމަށާއި އަމިއްލައަށް އެކަހެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. މީގެ އިތުރަށް ދަތުރުފަތުރު ކުރުމާއި އެއްވުންތައް ބޭއްވުމުގައި ވެސް ގިނަ ކަންކަމަށް ސަމާލުވާން އެޗްޕީއޭއިން އެދިފައިވެ އެވެ.

ދަތުރު ކުރުމުގައި ސަމާލުވާންވީ ކަންކަން

  • ދަތުރުކުރާ ގައުމު ނުވަތަ ރަށުގެ ހާލަތު ދެނެގަނެ ހާލަތު ގޯސްނަމަ ދަތުރު ލަސްކޮށްލުން
  • ދަތުރު ކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަކުރުން
  • ދަތުރުކުރާ ގައުމެއްގެ ކޮވިޑް-19 ޓެސްޓް އަދި ވެކްސިން އުސޫލުތައް ބަލައި ތައްޔާރުވުން
  • ދަތުރު ކުރުމުގެ ކުރިން ވެކްސިން ކާޑު އަލުން ހަދަން ޖެހޭނަމަ ކުރިއާލާ އެ ކަމަކަށް އެދުން
  • ބަލީގެ އަލާމާތެއް ހުރިނަމަ ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުން
  • ރާއްޖޭން ބޭރަށް ދަތުރު ކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން އެދެވިގެންވޭ

އެއްވުންތައް ބޭއްވުމުގައި ސަމާލުވާންވީ ކަންކަން

  • ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކޮށްލުން
  • ކޮންމެހެން ބާއްވަން ޖެހޭ ހަފުލާއެއް ވެސް ވީހާ މަދު މީހުން ބާއްވާ ގޮތަށް ހަމަޖެއްސުން
  • ހަފުލާތައް އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން އެދެވިގެންވޭ
  • ޚިތާނީތައް ވެސް އެޗްޕީއޭގެ ގައިޑްލައިންއާ އެއް ގޮތަށް ރައްކާތެރި ފިޔަވަޅުތަކާއެކު ބޭއްވުން

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox