ކޯޗިންގެ ހުށަހެޅުންތަކެއް ލިބުނަސް ފަބްރެގަސް ބޭނުމީ ކުޅުން ކުރިއަށްގެންދަން

Jun 21, 2022, 3:01 AM
ސްޕެއިނުގެ މިޑްފީލްޑަރު ފަބްރެގަސް: އޭނާ ވަނީ އާސެނަލާއި ޗެލްސީ އަދި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާފައި.

ސްޕެއިނުގެ މިޑްފީލްޑަރު ފަބްރެގަސް: އޭނާ ވަނީ އާސެނަލާއި ޗެލްސީ އަދި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކާފައި.

މޮނާކޯ (ޖޫން 21) - މި މަހުގެ ނިޔަލަށް މޮނާކޯއާ އެކު ކޮންޓްރެކްޓްގައި ހުރި ސްޕެއިނުގެ މިޑްފީލްޑަރު، ސެސްކް ފަބްރެގަސް އަށް ކޯޗިންގެ ހުށަހެޅުންތައް ލިބުނު ކަމުގައި ވިޔަސް ވިސްނުމަކީ އަދިވެސް ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދިއުން ކަމަށް ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ފަބްރެގަސް، ފްރާންސްގެ މޮނާކޯއާ އެކު ކޮންޓްރެކްޓް ހަަމަވި ނަމަވެސް އެ ޓީމުން އޭނާ އަށް އާ އެއްބަސްވުމެއް ދޭން ބޭނުމެއް ނުވެ އެވެ. ފަބްރެގަސް ބުނީ ރަނގަޅު ހުށަހެޅުމެއްގެ އިންތިޒާރުގައި ހުރީ ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އަހަންނަށް ތިން ހަތަރު ފޯން ކޯލު އައިސްފި ކޯޗިން ހުށަހެޅުންތަކަކާ އެކު. އަހަންނަށް ގުޅަނީ ކުރިން އަހަންނަށް އިރުޝާދުދިން ކޯޗުން. އެ މީހުން ބޭނުންވަނީ އަހަރެން އެ މީހުންގެ ކޯޗިން ޓީމާ ގުޅެން،" 21 ވަނަ ގަރުނުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ފަބްރެގަސް ބުންޏެވެ.

Advertisement

"މި ސީޒަން މި ނިމުނީ އެހާ ރަނގަޅަކަށް ނޫން. އަހަރެންގެ ކެރިއަރު ވަރަށް ރަނގަޅަށް ގޮސްފައި. މި ކަހަލަ ގޯސްކޮށް ދިޔަ ސީޒަނަކަށް ފަހު ކުޅުން ހުއްޓާލަން ބޭނުމެއް ނޫން. އާ ޗެލެންޖެއްގެ އިންތިޒާރުގައި މި ހުރީ، ރަނގަޅު އޮފާތައް އަންނާނެ،"

ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިން ޕީއެސްޖީ (ކ)ގެ ނޭމާ އަތުން ބޯޅަ ހޯދަން މޮނާކޯގެ ފަބްރެގަސް މަސައްކަތް ކުރަނީ.

ބާސެލޯނާގެ ޔޫތު ޓީމުގައި ހުއްޓައި، ފަބްރެގަސް ޒުވާން އުމުރުގައި 2003 ވަނަ އަހަރު އާސެނަލަށް ގެނައީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި އާސެން ވެންގާ އެވެ. ވެންގާގެ ބެލުމުގެ ދަށުން ޑިވެލޮޕްވެ، ތަފާތު މޮޅަށް ކުޅުނު ފަބްރެގަސް ވަނީ އާސެނަލް ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފަ އެވެ.

އާސެނަލް ދޫކޮށް ފަބްރެގަސް 2011 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ 35 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އެކަމަކު، ތިން ސީޒަނަށް ފަހު ފަބްރެގަސް އަށް ޖެހުނީ ބާސެލޯނާ ދޫކޮށްލާށެވެ. އޭނާ އަލުން 2014 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ 40 މިލިއަން ޑޮލަރުގެ އަގަކަށެވެ. އެ ފަހަރު ޗެލްސީން ފަބްރެގަސް ގަތީ، އާސެނަލް އަލުން ފަބްރެގަސް ގަންނަން ބޭނުމެއް ނުވުމުންނެވެ.

ޗެލްސީ އަށް 2018 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ފަބްރެގަސް ދެން ބަދަލުވީ އެންމެ ފަހުން ކުޅުނު މޮނާކޯ އަށެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޮނާކޯ އިން ފަބްރެގަސްގެ ސޮއި ހޯދީ ފުރަތަމަ ލޯން ޑީލެއްގަ އެވެ. އެކަމަކު، މޮނާކޯ އިން ފަހުން އެ އެއްބަސްވުން ދާއިމީ ކުރީ މި މަހުގެ ނިޔަލަށެވެ.

އާސެނަލާ އެކު ފަބްރެގަސް ވަނީ އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. ބާސެލޯނާއާ އެކު ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް)، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އެވެ. ޗެލްސީއާ އެކު ޕްރިމިއާ ލީގު ދެ ފަހަރާއި އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ހޯދި އެވެ.

ފަބްރެގަސް އަކީ ސްޕެއިނުން 2008 ގެ ޔޫރޯ އާއި 2010 ގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ރަން ޖީލަށް ނިސްބަތްވާ ޓީމުގެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox