ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލި ފަސް މަހުން 374 މިލިއަން

ރާޅާއަޅާ މީހުންގެ މެދުގައި މަގުބޫލު ތުލުސްދޫގައި ޓޫރިސްޓުންތަކެއް: ޑޮލަރު އާމްދަނީ 98 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމާއި ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ރާޅާއަޅާ މީހުންގެ މެދުގައި މަގުބޫލު ތުލުސްދޫގައި ޓޫރިސްޓުންތަކެއް: ޑޮލަރު އާމްދަނީ 98 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމާއި ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޓޫރިޒަމު ސިނާއަތަށް ލިބެމުންދާ ކުރިއެރުމާ އެކީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމުކޮށްފައިވާ ބޭރު ފައިސާ އާމްދަނީގެ ރެވެނިޔު ސީރީސްގައި ހުރި އަދަދުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 374 މިލިއަން އެމެރިކާ ޑޮލަރު (5.7 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ.

މިއީ މީގެ ކުރީ އަހަރުތަކުގެ ހަމަ މި މުއްދަތުގެ ތެރޭގައި އެންމެ އާމްދަނީ ބޮޑު 2019 ގައި 293.1 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ)އަށް ވުރެ 27 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާނަމަ 48 ޕަސެންޓުގެ ކުރިއެރުމެކެވެ.

މެއި މަހުގެ ނިޔަލަށް ލިބުނު ޑޮލަރު އާމްދަނީ

  • 2022 - 374.2 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)
  • 2021 - 251.9 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
  • 2020 - 200.9 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ)
  • 2019 - 293.1 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ)
  • 2018 - 285.5 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ)
  • 2017 - 251.9 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ)
  • 2016 - 261.1 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ)
  • 2015 - 238.9 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ)

ދައުލަތުގެ ޑޮލަރު އާމްދަނީ އިތުރުވުމުގެ ފަހަތުގައި ވަނީ ހިފެހެއްޓުމެއްނެތި ކުރިއަރަމުން، ރެކޯޑުތައް މުގުރަމުން އަންނަ ޓޫރިޒަމް ސިނާއަތެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި އުފުލެމުންދާ ތެލާއި ތަކެތީގެ އަގުތަކާ ހުރެ ދުނިޔެ އާއި ރާއްޖޭގެ އިގުތިސޯދަށް ހިޔަނި އެޅިފައިވީ ނަމަވެސް ޓޫރިޒަމް ސިނާއަތުގެ މިހާރާއި މުސްތަގުބަލު ވެސް ދައްކަނީ ގަދަކޮށެވެ.

މިހާތަަނަށް ލިބުނު އާމްދަނީގެ ތަފުސީލުތަކަށް ބަލާއިރު ޖުމްލަ ޑޮލަރު އާމްދަނީގެ 90 ޕަސެންޓާ ގާތްކުރާ އަދަދެއް ހިއްސާކުރަނީ ސީދާ ޓޫރިޒަމުން ލިބޭ ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ) އަދި ގްރީން ޓެކުހުގެ އިތުރުން ކުލި މުއްދަތު އިތުރުކުރަން ނަގާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލިންނެވެ.

މީގެ ތެރެއަށް ޓޫރިސްޓުން އަންނަ އަދަދާ ގުޅިފައިވާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ކުރިން ނެގި އެއާޕޯޓު ސާވިސް ޗާޖުގެ ބަދަލުގައި މި އަހަރުން ފެށިގެން ނަގަމުން އަންނަ ޑިޕާޗާ ޓެކްސް އެއްކޮށްލުމުން ޑޮލަރު އާމްދަނީގެ 98 ޕަސެންޓާ ގާތްކުރާ އަދަދެއް ލިބުނީ ޓޫރިޒަމާއި، ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުންނެވެ.

ޓޫރިޒަމާއި، ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން ލިބުނު އާމްދަނީ

  • ޓީޖީއެސްޓީ - 234.3 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ)
  • ޓޫރިޒަމް ބިމު ކުލި - 47.5 މިލިއަން ޑޮލަރު (733.2 މިލިއަން ރުފިޔާ)
  • ގްރީން ޓެކްސް - 31 މިލިއަން ޑޮލަރު (478.9 މިލިއަން ރުފިޔާ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 21.2 މިލިއަން ޑޮލަރު (328.2 މިލިއަން ރުފިޔާ)
  • ޑިޕާޗާ ޓެކްސް - 21.1 މިލިއަން ޑޮލަރު (326 މިލިއަން ރުފިޔާ)
  • ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 15 މިލިއަން ޑޮލަރު (231.2 މިލިއަން ރުފިޔާ)

ޑޮލަރު އާމްދަނީ ރެކޯޑު އަދަދަކަށް އުފުލިފައި މިވަނީ ދުނިޔޭގެ އިގުތިސޯދަށް އައިސްފައިވާ ތާށިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ދުވެލި މަޑުޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރު ފައިސާގެ ތާށިކަމެއް އައިސް ދަރަނި ނުދެއްކިދާނެ ފަދަ ހާލަތައް މެދުވެރިވުމެވެ.

މި ކަންބޮޑުވުންތަކަށް ރައްދު ދެމުން ސަރުކާރުން ބުނަނީ އިގުތިސޯދީ މިސްރާބު ހުރި ގޮތުން އެ ހާލަތު މެދުވެރި ނުވާނެ ކަމަށެވެ. މިކަމަށް އެންމެ ބޮޑަށް ބާރު ދޭން ބޭނުންކުރަމުން ދަނީ ޓޫރިސްޓު ނަމްބަރުތަކެވެ.

އެގޮތުން، ދާދި ފަހުން ރައްޔިތުންގެ މަޖިލިގުގެ އިގުތިސޯދީ ކޮމިޓީގައި ދަރަނީގެ ކަންބޮޑުވުންތަކާ ގުޅިގެން މާލީ ވަޒީރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ދެ ބޭފުޅުން ވެސް ޓޫރިޒަމް ސިނާއަތަށް އިޝާރާތްކުރައްވާ ވިދާޅުވީ މި ދުވެލީގައި ޓޫރިޒަމް ކުރިޔަށްދާ ކަމުގައިވަނީ ނަމަ އުނދަގޫތަކެއް ހުރި ނަމަވެސް ގައުމު އިނދަޖެހުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox