އެމްބާޕޭގެ ވިސްނުން ބަދަލުވީ 15 ދުވަހުން: ޕެރޭޒް

Jun 16, 2022, 8:38 AM
އެމްބާޕޭގެ ވިސްނުން ބަދަލުވީ 15 ދުވަހުން: ޕެރޭޒް

މެޑްރިޑް (ޖޫން 16) - ރެއާލް މެޑްރިޑަށް ކުޅެން ނިންމައިގެން ހުރި ކީލިއަން އެމްބާޕޭގެ ވިސްނުން ބަދަލުވެ، އޭނާ ޕީއެސްޖީގައި މަޑުކުރަން ނިންމީ އެ ކްލަބާ އެކު ބޭއްވި 15 ދުވަހުގެ ބައްދަލުވުންތަކެއްގެ ތެރޭގައި ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލުން މިދިޔަ ސީޒަން ފެށުމުގެ ކުރިން ވެސް އެމްބާޕޭ ހޯދަން މަސައްކަތް ކުރި އެވެ. އޭރު ވެސް ޕީއެސްޖީން މަސައްކަތް ކުރަމުން އައީ އެމްބާޕޭ މަޑުކުރުވާށެވެ. ވަރަށް ފަހަކާ ޖެހެންދެން އެމްބާޕޭ، ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެންމެ ފަހު ވަގުތު ޕީއެސްޖީން ބޮޑެތި ބާރުތަކަކާ އެކު ބޮޑު މުސާރަ ދޭން ހުށަހެޅި އެއްބަސްވުމެއްގައި ސޮއިކުރަން އެމްބާޕޭ ނިންމީ އެވެ.

ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ އެމްބާޕޭ ހޯދަން މިދިޔަ އަހަރު އޮގަސްޓް މަހު ކުރި މަސައްކަތް ނާކާމިޔާބުވީ ޕީއެސްޖީން އެ ގޮތަށް ބޭނުންވުމުން ކަމަށެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެމްބާޕޭ ހުރީ ހިލޭ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވާން ކަމަށާއި ކަންކަން ބަދަލުވީ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ކަމަށް ޕެރޭޒް ފާހަގަކުރެއްވި އެވެ.

"އެމްބާޕޭގެ ހުވަފެނެއް ރެއާލަށް ކުޅުމަކީ، އެކަން ކޮށްދޭން މިދިޔަ އަހަރުގެ އޮގަސްޓްގައި ވެސް އަހަރެމެން އުޅުނިން. އެކަމަކު، ޕީއެސްޖީން އެއްބަހެއް ނުވި. މި ފަހަރު ވެސް އެމްބާޕޭ ތަކުރާރުކޮށް ބުނަމުން އައީ ކުޅެން ބޭނުންވަނީ ރެއާލަށް ކަމަށް. އެހެން ގޮސް ކުއްލިއަކަށް މި ހުރިހާ ކަމެއް ބަދަލު މިވީ 15 ދުވަސް ތެރޭ ވިސްނުމަށް މި އައި ބަދަލުތަކަކުން،" ޕެރޭޒް ބުންޏެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ، 23، ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ، އަށް ޕީއެސްޖީން އާ ކޮންޓްރެކްޓާ އެކު ބޮޑު ބޯނަހެއް ދޭން ވަނީ ނިންމައިފަ އެވެ. އެ ބޯނަހުގެ އަގަކީ ރިޕޯޓްތައް ބުނާގޮތުން 195 މިލިއަން ޑޮލަރެވެ. މީގެ އިތުރުން އެމްބާޕޭގެ އިމޭޖް ރައިޓްސްގެ 100 ޕަސެންޓް ކޮންޓްރޯލް އޮންނާނީ އަމިއްލަ އަތުގަ އެވެ. މާނަ އަކީ އެމްބާޕޭ އަށް ކްލަބްގެ ހުއްދަ ނެތި ބޭނުން އިސްތިހާރުތަކެއްގައި ބައިވެރިވެ، އޭނާގެ ބްރޭންޑް ވަރުގަދަ ކުރަން ވިޔަފާރިކުރެވޭނެ އެވެ. އަދި ޕީއެސްޖީން ކޯޗަކު ހަމަޖެއްސުމާއި ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަތުމުގައި އެމްބާޕޭގެ މަޝްވަރާ ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ކްލަބަކުން ކުޅުންތެރިއަކަށް މި ފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހެދި ފުރަތަމަ ކޮންޓްރެކްޓެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރީ ފައިސާ އަށް ވުރެ އެ ކްލަބްގެ "ސްޕޯޓިން ޕްރޮޖެކްޓް" އަށް ޝައުގުވެރިވާތީ އެވެ. އެކަަމަކު، ޕެރޭޒް ވިދާޅުވީ އެއީ މުޅި އެއްކޮށް ހަގީގަތެއް ނޫން ކަމަށެވެ.

"މިހާރު އެމްބާޕޭގެ އުޅުން އެހުރީ، އަހަރެމެން އޭނާ ބޭނުންވިއިރު ހުރި ގޮތަކަށް ނޫން. އޭނަ އަށް ވަރަށް ބޮޑެތި އެހެން އޮފާތަކެއް ހުރީމަ އެ ކްލަބްގައި އެ މަޑުކުރީ. އަހަރެމެންގެ ކްލަބް، ރެއާލްގައި އެއްވެސް މީހަކު ބޮޑެއް ނުވާނެ ކްލަބަށް ވުރެ،" ޕެރޭޒް ވިދާޅުވި އެވެ.

ތިން އަހަރު ފަހުން ޕީއެސްޖީއާ އެކު އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވާއިރު، އެހާތަަނަށް ރެއާލުން އެމްބާޕޭ ގެންނަން މަސައްކަތް ކުރާނެތޯ އެހުމުން ޕެރޭޒް ވިދާޅުވީ މިހާރު އެމްބާޕޭގެ ކަންކަން ހުރީ ކަންބޮޑުވާ ހާލަތެއްގައި ކަމަށާއި އެކަމަކު ކަންކަން ބަދަލުވެގެންދާނެ ގޮތެއް ނޭނގޭ ކަމަށެވެ.

އެމްބާޕޭގެ ނުފޫޒާ ހެދި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ކަމުން ލިއޮނާޑޯ ވަކިވެފައިވާއިރު، ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް އެ ޓީމު ދޫކޮށްލާނެކަން ވަނީ ކަށަވަރުވެފަ އެވެ. ދާދި ފަހުން ރެއާލުން ސޮއިކުރި ޒުވާން މިޑްފީލްޑަރު އައުރެލިން ޗުއަމެނީގެ ސޮއި ހޯދަން އެމްބާޕޭ އެދިގެން ޕީއެސްޖީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.

އެމްބާޕޭ، ޕީއެސްޖީގައި މަޑުކުރީ އަހަރަކު 52 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭގޮތަށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ލަފާ ހޯދައި، ޕީއެސްޖީގައި މަޑުކުރި އެމްބާޕޭ ވަނީ އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކޮށް، ބްރޭންޑެއްގެ ދަށުން ވިޔަފާރި ފަށައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox