70،000 މީހުންގެ އާބާދީއަކަށް ބޭނުންވާނެ ހުރިހާ ހިދުމަތަކާ އެކު ފޭސް ދޭއް ތަރައްގީ ކުރެވޭނެ: ރައީސް

70،000 މީހުންގެ އާބާދީއަކަށް ބޭނުންވާނެ ހުރިހާ ހިދުމަތަކާ އެކު ފޭސް ދޭއް ތަރައްގީ ކުރެވޭނެ: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ޖުމްލަ 70،000 މީހުންގެ އާބާދީއެއް ގާއިމްވާނެ ކަމަށް ލަފާ ކުރެވޭ އިރު، އެ ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ ހިދުމަތަކާ އެކު އެތަން ތަރައްގީ ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ބަހުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭއްގައި ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތައް ލިބުނު އެންމެން އެ ސަރަހައްދަށް ބަދަލުވުމުން އެ ތަނުގައި ގާތްގަނޑަކަށް 40،000 މީހުން އާބާދުވާނެ ކަމަށެވެ. އަދި މި ސަރުކާރުން ފޭސް ދޭއްގައި އަޅާ 6،000 ފްލެޓްއާއި 1،000 ގޯތި ދޫކުރުމުން 70،000 އާ ގާތްކުރާ އާބާދީއެއް އެތަނުގައި އޮންނާނެ ކަމަށެވެ. އެ އެންމެންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބޭ ގޮތަށް ފޭސް ދޭއް ތަރައްގީކުރަންޖެހޭ ކަމަށާއި އެ ތަރައްގީ ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދަތުރުފަތުރު މިއަށް ވުރެ ވެސް ހަރުދަނާ ކުރަން ޖެހޭނެ، ސިއްހީ ހިދުމަތް މިއަށް ވުރެ ވެސް ފަސޭހައިން ލިބޭނެ ގޮތް ވާން ޖެހޭނެ، ސްކޫލްތައް ގިނަ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި އަދި ދިރިއުޅެން ފަށާފައިވަނީ ކުރީގެ ސަރުކާރުން އެ ބިމުގައި އިމާރާތްކުރި "ހިޔާ މަޝްރޫއުގެ ފްލެޓް" ތަކުގައި ދިރިއުޅެން ފެށި ބަޔެކެވެ. އެ މީހުން އެތަނަށް ބަދަލުވި އިރު ގިނަ ހިދުމަތްތައް ގާއިމުވެފައި ނެތުމުގެ ޝަކުވާ އަބަދުވެސް ލިބެމުން އަންނަކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އެންމެ ބޮޑު ތަކުލީފަކީ ދުއްވާ އުޅަނދުފަހަރުތައް ޕާކް ކުރާނެ ޖާގައެއް ނެތުން... އެތައް ހާސް ބަޔަކު އާބާދުވާއިރު އެ މައްސަލައަށް ހައްލެއް ގެންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ފޭސް ދޭއްގެ ބީޗު ސަރަހައްދު ވެސް އާންމުންނަށް ހިތްފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ގޮތަކަށް ތަރައްގީ ކުރުމުގެ ޕްލޭނެއް ސަރުކާރުގެ އެބައޮތްކަމަށް ރައީސް ވިދާޅުވި އެވެ. އެ ޕްލޭންގެ އަމަލީ މަސައްކަތް ފަށަން އެޗްޑީސީ މިހާރު އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ސްވިމިން ޓްރެކަކާއި، ހަޓްތަކަކާއި، ޕަބްލިކް ޓޮއިލެޓާއި، އާއިލާއާ އެކީގައި ގޮސް ބީޗުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ހަދަން ދަނީ މަސައްކަތް ކުރަމުން،" ރައީސް ތަފްސީލުކޮށްދެއްވި އެވެ.

"މިއީ ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި އަންނަން ތިބި ރައްޔިތުންނަށް ވެސް ލިބިދޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ގޮތުގައި އަޅުގަނޑު ދެކެނީ."

ހުޅުމާލެ ފޭސް ދޭއްގައި ހިދުމަތްތައް ގާއިމް ކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

އެ ގޮތުން ހަތަރު ސްކޫލަކާއި ދެ ޕްރީ ސްކޫލެއް އަޅަން ސަރުކާރުން ވަނީ ނިންމާފައިވާއިރު، ތިން ސްކޫލްގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ. ސަލާހުއްދީން ސްކޫލްގެ މަސައްކަތް ޖެނުއަރީ 2023 އަށް އަދި ދެ ޕްރީސްކޫލްގެ މަސައްކަތް އޮގަސްޓް 2023 އަށް ނިމެނޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން އަޅާފައިވާ ވަގުތީ ދެ މިސްކިތަކާއި އަމިއްލަ ފަރާތަކުން އެޅި ދެ މިސްކިތް ބޭނުން ކުރެވެމުން ދާއިރު، 3000 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އަމިއްލަ ފަރާތަކުން ވެސް ދަނީ އިތުރު މިސްކިތެއް އަޅަމުންނެވެ.

ސިއްހީ ހިދުމަތް ދިނުމަށްޓަކައި ތިން ކްލިނިކަކާއި ތިން ފާމަސީއެއްގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އިތުރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަަސައްކަތް އެޗްޑީސީން ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox