އަސްލަމްގެ ޖަވާބުތައް ނަޝީދަށް މިއަދު ކަމަކު ނުދިޔަ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ ޖަވާބު ދެއްވި ގޮތާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ވެވަޑައިގެންނެވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ ޖަވާބު ދެއްވި ގޮތާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ވެވަޑައިގެންނެވި. ފޮޓޯ: މަޖިލީހުގެ އިދާރާ

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ވަޑައިގަންނަވާ އެއް ވަޒީރަކީ ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެގޮތަށް މަޖިލީހަށް ވަޑައިގަންނަވާ އިރު މީގެ ކުރިން އާންމު ގޮތެއްގައި އޭނާއަކީ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދުގެ ތައުރީފު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ނަމަވެސް މިއަދު އަސްލަމް ދެއްވި ބައެއް ޖަވާބުތަކާ މެދު އެމަނިކުފާނު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ސުވާލުކުރެއްވީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ތިނަދޫގައި ހިންގަން އުޅުނު މަޝްރޫއަކަށް ގެންގޮސްފައި ހުރި ތަކެތި، ހައުސިން މިނިސްޓްރީން އެހެން ތަނަކަށް ގެންދިޔަ އިރު، އެރަށު ކައުންސިލާ މަޝްވަރާ ނުކުރީ ކީއްވެތޯ އެވެ. އެ ސުވާލަށް އަސްލަމް ދެއްވި ޖަވާބުގެ ވަކި ހިސާބަކުން ނަޝީދު ވިދާޅުވީ، ސަނީފުގެ ސުވާލުގައި ހިމެނޭ މައްސަލައަކީ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ. އެކަމާ ތިނަދޫ ރައްޔިތުން ތަކުރާރުކޮށް ގުޅާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ސާފު ބަހުން، ރީތިކޮށް މިކަން އޮޅުން ފިލުވައިދިނުމަކީ ވަރަށް ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް މި ގެންދަނީ "އެ މަސައްކަތް"[ ސުވާލަށް ސާފުކޮށް ޖަވާބުދިނުމުގެ މަސައްކަތް] ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ

ސަނީފުގެ ސުވާލުގައި އެއްސެވީ އޯސިސް އިންފްރާ ސްޓްރަކްޗާ އެލަޔަންސް، އިން ތިނަދޫއަށް ގެންގޮސްފައި ހުރި މުދާތަކަކީ ޕްލޭނިން މިނިސްޓްރީގެ މުދާތަކެއްތޯ އެވެ. ނޫނީ އެއީ ދިވެހި ދައުލަތުގެ މުދާތަކެއްތޯއާއި ތިނަދޫ ކައުންސިލާ މަޝްވަރާކޮށްގެން، އެ މުދާތަކާ މެދު ގޮތެއް ނުނިމި ހުއްޓާ އެހެން ތަންތަނަކަށް ގެންދަނީ ކޮން އުސޫލަކުންތޯ ވެސް އޭނާ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަން ފައްޓަވަމުން އަސްލަމް ވިދާޅުވީ އެ ތަކެއްޗަކީ ދައުލަތުން ތިނަދޫގައި ހިންގަން އުޅުނު މަޝްރޫއަކަށް ގެންދިޔަ ތަކެތި ކަމަށެވެ. އެ ވާހަކައިގެ ތެރެއަށް ނަޝީދު ވެންނެވީ ޖަވާބުގެ މެދު ތެރެއިންނެވެ.

"އިއްޒަތްތެރި ރައީސް އެ މަސައްކަތް އަަޅުގަނޑު މިކުރިއަށް ގެންދަނީ،" ސާފު ބަހުން ޖަވާބު ދެއްވަން ނަޝީދު ވިދާޅުވުމުން އަސްލަމް ވިދާޅުވި އެވެ.

"އުހުން، ފުރަތަމަ ތިޔަ ވިދާޅުވީ އެއީ ދައުލަތުގެ އެއްޗެކޭ،" އަސްލަމްގެ ވާހަކަ ދެވަނަ ފަހަރަށް ހުއްޓުވާފައި ނަޝީދު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެެއީ ދައުލަތުުން ކުރިއަށް ގެންދަން އުޅުނު މަޝްރޫއެއް ހިންގަން ހަވާލުވި ބަޔަކު ތިނަދޫއަށް ގެންދިޔަ ތަކެތި ކަމަށާއި އެ މަޝްރޫއު ކުރިއަށް ނުދިޔަ ކަމަށެވެ. ތަކެތި އެހެން ތަނަކަށް ގެންދިޔައީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުވާލުގެ ވަށައިގެން އިތުރު ވާހަކަތަކެއް ދައްކަވާ ކަމުގެ ތުހުމަތު

އަސްލަމް ޖަވާބު ދެއްވި ގޮތާ މެދު ނަޝީދު މިއަދު ފުރަތަމަ ނުރުހުންފާޅުކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވި ވަގުތުގަ އެވެ. ޖާބިރު ދެ ސުވާލެއް ކުރެއްވި އިރު ދެވަނަ ސުވާލުގައި އެއްސެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާނުކުރައްވާފައި ވާއިރު އެމަނިކުފާނުގެ ވައުދުތައް ފުއްދިއްޖެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދަން އޭނާ ބާރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އެހެން ނަމަވެސް ފުއްދިފައި ވަނީ ވައުދުތަކުގެ ކިތައް ޕަސެންޓްކަން ވިދާޅުނުވާނެ ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު، އިއްޒަތްތެރި މެމްބަރުގެ ސުވާލަށް ޖަވާބެއް ދެއްވުން ބޭނުންތެރި، ކޮންމެ ސުވާލެއްގެ ވަށައިގެން ވަރަށް ދިގު އިތުރު ވާހަކަ ދެއްކުމުގެ ބަދަލުގައި، ސާފު ސާދާކޮށް ސުވާލަށް ޖަވާބު ދެއްވުން އެދެން،" އަސްލަމްގެ ވާހަކައިގެ މެދު ތެރެއިން ނަޝީދު ވިދާޅުވި އެެވެ.

ވައުދުތަކާ ބެހޭ ގޮތުން މީގެ ކުރިން އެހެން ޖަލްސާއެއްގައި މެމްބަރަކު އަސްލަމާ ސުވާލުކުރެއްވުމުން، އޭނާ ޖަވާބު ދެއްވަން ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ "ވައުދުތައް ފުއްދާނެ ކަމާ މެދު ޝައްކުނުކުރާ" ކަމަށެވެ.

އަސްލަމްގެ ބައެއް ޖަވާބުތަކާމެދު ނަޝީދުގެ ހިތްހަމަނުޖެހުން ފާހަގަވެފައިމިވަނީ، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، މިހާތަނަށް ނުކުންނެވި ވަޒީރުންގެ ތެރޭގައި އަސްލަމް ވެސް ހިމެނިވަޑައިގެންފައިވާ ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox