ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

Jul 5, 2026, 1:45 PM
ޖޫން 18، 2026: އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ޖޫން 18، 2026: އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކުރިން އަދާ ކުރައްވާފައިވާ ބޭފުޅަކު މުޒާހައަރާކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށާއި ނަމަވެސް އަމިއްލަ ސަލާމަތަށް ބެލެން ހުރި މިންވަރަކުން ބައްލަވާނެ ކަމަށެވެ. 

"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އެއީ އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ގޮތެއް ނޫން. އަޅުގަނޑު ނުކުންނާނަން،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

"ދެން އަޅުގަނޑުމެންނަށް ބެލެން ހުރި މިންވަރަކަށް އަޅުގަނޑުމެން ބަލާނަން. އަޅުގަނޑުމެންނަށް ސަލާމަތްތެރިކަން ހޯދެން އޮތް މިންވަރަކަށް ހޯދާނަން."

ނަޝީދު ވިދާޅުވީ، ސިޔާސީ ވެރިންނަށް ގިނަ ފަހަރު ހަމަލާދީފައި ހުރީ ސިޔާސީ އެއްވުންތަކުގައި ކަމަށެވެ. ރާއްޖޭގައި ވެސް ގިނައީ އޭގެ މިސާލުކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެއްވުމަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ސެކިއުރިޓީ ކަނޑާލިޔަކަސް ވެސް މުޒާހަރާއަށް ނުކުންނާނަން އެނގޭތޯ. އެއީ ގުޅުމެއް ހުރި ކަމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކު ދެކެވަޑައިގެން ވެސް ނުވާނެ. އަޅުގަނޑުގެ ކަންބޮޑުވުމަކީ އަޅުގަނޑު މަރުވުން އެކަންޏެއް ނޫން. ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެ. މީކީއެއް ސަމާސައަކަށް، ސިޔާސީ ވިސްނުމުގައި ކުރާ ކަހަލަ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. 

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން އަމަލު ކުރަމުންދާ ގަވާއިދެއްގެ ދަށުންނެވެ. މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ކަނޑާލަން ނިންމީ މަޖިލީހުގެ 241 ކޮމިޓީ އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox